ރާއްޖޭގެ ކަނޑޫފާތައް މަރުވަމުންދަނީ މޫސުމަށް އަންނަ ބަދަލުތަކާ އެކު ކަނޑުގެ ލޮނުގަނޑު އުފުލި ލޮނުގެ އަސަރު މާބޮޑަށް ކުރާތީ ކަމަށް އިންޑިއާގެ ކޮޗިން ޔުނިވަސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީ (ސީޔޫއެސްއޭޓީ) ގެ ސްކޫލް އޮފް މެރިން ބަޔޮލޮޖީން ހެދި ދިރާސާއިން އެނގިއްޖެ އެވެ.
ރާއްޖޭގެ ކަނޑޫފާތައް މަރުވަމުންދަނީ މޫސުމަށް އަންނަ ބަދަލުތަކާ އެކު ކަނޑުގެ ލޮނުގަނޑު އުފުލި ލޮނުގެ އަސަރު މާބޮޑަށް ކުރާތީ ކަމަށް އިންޑިއާގެ ކޮޗިން ޔުނިވަސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީ (ސީޔޫއެސްއޭޓީ) ގެ ސްކޫލް އޮފް މެރިން ބަޔޮލޮޖީން ހެދި ދިރާސާއިން އެނގިއްޖެ އެވެ.
ރާއްޖޭގެ އެކި ސަރަހައްދުގައި، 2020 ވަނަ އަހަރުން ފެށިގެން ކަނޑޫފާތައް މަރުވާން ފެށި އެވެ. ހިމާޔަތް ކޮށްފައިވާ ހދ. ނޭކުރެންދޫ ކަނޑޫފަލާއި ހއ. ކެލާގެ ކަނޑޫފަލާއި ރާއްޖޭގެ ހަމައެކަނި "ފޮރެސްޓް" ކަމަށްވާ ކޭލަކުނުގެ ކަނޑޫފަލަށް ވެސް މި މައްސަލަ ދިމާވެ އުފެދުނު ކަންބޮޑުވުމާ އެކު ސަބަބު ދެނެގަތުމަށް ސީޔޫއެސްއޭޓީގެ ޓީމެއް ރާއްޖެ ގެނެސް ދިރާސާކުރުމުގެ މަސައްކަތް ފެށީ 2021 ވަނަ އަހަރު ޑިސެމްބަރު މަހު އެވެ.
ރާއްޖޭގެ އެންވަޔަރަމެންޓް މިނިސްޓްރީ އާއި އެންވަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ވެސް ބައިވެރިވި ދިރާސާއާ ގުޅޭ ގޮތުން ޓައިމްސް އޮފް އިންޑިއާގައި ބުނެފައިވަނީ "ޓްރިޕްލް ލަ ނީނާ" ފިނޯމިނާ ނުވަތަ ވާރޭ ނުވެހި ގިނަ ދުވަސްވުމާއި ކަނޑުގެ ލޮނުގަނޑު އުފުލުމަށް މެދުވެރިވާ ހާލަތާއި އިންޑިއާ ކަނޑުގެ މޫސުމަށް އަންނަ ކުއްލި ބަދަލުތަކާ ހުރެ ކަނޑޫފާތަކުގެ ފެނުގައި ލޮނުގެ އަސަރު ގަދަވެފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ރަށްރަށަށް ކަނޑުގެ ލޮނުގަނޑު އުފުލުމުގެ އަސަރުކުރާ މިންވަރު ބޮޑުވެ އައްސޭރިފަށުގެ އީކޯ ސިސްޓަމަށް ލޮނުގެ އަސަރު ކުރާ މިންވަރު ބޮޑުވެ ކުޅިތަކަށް ލޮނު ވަނުން އިތުރުވަމުންދާ ދާތީ ކަނޑޫފާތަކުގެ ހާލަތު އިތުރަށް ގޯސްވާ ކަމަށް ވަނީ ބުނެފަ އެވެ.
ކަނޑޫފާތައް މަރުވުމުގެ މައްސަލަ 2020 އަދި 2021 ގައި ކުރިމަތިވި އިރު 22.12 ހެކްޓަރުގެ ކަނޑޫފަލަށް އަސަރުކުރި ކަމަށާއި 44،267 ކަނޑޫގަސް މަރުވި ކަމަށް ދިރާސާއާ ހަވާލާދީ ބުނެފައިވެ އެވެ.
ސެޕްޓެމްބަރު 2020 ގައި ނަގާފައިވާ މި ފޮޓޯއިން ފެންނަނީ ހދ. ވައިކަރަދޫ ކަނޑޫފަލުގައި ގިނަ އަދަދެއްގެ ގަސް މަރުވެފައިވާތަން: މި މައްސަލަ ރާއްޖެގެ ވަރަށް ގިނަ ކަނޑޫފާތަކަށް ވަނީ ދިމާވެފައި.
ކަނޑޫފާތަކަކީ ގޮނޑުދޮށް ހިމާޔަތްކޮށްދޭ އައްޑަނައެއްގެ ގޮތުގައި މަސައްކަތްކުރާއިރު މިއީ ޖައްވުން ކާބަން މަދުކުރުމުގައި ވެސް މުހިންމު ގަސްތަކެއްކަން ފާހަގަކޮށް ދިރާސާގައި ބުނެފައިވަނީ މިއީ ރާއްޖޭގެ އިތުރުން ޖަޒީރާ އެހެން ރަށްތަކަށް ވެސް އޮތް ނުރައްކަލެއް ކަމަށެވެ.
މި ދިރާސާގައި ސީޔޫއެސްއޭޓީގެ ހަތަރު މެމްބަރުންގެ ޓީމުގައި އިސްކޮށް ހުންނެވީ އެ ޔުނިވާސިޓީގެ މެރިން ބަޔޮލޮޖީ، މައިކްރޯ ބަޔޮލޮޖީ އެންޑް ބަޔޯކެމިސްޓްރީ ޑިޕާޓްމަންޓްގެ އިސްވެރިޔާ ޑރ. ބިޖޯއީ ނަންދާން އެވެ. އަދި ރާއްޖޭގެ އެންވަޔަރަމެންޓް މިނިސްޓްރީ އާއި އެންވަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ވެސް ބައިވެރިވި އެވެ. މި ދިރާސާއާ ބެހޭ ގޮތުން، ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ކުރިން ބުނެފައިވާ ގޮތުގައި ކެލާ، ކުޅުދުއްފުށި، ކޭލަކުނު، ވައިކަރަދޫ، ނޭކުރެންދޫ، ގޮއިދޫ، ފޭދޫ އަދި ކެނދިކުޅުދޫގެ ކަނޑޫފާތަކުގެ ގަސްތަކާއި ސޫފިތަކާއި އަދި ސެޑިމެންޓް ސާމްޕަލްތައް ނެގި އެވެ.
މި ދިރާސާގެ ކުރިން ވެސް ރާއްޖޭން ސީޔޫއެސްއޭޓީ އަށް ސާމްޕަލްތަކެއް ފޮނުވައިގެން ބަލާފައިވެ އެވެ. އެންމެ ފުރަތަމަ ބެލެވުނީ ގަސްތައް ބަލިކަށި ކޮށްލާ ފަންގަސްއެއް ބައެއް ކަނޑޫފާތަކުގައި އުޅޭ ކަމަށެވެ. އިންޑިއާގެ ޓީމު ރާއްޖެއަށް އައިސް ދިރާސާކުރަން ނިންމީ ސީދާ ސަބަބުކަން ޔަގީންކުރުމުގެ ގޮތުންނެވެ.
މޫސުމީ ގެއްލުންތަކާ ގުޅިގެން ދޭ އެހީ އިތުރުކުރަންޖެހޭ
ކަނޑުތަކުގެ މުއާހަދާ އަށް ގައުމުތައް އެއްބަސްވެއްޖެ
މެދުއިރުމަތީގެ ތިމާވެއްޓަށް ސައޫދީން 2.5 ބިލިއަން
އެކުގައި މަސައްކަތް ކުރުން، ނޫނީ އެންމެން މަރުވުން
ހޫނު އެންމެ ގަދަވީ މިދިޔަ 8 އަހަރު: ރިޕޯޓް
ފެހި އިގްތިސާދަށް ސައޫދީން 700 ބިލިއަން ރިޔާލް
ތިމާވެށީގެ މައްސަލަތައް 2021 ގައި ގޯހުން ގޯހަށް
ކަނޑުގެ ލޮނުގަނޑު އުފުލެނީ، ހުއްޓުވޭނެ ގޮތެއް ނެތް
ކާބަން ޑައިއޮކްސައިޑް އާދަޔާ ޚިލާފަށް މައްޗަށް
ގެއެއް މޫދަށް ވެއްޓޭ ވީޑިއޯއަކަށް ސަމާލުކަން!