23 ޑިސެމްބަރ 2018
އެނބޫދޫފަޅުގައި ކުރިޔަށް ގެންދާ ރިސޯޓް މަޝްރޫއުގެ ދަށުން އަންނަ އަހަރު ދެ ރިސޯޓަކާއި މެރިނާއެއް ހުޅުވާނެ ކަމަށް ރިޕޯޓްތަކުން ބުނެފި އެވެ.
އެނބޫދޫފަޅުގައި ކުރިޔަށް ގެންދާ ރިސޯޓް މަޝްރޫއުގެ ދަށުން އަންނަ އަހަރު ދެ ރިސޯޓަކާއި މެރިނާއެއް ހުޅުވާނެ ކަމަށް ރިޕޯޓްތަކުން ބުނެފި އެވެ.
ކ. އެނބޫދޫފަޅުގައި ހަދާ ކްރޮސް ރޯޑްސް ޕްރޮޖެކްޓަކީ ރާއްޖޭގައި ކުރިޔަށްދާ އެންމެ ބޮޑު ރިސޯޓު ޕްރޮޖެކްޓެވެ. އެގޮތުން އަންނަ އަހަރު ޖޫން މަހު އެ އެތަނުގައި ހުޅުވަން ހަމަޖެހިފައި ވަނީ ހިލްޓަންގެ ސައި ލެގޫން މޯލްޑިވްސް ރިސޯޓާއި، ހާޑް ރޮކް ހޮޓެލް މޯލްޑިވްސް ރިސޯޓެވެ. އެ ދެ ރިސޯޓާ އެކު ގިނަ މަޝްހޫރު ބްރޭންޑްތަކުގެ ފިހާރަތަކާއި، ރެސްޓޯރަންތައް އެކުލަވާލައިގެން މެރީނާއެއް ވެސް ހުޅުވާގޮތަށް ވަނީ ހަމަޖެހިފަ އެވެ.
އަންނަ ޖޫން މަހު ހުޅުވާ ހާޑް ރޮކް ހޮޓެލަކީ ރޮކް މިއުޒިކަށް ހާއްސަ ކޮށްގެން ތަރައްގީ ކުރާ ރިސޯޓެކެވެ. އެގޮތުން އެ ތަނުގައި ޓޫރިސްޓުންނަށް އެކުގައި މިއުޒިކް ކުޅެލެވޭނެ ފުރުސަތު ލިބިގެން ދާނެ އެވެ. އަދި އެ ރިސޯޓުގައި ހުޅުވާ 'ރޮކް ސްޕާ' އަކީ މިއުޒިކްގެ ދުނިޔޭގައި ބޭނުން ކުރާ ސާމާނުން ފަރުމާ ކުރެވިފައިވާ ހާއްސަ ޓްރީޓްމަންޓްތަކެއް ދޭން ހަމަޖެހިފައިވާ ތަނެކެވެ. އޭގެ އިތުރުން ދުނިޔޭގެ ތަފާތު އެކި ކާއެއްޗެހި ރަހަބަލާލުމަށް "ދަ އެލިފަންޓް"، "ދަ ބަޓަފްލައި" ނުވަތަ ހާޑް ރޮކް ކެފޭ އެ ރިސޯޓުގެ ޓޫރިސްޓުންނަށް ލިބޭނެ އެވެ.
ހަމަ އެހެންމެ ހިލްޓަންގެ ސައީ ލެގޫން މޯލްޑިވްސް އަކީ 200 ބީޗް ފްރަންޓް ވިލާ އާއި އޯވާ ވޯޓާ ވިލާތައް ހިމަނައިގެން ތަރައްގީ ކުރާ ރިސޯޓެކެވެ. އެ ރިސޯޓުގައި ހުޅުވަން ހަމަޖެހިފައިވާ ރެސްޓޯރަންޓްތަކުގެ ތެރެއިން، "ބީން ކޯ ކެފޭ' އިން މަތީ ފެންވަރުގެ ކޮފީ، "ކެފޭ ޑެލް މާ" އިން ހެނދުނުގެ ނާސްތާ، "މިސްޓާ ތޮމްޔަމް" އިން ތައިލޭންޑްގެ މުއްސަނދި ކެއުންތަކާއި "މިސް އޮލިވް އޮއިލް" އިން ސީފުޑްގެ ގިނަ ބާވަތްތައް ލިބޭނެ އެވެ.
މަތީ ފެންވަރުގެ ރިސޯޓާއި މެރިނާއަކާ އެކު ތަރައްގީ ކުރާ އެނބޫދޫފަޅުގެ ކްރޮސް ރޯޑްސް ޕްރޮޖެކްޓަކީ ތައިލެންޑްގެ ސިންގްހާ އެސްޓޭޓުން ކުރިޔަށް ގެންދާ މަޝްރޫއެކެވެ. އެ މަޝްރުއޫގެ ފުރަތަމަ ފިޔަވައްސަށް 311 މިލިއަން ޑޮލަރު (4.7 ބިލިއަން ރުފިޔާ) ހަރަދު ކޮށްފައިވާއިރު، މުޅި މަޝްރުއޫއަކީ 800 މިލިއަން ޑޮލަރު (12.3 ބިލިއަން ރުފިޔާ) ގެ ބޮޑު ޕްރޮޖެކްޓެކެވެ.
ކްރޮސް ރޯޑްސްގައި ހުޅުވާ ދެ ރިސޯޓަށް މުވައްޒަފުން ހޯދުމަށް އޯޕަން ޑޭ އެއް ވަނީ ހަމަޖައްސައިފަ އެވެ. އެގޮތުން އެ ރިސޯޓްތަކުގައި މަސައްކަތް ކުރަން ބޭނުންވާ މީހުން ހިލްޓަންގެ ސައި މޯލްޑިވްސް ލެގޫންގައި ނުވަތަ ހާޑް ރޮކް ހޮޓެލްގައި މަސައްކަތް ކުރަން ބޭނުންވާ ނަމަ 2019 ވަނަ އަހަރު ފެބްރުއަރީ މަހު އޯޕަންޑޭ އަށް ގޮސް އެޕްލައި ކުރެވޭނެ އެވެ. އޯޕަން ޑޭ ފެބްރުއަރީ މަހު ބާއްވަން ހަމަޖެހިފައިވީ ނަމަވެސް ދުވަހާއި ގަޑި ކުރިޔަށް އޮތް ތަނުގައި އިއުލާން ކުރަނެ ކަމަށް ކްރޮސް ރޯޑްސް އިން ބުނެފައި ވެއެވެ.
ސަން ޓްރެވަލްސް އަށް ބަދަލުދޭން ކުރި ހުކުމް ބާތިލް
އަންނަ އަހަރު ރާއްޖޭގައި ބޮޑު ތިން ރިސޯޓު ހުޅުވަނީ
އެނބޫދޫފަޅުގައި ހިލްޓަންގެ އާ ރިސޯޓެއް ހުޅުވަނީ
ހިލްޓަންގެ "ކިއުރިއޯ ކަލެކްޝަން"ގެ ރިސޯޓެއް ހަދަނީ
ސަން ޓްރެވަލްސް ގޮވައިގެން ސިންގަޕޫރު ސުޕްރީމް ކޯޓަށް
އިރުފުށި މައްސަލާގައި ހިލްޓަން ގޮތް ހުސްވެފައި
ކޮންރެޑުގެ ވިލާތަކެއް މަރާމާތުކުރަން 3.2 މިލިއަން
އަމީންގިރި ރިސޯޓު އަންނަ ޖުލައި މަހު ހުޅުވަނީ
އަމީންގިރި ރިސޯޓު ހިންގަން ހިލްޓަންއަށް
ޖަލްބޫތުން ދަތުރުފަތުރުގެ ހިދުމަތަށް ބޮޑު ބަދަލެއް