Roadha Mihaaru
އަންނަ އަހަރު ރާއްޖޭގައި ބޮޑު ތިން ރިސޯޓު ހުޅުވަނީ

އަންނަ އަހަރު ރާއްޖެގައި ނަން މަޝްހޫރު ތިން ރިސޯޓެއް ހުޅުވަނީ

22 ނޮވެމްބަރ 2018

ރާއްޖޭގައި ތަރައްގީ ކުރާ ރިސޯޓުތަކުގެ ތެރެއިން ދުނިޔެ އަށް ނަން މަޝްހޫރު ތިން ރިސޯޓެއް އަންނަ އަހަރު ހުޅުވުމުގެ މަސައްކަތް ފަށައިފި އެވެ.

މުހައްމަދު ފައިޒާން އިސްމާއިލް މުހައްމަދު ފައިޒާން އިސްމާއިލް

ރާއްޖޭގައި ތަރައްގީ ކުރާ ރިސޯޓުތަކުގެ ތެރެއިން ދުނިޔެ އަށް ނަން މަޝްހޫރު ތިން ރިސޯޓެއް އަންނަ އަހަރު ހުޅުވުމުގެ މަސައްކަތް ފަށައިފި އެވެ.

ކުރިޔަށް އޮތް އަހަރު ރާއްޖޭގައި ތިން ރިސޯޓު ހުޅުވުމަށް ތައްޔާރީތައް ވަމުން ދާއިރު، އޭގެ ތެރެއިން އެންމެ މަޝްހޫރު އެއް ރިސޯޓަކަށް ވެގެން ދާނީ ހާޑް ރޮކް ކެފޭ ހިންގާ ކުންފުނިން ތަރައްގީ ކުރާ ހާޑް ރޮކް ހޮޓެލް މޯލްޑިވްސް އެވެ.

އެނބޫދޫ ފަޅުގައި އަންނަ އަހަރު މާޗް މަހު ހުޅުވާ ހާޑް ރޮކް ހޮޓެލް އަކީ ރޮކް މިއުޒިކަށް ލޯބި ކުރާ ފަރާތްތަކަށް ހާއްސަ ކޮށްގެން ތަރައްގީ ކުރާ ރިސޯޓެކެވެ. އެގޮތުން ޓޫރިސްޓުންނަށް އެކުގައި މިއުޒިކް ކުޅެލެވޭނެ ފުރުސަތު ލިބިގެން ދާނެއެވެ. އަދި އެ ރިސޯޓުގައި ހުޅުވާ 'ރޮކް ސްޕާ' އަކީ މިއުޒިކްގެ ދުނިޔޭގައި ބޭނުން ކުރާ ސާމާނުން ފަރުމާ ކުރެވިފައިވާ ހާއްސަ ޓްރީޓްމަންޓްތަކެއް ދޭން ހަމަޖެހިފައިވާ ތަނެކެވެ.

އޭގެ އިތުރުން ދުނިޔޭގެ ތަފާތު އެކި ކާއެއްޗެހި ރަހަބަލާލުމަށް "ދަ އެލިފަންޓް"، "ދަ ބަޓަފްލައި" ނުވަތަ ހާޑް ރޮކް ކެފޭ އެ ރިސޯޓުގެ ޓޫރިސްޓުންނަށް ލިބޭނެ އެވެ.

އެނބޫދޫ ފަޅުގައި ތަރައްގީ ކުރާ ހާޑް ރޮކް ހޮޓެލް ރިސޯޓް ރެސްޓޯރަންގެ 3D ކުރެހުމެއް. -- ފޮޓޯ: ހާޑް ރޮކް ހޮޓެލް

އެނބޫދޫ ފަޅުގައި ތަރައްގީ ކުރާ ހާޑް ރޮކް ހޮޓެލް ރިސޯޓް ރެސްޓޯރަންގެ 3D ކުރެހުމެއް. -- ފޮޓޯ: ހާޑް ރޮކް ހޮޓެލް

އަންނަ އަހަރު އޭޕްރިލް މަހު ހަމަ އެނބޫދޫ ފަޅުގައި ހުޅުވަން ހަމަޖެހިފައިވާ ހިލްޓަންގެ ސައީ ލެގޫން މޯލްޑިވްސް އަކީ 200 ބީޗް ފްރަންޓް ވިލާ އާއި އޯވާ ވޯޓާ ވިލާތައް ހިމަނައިގެން ތަރައްގީ ކުރާ ރިސޯޓެކެވެ.

އެ ރިސޯޓުގައި ހުޅުވަން ހަމަޖެހިފައިވާ ރެސްޓޯރަންޓްތަކުގެ ތެރެއިން، "ބީން ކޯ ކެފޭ' އިން މަތީ ފެންވަރުގެ ކޮފީ، "ކެފޭ ޑެލް މާ" އިން ހެނދުނުގެ ނާސްތާ، "މިސްޓާ ތޮމްޔަމް" އިން ތައިލޭންޑްގެ މުއްސަނދި ކެއުން ތަކާއި "މިސް އޮލިވް އޮއިލް" އިން ސީފުޑްގެ ގިނަ ބާވަތްތައް ލިބޭނެ އެވެ.

ހަމަ އެގޮތުން އަންނަ އަހަރު މާޗު މަހު ދ. އަތޮޅުގައި ހުޅުވާ ބަގްލިއޯނީ ރިސޯޓަކީ އިޓާލީގެ ފަސް ތަރީގެ ފެންވަރު ހުރި ކުންފުންޏަކުން ތަރައްގީ ކުރާ ރިސޯޓެކެވެ. އެ ރިސޯޓުގައި ޖުމްލަ 96 ވިލާ ތަރައްގީކުރާއިރު، އޭގެ ތެރޭގައި ފެމިލީ ބީޗް ވިލާ، ޕްރެޒިޑެންޝަލް ވޯޓަ ވިލާ އަދި އޮވާ ވޯޓާ ވިލާ ހިމެނެ އެވެ.

އެނބޫދޫ ފަޅުގައި ތަރައްގީ ކުރާ ސައީ ލެގޫން މޯލްޑިވްސް ރިސޯޓްގެ 3D ކުރެހުމެއް. -- ފޮޓޯ: ހާޑް ރޮކް ހޮޓެލް

އެނބޫދޫ ފަޅުގައި ތަރައްގީ ކުރާ ސައީ ލެގޫން މޯލްޑިވްސް ރިސޯޓްގެ 3D ކުރެހުމެއް. -- ފޮޓޯ: ހާޑް ރޮކް ހޮޓެލް

ބަަގްލިއޯނީ ރިސޯޓުގައި ކަނޑު އަޑީގެ ރީތި މަންޒަރުތައް ބަލާލުމަށް ފުރުސަތު ލިބޭ އިރު، އަޔުރްވަދިކް ގާޑަން ސްޕާގައި ތައި ތެރަޕީ ނެގުމުގެ ފުރުސަތު ލިބޭނެ އެވެ. އަދި އިޓަލީގެ މަޝްހޫރު ކެއުން ލިބޭ ރެސްޓޯރަންޓެއް ވެސް ހިމެނެ އެވެ.

ރާއްޖޭގައި ނަން މަޝްހޫރު ތިން ރިސޯޓް ހުޅުވަން ހަމަޖެހިފައިވާ އިރު، 2019 ވަނަ އަހަރު ރާއްޖޭގެ ޓޫރިޒަމް ސިނާއަތަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ އެވެ. މި އަހަރު ވެސް ރާއްޖޭގައި ގިނަ ރިސޯޓްތަކެއް ހުޅުވައި މިހާތަނަށް 100 އަށް ވުރެ ގިނަ ރިސޯޓް ދަނީ އޮޕަރޭޓް ކުރަމުންނެވެ.