18 އެޕްރީލް 2018
ރާއްޖެ އަކީ ދުނިޔޭގެ ކޮންމެ މީހަކު ކޮންމެހެން ވެސް ޒިޔާރަތްކޮށްލަން ޖެހޭ ގައުމެއް ކަން ދައްކައިދޭން މަސައްކަތް ކުރާ ކަމަށާއި އަދި ރާއްޖޭގައި އިންވެސްޓް ކުރެވުމަކީ ލިބުނު ފަޚުރެއް ކަމަށް މަޝްހޫރު ހިލްޓަން ކުންފުނިން ބުނެފި އެވެ.
ރާއްޖެ އަކީ ދުނިޔޭގެ ކޮންމެ މީހަކު ކޮންމެހެން ވެސް ޒިޔާރަތްކޮށްލަން ޖެހޭ ގައުމެއް ކަން ދައްކައިދޭން މަސައްކަތް ކުރާ ކަމަށާއި އަދި ރާއްޖޭގައި އިންވެސްޓް ކުރެވުމަކީ ލިބުނު ފަޚުރެއް ކަމަށް މަޝްހޫރު ހިލްޓަން ކުންފުނިން ބުނެފި އެވެ.
ހޮތެޓެލިއާ މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބާއްވާ ރިސޯޓުތަކުގެ ޖެނެރަލް މެނޭޖަރާސް ފޯރަމްގައި ވާހަކަދައްކަވަމުން އެމެރިކާގެ ހިލްޓަން ހޮޓެލްސްގެ ލަގްޒަރީ އޭޝިއާ ޕެސިފިކް ރީޖަންގެ ވައިސް ޕްރެޒިޑެންޓް ޑެނިއަލް ވެލްކް ވިދާޅުވީ އެ ކުންފުންޏަކީ ރާއްޖެ އައި އެންމެ ފުރަތަމަ އިންޓަނޭޝަނަލް ހޮޓެލް ބްރޭންޑް ކަމަށެވެ. އަދި އެ ކުންފުނީގެ އިންވެސްޓްމަންޓް އިތުރުކުރުމުގެ ގޮތުން ވޯލްޑޮފް އެސްޓޯރިއާ ކަލެކްޝަންގެ ރިސޯޓެއް މިއަހަރު ހުޅުވާނެ ކަމަށް ވެސް ޑެނިއަލް ވިދާޅުވި އެވެ.
"މީގެ 20 އަހަރު ކުރިން އައި ހިލްޓަން އަކީ ރާއްޖެއައި ފުރަތަމަ އިންޓަނޭޝަނަލް ބްރޭންޑް. އަޅުގަނޑުމެން މިގެންދަނީ ރާއްޖެއަކީ މިހާރު ކޮންމެހެން ވެސް އަންނަން ޖެހޭ ތަނެއްގެ ގޮތުގައި މުޅި ދުނިޔެއަށް އިސްތިހާރުކުރަމުން. ރާއްޖެއަކީ ވަރަށް ވަރުގަދަ ރެޕިއުޓޭޝަން އޮތް ގައުމެއް ކަން ދައްކައިދޭ،" އޭނާ ވިދާޅުވި އެވެ.
ޑެނިއަލް ވިދާޅުވީ ރާއްޖޭގައި ހިންގާ ކޮންރެޑް ރިސޯޓު ރަންގަލީގެ އިތުރުން އެ ކުންފުނީގެ އެންމެ އަގުބޮޑު އެއް ބްރޭންޑް ކަމަށްވާ ވޯލްޑޮފް އެސްޓޯރިއާގެ ރިސޯޓެއް އަންނަ އަހަރުގެ ތެރޭގައި ރާއްޖޭގައި ހުޅުވާނެ ކަމަށެވެ.
"އަޅުގަނޑުމެން ވަރަށް ފަޚުރުވެރިވޭ ރާއްޖޭގައި އިންވެސްޓްކުރެވުނީތީ. ކޮންރެޑް މޯލްޑިވްސްއަކީ ދުނިޔޭގައި އެންމެ ފުރަތަމަ ކަނޑު އަޑީގެ ރެސްޓޯރަންޓް ހެދި ރިސޯޓު. އޭގެ އިތުރުން އޯވާ ވޯޓާ ވިލާ ވެސް އެންމެ ފުރަތަމަ ހެދީ ކޮންރެޑްގައި. އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ރާއްޖެއަކީ ދުނިޔޭގައި އޮތް އެންމެ ރަނގަޅު މަންޒިލް،" ކޮންރެޑް ގެ ހިތްގައިމު މަންޒަރުތައް ދައްކާލައްވަމުން އޭނާ ވިދާޅުވި އެވެ.
ޑެނިއަލް ވިދާޅުވީ ރިސޯޓުތަކުގެ ރޭޓް އެއްވަރެއްގައި ހިފަހައްޓަން އުނދަގޫތަކެއް ހުރި ނަމަވެސް ރާއްޖެއަކީ މަތީ ފެންވަރުގެ ރިސޯޓުތައް ހިމެނޭ ވަރަށް އަގުހުރި މަންޒިލެއް ކަމަށެވެ.
"ކުރިޔަށް އޮތްތަނުގައި ވެސް ރާއްޖޭގެ ޓޫރިޒަމް ދާނީ އިތުރަށް ފުޅާވަމުން. އެއާޕޯޓު ތަރައްގީވުމުން އިތުރު އެތައް ހާސް ބަޔަކު އަންނާނެ ކަމަށް އަޅުގަނޑުމެން ދެކެން،" އޭނާ ވިދާޅުވި އެވެ.
ޑެނިއަލް ވިދާޅުވީ ރާއްޖޭގެ ގޮނޑުދޮށްތަކާއި ކަނޑު އަޑީގެ މަންޒަރުތަކަކީ ދުނިޔޭގައި އެފަދަ ދެވަނައެއް ނެތް ތަންތަން ކަމަށެވެ.
ރާއްޖޭގެ ރިސޯޓުތަކުގެ ޖެނެރަލް މެނޭޖަރުންނާއި އިންޑަސްޓްރީގެ އިސް ބޭފުޅުންނާ އެކު ބާއްވާ އެންމެ ބޮޑު ފޯރަމް، "ހޮޓެލިއާ މޯލްޑިވްސް ޖެނެރަލް މެނޭޖަސް ފޯރަމް" ފެށުމަށް ކުރުނބާ މޯލްޑިވްސްގައި ފެށި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ހޮޓެލިއާ މޯލްޑިވްސް
"އެ ތަފާތުތަކާއި ބަލައި ފޫހިނުވާނެ މަންޒަރުތައް ވަރަށް ހިތްގައިމު. މިއީ ބަޔަކަށް ދެކޮޅު ހެދެން އޮތް ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.
ޑެނިއަލް ވިދާޅުވީ ރާއްޖޭގެ ގުދުރަތީ ރީތިކަން ދަމަހައްޓައި ކުރިޔަށް އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ އެންމެންގެ ޒިންމާއެއް ކަމަށެވެ. އަދި އޭގެ ފައިދާ ދިވެހިންނަށް ލިބެން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ރާއްޖޭގެ ޓޫރިޒަމާ މެދު އަޅުގަނޑުމެން ދެކެނީ ވަރަށް އުޖާލާ މުސްތަގުބަލެއް އެބައޮތް ކަމަށް.. އެގޮތުން އާ ރިސޯޓުތަކާއެކު ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އެތައް ގުނައެއް އިތުރުވާނެ ކަމަށް އަޅުގަނޑު ދެކެނީ. އެގޮތުން މިޑްލް މާކެޓާއި ކުރިއަރަމުން އަންނަ މާކެޓްތަކުން އިތުރު ޓޫރިސްޓުން އަންނާނެ ކަމަށް ލަފާކުރެވޭ،" ޑެނިއަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ކުންފުނިން ރާއްޖޭގައި ހިންގާ ކޮންރެޑްގެ މަގުބޫލްކަން އިތުރުކުރުމުގެ ގޮތުން އެ ރިސޯޓުގައި ހަދާ ކަނޑު އަޑީގެ ގެ އަންނަ ނޮވެމްބަރު މަހު ހުޅުވާނެ ކަމަށެވެ. އަދި އެތަނަކީ ދުނިޔޭގެ އެކިކަންކޮޅުތަކުގެ މީހުން ޝައުގުވެރިވާނެ ތަނަކަށް ވާނެ ކަމަށް ވެސް ޑެނިއަލް ވިދާޅުވި އެވެ.
ކޮންރެޑުގެ ވިލާތަކެއް މަރާމާތުކުރަން 3.2 މިލިއަން
ޖޯލި ރިސޯޓުން 77 މިލިއަނަށް ވިލާ ވިއްކަނީ
މައިނާ ހޮޓެލްސް އިން ރާއްޖޭގެ އިތުރު ރިސޯޓެއް ގަނެފި
ރިސޯޓު ހަދަން ހުޅުވާލި ދެ ރަށަކަށް ބޮޑު ތަރުހީބެއް
"ޓޫރިޒަމްގައި ދިވެހިން އުފެއްދީ އަމިއްލަ ކޮންސެޕްޓެއް"
އަމީންގިރި ރިސޯޓު އަންނަ ޖުލައި މަހު ހުޅުވަނީ
އަމީންގިރި ރިސޯޓު ހިންގަން ހިލްޓަންއަށް
"ޓޫރިޒަމްގެ އިޝްތިހާރަށް ހަރަދުވީ 3،000 ރުފިޔާ"
ޗާލު މަންޒަރުތަކެއް: މީހުން ބުނަނީ "އަދި އަންނާނަން"
ހަނީމޫނަށް ރާއްޖެ ވަރުގެ ތަނެއް ނެތް!