27 މާޗް 2018
މަޝްހޫރު ހިލްޓަން ހޮޓެލްސްގެ "ކިއުރިއޯ ކަލެކްޝަން"ގެ ރިސޯޓެއް ފްރެންޗައިސް އެގްރިމަންޓެއްގެ ދަށުން ކ. އެނބުދޫފަޅުގައި ހުޅުވުމަށް ސިންގަ އެސްޓޭޓުން އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
މަޝްހޫރު ހިލްޓަން ހޮޓެލްސްގެ "ކިއުރިއޯ ކަލެކްޝަން"ގެ ރިސޯޓެއް ފްރެންޗައިސް އެގްރިމަންޓެއްގެ ދަށުން ކ. އެނބުދޫފަޅުގައި ހުޅުވުމަށް ސިންގަ އެސްޓޭޓުން އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
"ކޮރޮސްރޯޑްސް"ގެ ނަމުގައި ހިލްޓަންގެ ބުޓިކް ރިސޯޓެއް ތަރައްގީކޮށް އެނބޫދޫފަޅުގައި ހިންގާނީ އެތަން ތަރައްގީ ކުރާ ތައިލެންޑްގެ ސިންގަ އެސްޓޭޓްގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ އެސް ހޮޓެލްސް އެންޑް ރިސޯޓުންނެވެ. ހިލްޓަންގެ ކިއުރިއޯ ކަލެކްޝަންގެ ރިސޯޓެއް ހުޅުވަނީ ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ހުޅުވަން ނިންމާފައިވާ 50 ހޮޓަލުގެ މަޝްރޫއުގެ ދަށުންނެވެ.
ޓޫރިޒަމްގެ ޚަބަރުތައް ގެނެސްދޭ ވެބްސައިޓެއްގައި އެ ކުންފުންޏާ ހަވާލާދީ ބުނެފައި ވަނީ ހިލްޓަންގެ "ކިއުރިއޯ ކަލެކްޝަން"ގެ ރިސޯޓު މި އަހަރު ނިމުމުގެ ކުރިން ހުޅުވާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ކިއުރިއޯ ކަލެކްޝަންގެ ރިސޯޓެއް ރާއްޖޭގައި ހުޅުވުމަކީ ވަރަށް އުފާވާ ކަމެއް. އަދި އެއީ ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް. ރާއްޖެ އަކީ ދެވަނައެއް ނެތް ފަދަ ސުވަރުގެއެއް ކަހަލަ ތަނެއް. އަދި މިތަނުން ދަތުރުވެރިން ހިތްހަމަޖެހޭ އަދި ހަނދާން ނައްތާ ނުލެވޭ ފަދަ ތަޖުރިބާތަކެއް ކުރެވޭ ތަނަކަށް ވާނެ،" ހިލްޓަންގެ ކިއުރިއޯ ކަލެކްޝަންގެ ގްލޯބަލް ބްރޭންޑް ހެޑް މާކް ނޮގްލް ވިދާޅުވި އެވެ.
އެ ކުންފުނިން ބުނީ ކިއުރިއޯ ކަލެކްޝަންގައި ބީޗް ވިލާ އާއި ވޯޓާ ވިލާއާ އެކު ޖުމްލަ 198 ކޮޓަރި ހުންނާނެ ކަމަށެވެ. އަދި ސްވިމިން ޕޫލަކާއި ފިޓްނަސް ސެންޓަރު ފަދަ ތަންތަން ވެސް ހުންނާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ހިލްޓަންގެ ކިއުރިއޯ ކަލެކްޝަންގެ ރިސޯޓެއް ހުޅުވާއިރު، އެ ކުންފުނީގެ އެންމެ އަގުބޮޑު ބްރޭންޑްތަކުގެ ތެރޭގައި ހިމެނޭ "ވާލްޑޮފް އެސްޓޯރިއާ" ކަލެކްޝަންގެ ރިސޯޓެއް، މާލެ އަތޮޅުގައި އަލަށް ހިއްކާ އިތާފުށީގައި އަންނަ އަހަރު ހުޅުވަން ވަނީ ނިންމައިފަ އެވެ. ހިލްޓަންގެ "ކޮންރެންޑް" ބްރޭންޑްގެ ރިސޯޓެއް މިހާރު ވެސް އދ. ރަންގަލީގައި ހިންގަ އެވެ. އެއީ އެ ކުންފުނިން ރާއްޖޭގައި އެންމެ ފުރަތަމަ ހުޅުވި ރިސޯޓެވެ.
އިރުފުށި މައްސަލާގައި ހިލްޓަން ގޮތް ހުސްވެފައި
ކޮންރެޑުގެ ވިލާތަކެއް މަރާމާތުކުރަން 3.2 މިލިއަން
އަމީންގިރި ރިސޯޓު އަންނަ ޖުލައި މަހު ހުޅުވަނީ
އަމީންގިރި ރިސޯޓު ހިންގަން ހިލްޓަންއަށް
ސަން ޓްރެވަލްސް އަށް ބަދަލުދޭން ކުރި ހުކުމް ބާތިލް
ކްރޮސްރޯޑްސް އިން ގިނަ ވަޒީފާ އުފެދިއްޖެ: ނައިބުރައީސް
300 މިލިއަން ޑޮލަރުގެ ކްރޮސްރޯޑްސް ހުޅުވައިފި
އިރުފުށި މައްސަލަ ސަން ޓްރެވަލްސްއާ ދެކޮޅަށް ނިންމައިފި
އެނބޫދޫފަޅުގައި ދެ ރިސޯޓެއް އަންނަ އަހަރު ހުޅުވަނީ
ޓޫރިޒަމްގެ މަލަމަތި ބަދަލުކޮށްލާނެ ބިޔަ މަޝްރޫއެއް