21 ފެބުރުއަރީ 2019
ސަން ޓްރެވަލްސް އިން އިރުފުށި ރިސޯޓު ހިންގަން ހިލްޓަން އިންޓަނޭޝަނަލްއާ އެކު ހެދި އެއްބަސްވުމާ ޚިލާފުވެ ރިސޯޓް އަތުލި މައްސަލާގައި ހިލްޓަނަށް 26 މިލިއަން ޑޮލަރު ދެއްކުމަށް ސަން ޓްރެވަލްސްގެ މައްޗަށް ސިންގަޕޫރުގެ އާބިިޓްރޭޝަން ކޯޓުން ކުރި އަމުރު އެ ގައުމުގެ ކޯޓް އޮފް އެޕީލް އިން ދަމަހައްޓައިފި އެވެ.
ސަން ޓްރެވަލްސް އިން އިރުފުށި ރިސޯޓު ހިންގަން ހިލްޓަން އިންޓަނޭޝަނަލްއާ އެކު ހެދި އެއްބަސްވުމާ ޚިލާފުވެ ރިސޯޓް އަތުލި މައްސަލާގައި ހިލްޓަނަށް 26 މިލިއަން ޑޮލަރު ދެއްކުމަށް ސަން ޓްރެވަލްސްގެ މައްޗަށް ސިންގަޕޫރުގެ އާބިިޓްރޭޝަން ކޯޓުން ކުރި އަމުރު އެ ގައުމުގެ ކޯޓް އޮފް އެޕީލް އިން ދަމަހައްޓައިފި އެވެ.
ނ. އިރުފުށި ރިސޯޓު ހިންގައި މެނޭޖްކުރުމަށް ހިލްޓަނަށް ދިން އެއްބަސްވުން އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމްގެ ސަން ޓްރެވަލްސް އިން ބާތިިލްކޮށްފައި ވަނީ 2013 ވަނަ އަހަރެވެ.
އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން އެއްބަސްވުން އުވާލި މައްސަލާގައި ހިލްޓަން އިން ދިޔައީ އެއްބަސްވުމުގައި އޮތް ގޮތަށް، ސިންގަޕޫރުގެ އާބިޓްރޭޝަން ކޯޓަށެވެ. އެ ކޯޓުން ނިންމީ ސަން ޓްރެވަލްސް އިން ހިލްޓަނަށް 26 މިލިއަން ޑޮލަރު ދެއްކުމަށެވެ.
އެ މައްސަލައިގައި ސަން ޓްރެވަލްސް އިން ސިންގަޕޫރުގެ ކޯޓް އޮފް އެޕީލްސް ނުވަތަ ހައި ކޯޓަށް ދިއުމުން އެ ކޯޓުން ވެސް މިހާރު ނިންމާފައި ވަނީ އާބިޓްރޭޝަން އެވޯޑް ސައްހަ ކަމަށެވެ. އެއްބަސްވުމާ ބެހޭ މައްސަލައެއް ރާއްޖޭގެ ކޯޓުތަކުން ބަލަމުން އަންނާތީ، އާބިޓްރޭޝަންގެ ނިންމުމަށް އަމަލުކުރުން ފަސްކުރުމުގެ އަމުރަކަށް ސަން ޓްރެވަލްސް އިން ހައި ކޯޓުގައި އެދުމުން އެ ކޯޓުން ނިންމީ މައްސަލަ ހުށަހެޅުން، މަގުބޫލު އުޒުރެއް ނެތި، މާބޮޑަށް ލަސްވެފައިވާ ކަމާއި އެހެންވެ އާބިޓްރޭޝަންގެ ނިންމުން ދަމަހައްޓާ ކަމަށެވެ.
ސިންގަޕޫރުގެ އާބިޓްރޭޝަނުން އެންމެ ފުރަތަމަ މައްސަލަ ނިންމުމާ އެކު އަމުރު ތަންފީޒުކުރުމަށް ހިލްޓަނުން ވަނީ ރާއްޖޭގައި ކޯޓަށް ހުށަހަޅައިފަ އެވެ. ނަމަވެސް އެ މައްސަލަ ތަންފީޒުނުވެ އޮއްވައި ސަން ޓްރެވަލްސް އިން ހުށަހެޅި މައްސަލައެއްގައި 16 މިލިއަން ޑޮލަރު ދެއްކުމަށް ހިލްޓަންގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކުރި އެވެ. އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކޮށް މިހާރު އޮތީ ހުކުމާ ހިސާބުގަ އެވެ.
ހިލްޓަނަށް ދިމާވި މައްސަލާގައި ރާއްޖެއިން ހައްލެއް ނުލިބި އަހަރުތަކެއް ވެގެން ގޮސްފައި ވާތީ އެ މައްސަލަ ހިލްޓަން އިން ސަރުކާރުގެ ސަމާލުކަމަށް ގެނެސް ސިޓީ ފޮނުވާފައިވެ އެވެ.
ސިންގަޕޫރުގެ އާބިޓްރޭޝަންގެ ނިންމުމަށް އިންޓަނޭޝަނަލް ޗެމްބާ އޮފް ކޮމާސް (އައިސީސީ) ގެ އިންޓަނޭޝަނަލް ކޯޓް އޮފް އާބިޓްރޭޝަނުން ވެސް ތާއީދުކޮށްފައި ވާއިރު ވެސް އެކަމުގައި ސަން ޓްރެވަލްސް އިން އަމަލުކުރާ ގޮތުން ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ އަށް ބޮޑު ގެއްލުމެއް ވެދާނެ ކަމަށް ހިލްޓަން އިން 2015 ވަނަ އަހަރު، އޭރުގެ ނައިބު ރައީސް އަހްމަދު އަދީބަށް ފޮނުވި ސިޓީއެއްގައި ބުނެފައިވެ އެވެ.
ސަން ޓްރެވަލްސް ގޮވައިގެން ސިންގަޕޫރު ސުޕްރީމް ކޯޓަށް
ސަން ކުންފުނިން ހިލްޓަނަށް 31 މިލިއަން ޑޮލަރުދީފި
ސަން ސިޔާމްގެ ޕާސްޕޯޓް ސިންގަޕޫރުން ހިފަހައްޓައިފި
ސަންއަށް ބަދަލު ދޭން ކުރި ހުކުމް ބާތިލްކުރީ ރަނގަޅަށް
ސަން ޓްރެވަލްސް އަށް ބަދަލުދޭން ކުރި ހުކުމް ބާތިލް
ސިވިލް ކޯޓުން ހިލްޓަނަށް ބަދަލު ނަގައިދޭން ހުކުމްކޮށްފި
އާބިޓްރޭޝަންގެ ނިންމުން ތަންފީޒެއް ނުކުރެވޭނެ: ސަން
އިރުފުށި މައްސަލާގައި ހިލްޓަން ގޮތް ހުސްވެފައި
ސިޔާމް ފުރުން މަނާކުރި މައްސަލައަށް ސަރުކާރު ވަދެއްޖެ
ހިލްޓަނަށް ދެހަފުތާ ތެރޭ ފައިސާ ދޭން ސަންއަށް ޖެހިއްޖެ