Roadha Mihaaru
އެނބޫދޫފަޅުގައި ހިލްޓަންގެ އާ ރިސޯޓެއް ހުޅުވަނީ

އެނބޫދޫފަޅުގައި ހިލްޓަންގެ އާ ރިސޯޓެއް އަންނަ އަހަރު ހުޅުވަނީ

22 ސެޕްޓެމްބަރ 2018

ކ. އެނބޫދޫފަޅުގައި ހަދާ ކްރޮސް ރޯޑްސްގައި ހިލްޓަންގެ އާ ރިސޯޓެއް އަންނަ އަހަރު ހުޅުވަން ނިންމައިފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ކ. އެނބޫދޫފަޅުގައި ހަދާ ކްރޮސް ރޯޑްސްގައި ހިލްޓަންގެ އާ ރިސޯޓެއް އަންނަ އަހަރު ހުޅުވަން ނިންމައިފި އެވެ.

ޓޫރިޒަމް ޚަބަރުތައް ގެނެސްދޭ "ޓީޓީޖީ އޭޝިއާ" ގައި ބުނެފައި ވަނީ "ސައި ލެގޫން" ގެ ނަމުގައި އާ ރިސޯޓެއް އެނބޫދޫފަޅުގައި ހުޅުވަން ތައިލެންޑުގެ ސިންހަ އެސްޓޭޓުން ހިލްޓަންއާ އެކު ފްރެންޗައިސް އެގްރިމަންޓެއްގައި ސޮއިކޮށްފައިވާ ކަމަށެވެ. އެ ރިސޯޓު ހިންގާނީ އެސް ހޮޓެލްސް އެންޑް ރިސޯޓު ކިޔާ ކުންފުންޏަކުންނެވެ.

"ޓީޓީޖީ އޭޝިއާ" ގައި ބުނެފައި ވަނީ ޑިލަކްސް ރޫމާއި ބީޗް ވިލާ އަދި އޯވަ ވޯޓާ ވިލާ ހިމެނޭ ގޮތަށް 198 ކޮޓަރި އެ ރިސޯޓުގައި ހުންނާނެ ކަމަށެވެ. އެތަން ޑިޒައިން ކުރީ މަޝްހޫރު ޑިޒައިނަރު ބިލް ބެންސްލީ އެވެ. އެނބޫދޫ ފަޅުގައި ހިލްޓަންގެ ކިއުރިކޯ ކަލެކްޝަންގެ ރިސޯޓެއް އަންނަ ޖެނުއަރީ މަހުގެ ތެރޭގައި ހުޅުވަން އަންނަނީ މަސައްކަތްކުރަމުންނެވެ.

އެނބޫދޫ ލެގޫންގައި އަންނަ އަހަރު މަޝްހޫރު ހާޑްރޮކް ހޮޓެލް ވެސް ހުޅުވަން ވަނީ ނިންމައިފަ އެވެ.