Roadha Mihaaru
ރުއްގަސް ކެނޑުމުން ބާރަށު ކައުންސިލް ޖޫރިމަނާކޮޮށްފި

ރުއްގަސް ކެނޑުމުން ބާރަށު ކައުންސިލް 191،000 ރުފިޔާ އިން ޖޫރިމަނާކޮށްފި

22 އޮކްޓޯބަރ 2020

ގަވާއިދާ ޚިލާފަށް ރުއްގަސް ކެނޑި މައްސަލައެއްގައި ހއ. ބާރަށު ކައުންސިލް ދެ ލައްކައެއްހާ ރުފިޔާ އިން ޖޫރިމަނާކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ގަވާއިދާ ޚިލާފަށް ރުއްގަސް ކެނޑި މައްސަލައެއްގައި ހއ. ބާރަށު ކައުންސިލް ދެ ލައްކައެއްހާ ރުފިޔާ އިން ޖޫރިމަނާކޮށްފި އެވެ.

އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޮތޯރިޓީ (އީޕީއޭ) އިން ބުނީ ބާރަށު ގްރީން ބެލްޓް ނުވަތަ ހޭޅިފަށުގެ ސަރަހައްދާއި ރަށުގެ އެހެން ސަރަހައްދުތަކުން ގަވާއިދާ ޚިލާފަށް ގިނަ އަދަދެއްގެ ރުއްގަސް ކެނޑުމާއި އުފުރުމުގެ އިތުރުން ރުއްގަސް އެރަށުން ބޭރު ކޮޮށްފައިވާތީ ތިމާވެށި ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުގެ ދަށުން ބާރަށު ކައުންސިލް ޖޫރިމަނާކުރީ 191،000ރ. އިން ކަމަށެވެ.

އީޕީއޭއިން ބުނީ އެ ފައިސާ އިއްޔެއިން ފެށިގެން 30 ދުވަސް ތެރޭގައި ދައްކަން އެ ކައުންސިލަށް އަންގާފައިވާ ކަމަށެވެ. އެހެން ނަމަވެސް އީޕީއޭގެ އެ ނިންމުން އިސްތިއުނާފް ކުރަން އެންވަޔްރަމަންޓް މިނިސްޓަރަށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ އެވެ.

އެކި ބޭނުންތަކަށް ރާއްޖޭގެ އެކި ރަށްރަށުން ރުއްގަސް ނަގައި ހަދަމުން އަންނަ ރިސޯޓްތަކަށް ގެންދިއުމުގެ ޝަކުވާ ވަނީ ވަރަށް ބޮޑުވެފަ އެވެ.