18 އެޕްރީލް 2019
ރާއްޖޭގައި ޓޫރިޒަމް ފެށުނީއްސުރެ ވެސް ރިސޯޓުތަކަށް މީހުން އުފުލާ ހަދަނީ އެ ރިސޯޓެއްގެ މެނޭޖުމެންޓުން އަމިއްލައަށެވެ. ދަތުރުފަތުރުގެ ބައި އެހެން ބަޔަކަށް ދީގެން ހިންގާ ރިސޯޓެއް ނެތެވެ. އެކަމަކު އެނބޫދޫ ފަޅުގައި މިހާރު ތަރައްގީކުރަމުން އަންނަ ކްރޮސްރޯޑްސްގެ ރިސޯޓާ އެކު، އެކަން ވެސް ބަދަލުވާނެ އެވެ. އެންމެ މަތީ ފެންވަރުގެ ޓޫރިޒަމަށް ތަރައްގީކުރާ އެނބޫދޫ ފަޅުގެ ރިސޯޓްތަކުގެ ދަތުރުފަތުރުގެ ހުރިހާ ކަމެއް ވަނީ ޔޫއޭއީގެ ޖަލްބޫތު މޯލްޑިވްސްއާ ހަވާލުކޮށްފަ އެވެ.
ރާއްޖޭގައި ޓޫރިޒަމް ފެށުނީއްސުރެ ވެސް ރިސޯޓުތަކަށް މީހުން އުފުލާ ހަދަނީ އެ ރިސޯޓެއްގެ މެނޭޖުމެންޓުން އަމިއްލައަށެވެ. ދަތުރުފަތުރުގެ ބައި އެހެން ބަޔަކަށް ދީގެން ހިންގާ ރިސޯޓެއް ނެތެވެ. އެކަމަކު އެނބޫދޫ ފަޅުގައި މިހާރު ތަރައްގީކުރަމުން އަންނަ ކްރޮސްރޯޑްސްގެ ރިސޯޓާ އެކު، އެކަން ވެސް ބަދަލުވާނެ އެވެ. އެންމެ މަތީ ފެންވަރުގެ ޓޫރިޒަމަށް ތަރައްގީކުރާ އެނބޫދޫ ފަޅުގެ ރިސޯޓްތަކުގެ ދަތުރުފަތުރުގެ ހުރިހާ ކަމެއް ވަނީ ޔޫއޭއީގެ ޖަލްބޫތު މޯލްޑިވްސްއާ ހަވާލުކޮށްފަ އެވެ.
އަބޫދާބީ އަށް ނިސްބަތްވާ ޖަލްބޫތުގެ ހާއްސަ އުޅަނދުފަހަރުގައި ދަތުރުފަތުރުގެ ހިދުމަތް ބޭރު ގައުމެއްގައި ދޭން ފެށީ ވެސް ފުރަތަމަ ފަހަރަށް ރާއްޖޭގަ އެވެ. އެގޮތުން މިދިއަ އަހަރު ފަސް ލޯންޗާ އެކު ޖުމެއިރާ ވިއްޓަވެލީ އަށް އެ ޚިދުމަތް އަންނަނީ ދެމުންނެވެ.
ތިން އުޅަނދާ އެކު ޖަލްބޫތުން މިހާރު ވަނީ ކްރޮސްރޯޑްސް އަށް ވެސް ދަތުރުތައް ފަށައިފަ އެވެ. އަދި އަންނަ ޖޫން މަހު ކްރޮސްރޯޑްސް ހުޅުވާ އިރު 20 ފެރީ ދުއްވާނެ އެވެ.
ޖަލްބޫޓުން ރާއްޖޭގައި ފެރީގެ ހިދުމަތް ދިނުމަށް ބޭނުންކުރާ ކަޓަމަރާން ލޯންޗެއް-- ފޮޓޯ: ޖަލްބޫޓް
ތައިލެންޑްގެ ސިންހާ އެސްޓޭޓުން ގާތްގަނޑަކަށް 800 މިލިއަން ޑޮލަރު ހޭދަކޮށްގެން ތަރައްގީކުރާ އެނބޫދޫ ފަޅުގެ ރިސޯޓްތަކުގެ ފުރަތަމަ ފިޔަވަހީގައި، ކްރޮސްރޯޑްސްގައި، ޔޮޓްފަހަރަށް ހާއްސަ މެރީނާއެއް ވެސް ހިމެނެ އެވެ. ދަތުރުފަތުރުގެ އިތުރުން މެރީނާގެ ހުރިހާ ކަމެއް ވެސް ބަލަހައްޓާނީ ޖަލްބޫތުންނެވެ. މެރީނާއާ ޖެހިގެން، ފާލަމުން ގުޅިފައި އޮންނަނީ ހިލްޓަން އިން ހިންގާ ރިސޯޓާއި ހާޑް ރޮކްގެ ރިސޯޓެވެ. މީގެ ތެރެއިން ފުރަތަމަ ހުޅުވާނީ ހާޑް ރޮކް ރިސޯޓެވެ.
މިހާރު ރާއްޖެ އަށް އަންނަ ލަގްޒަރީ ޔޮޓުތައް އެއްވެސް އުސޫލެއް ނެތި އަދި ބޭނުން ތަނަކަށް ނަގިލި އެއްލައިގެން ބަނދަރުކޮށްލެވެ އެވެ. ނުވަތަ ކޮންމެވެސް ރަށެއް ނުވަތަ ރިސޯޓެއް ކައިރީގައި އަޅާފައި ބާއްވަ އެވެ. އެކަމަކު އެނބޫދޫފަޅުގައި ހަދާ ޔޮޓް މެރީނާ މެނޭޖްކުރަން ޖަލްބޫތުން ފެށުމުން، ޔޮޓްފަހަރަށް ވަރަށް ބޮޑު ފަސޭހައެއް ވާނެ އެވެ. ރައްކާތެރިކަމާ އެކު ޔޮޓްތައް ބަލަހައްޓައި އަދި ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމުގެ އިތުރުން ޔޮޓުތަކުގެ ފަޅުވެރިން ތިބޭނެ އިންތިޒާމު ވެސް ހަމަޖައްސައިދެ އެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ތަރައްގީކުރާ ޔޮޓް މެރީނާގައި އެއްފަހަރާ 30 ޔޮޓަށް ބަނދަރުކުރެވެ އެވެ. ޔޮޓް މެރީނާގެ 70 ޕަސެންޓް މަސައްކަތްތައް މިހާރު ވަނީ ނިމިފަ އެވެ. އަންނަ ޖޫން މަހު ހާޑް ރޮކް ރިސޯޓާ އެކު ޔޮޓް މެރީނާގެ ހިދުމަތް ވެސް ދޭން ފަށާނެ އެވެ.
ޖަލްބޫތު މޯލްޑިވްސްގެ ސީނިއަ އޮޕަރޭޝަންސް މެނޭޖަރު ޝަމީމު މުހައްމަދު އިސްމާއިލް ވިދާޅުވީ ރާއްޖޭގެ މާހައުލަށް ހާއްސަކޮށްގެން ހަދާފައިވާ ލޯންޗުފަހަރުގައި ހުރިހާ ފަންތިއެއްގެ މީހުންނަށް ވެސް ދަތުރުކުރެވޭނެ ކަމަށެވެ.
ކްރޮސް ރޯޑްސްގައި ތަރައްގީކުރާ ތަންތަނުން ވިޔަފާރިކުރާށާއި ރެސްޓޯރެންޓަކުން ކާން ބޭނުންވިޔަސް، ނުވަތަ ޗުއްޓީ ހޭދަކޮށްލަން ދާން ވިޔަސް އަރަން ޖެހޭނީ ޖަލްބޫތުގެ ލޯންޗަކަށެވެ.
ޝަމީމް ވިދާޅުވި ގޮތުގައި ކަޓަމަރާންގެ ގޮތަށް ޑިޒައިންކޮށްފައިވާ ލޯންޗު ހާއްސަކޮށްފައި ވަނީ ރާއްޖޭގެ ކަނޑުގެ ރާޅުތައް ދަތުރުކުރާ ގޮތަށް ވެސް ބަލައިގެންނެވެ. ފެރީގައި ހިމެނޭ ގޮނޑިތައް ވެސް އަރާމުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޖަލްބޫޓުގެ ފެރީ ބޯޓުުގެ އިންޓީރިއާ--ފޮޓޯ:ޖަލްބޫޓް
"މިސާލަކަށް [ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ ލޯންޗުފަހަރުގައި] އެއް ގަޑިއިރުގެ ދަތުރެއް ކުރިޔަސް މޫސުން ސަރަކާތް ވެއްޖިއްޔާ [ބައެއް މީހުންނަށް ސިއްހީ މައްސަލަތައް] ދިމާވޭ. ބައެއް ފަހަރު މޫސުން ގޯސްވުމުން ދަތުރުތައް ކެންސަލް ކުރަން ވެސް ޖެހޭ. އެކަމަކު އަޅުގަނޑުމެންގެ މި ބޯޓުތަކަކީ ރާއްޖޭގެ މޫސުމަށް ޑިޒައިންކޮށްފައިވާ އުޅަނދުތައް ވީމަ ކޮންމެ ހާލަތެއްގައި ވެސް ދަތުރުކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.
ޝަމީމް ވިދާޅުވީ ޖަލްބޫތުގެ ލޯންޗުފަހަރުގައި ދަތުރުވެރިންނަށް ހިތްހަމަޖައްސާލައިގެން ދަތުރު ކުރެވޭނެ ކަމަށެވެ.
ކްރޮސްރޯޑުގައި ތަރައްގީ ކުރާ ޔޮޓް މެރީނާ. ޔޮޓް މެރީނާއާ އިންވެގެން އޮންނަ ދެ ރަށުގައި ތަރައްގީ ކުރަނީ ޝޮޕިން ސެންޓަރެއްގެ އިތުރުން ހިތްހަމަޖައްސާ ލުމަށް ހާއްސަ ކޮށްފައިވާ ތަންތަން--ފޮޓޯ:އާކައިވް
"އަޅުގަނޑުމެންގެ ސްޓާފުން ތިބޭނީ ވަކި ޔުނީފޯމެއްގައި. ކަސްޓަމާ އޮރިއެންޓެޑް އަދި ޓްރެއިންވެފައި ތިބޭނީ. ހުރިހާ ބޯޓުތަކަކީ ވެސް ވައިފައި ބޯޓުތައް،" ޝަމީމް ވިދާޅުވި އެވެ.
ޖޫން މަހުން ފެށިގެން މާލެއިން ކްރޮސްރޯޑްސް އަށް ކޮންމެ ދެ ގަޑި އިރަކުން ފެރީ ދަތުރުގެ އިންތިޒާމު ޖަލްބޫތުން ހަމަޖައްސާނެ އެވެ. މި ދަތުރުތަކަށް ހޭދަވާނީ ގާތްގަނޑަކަށް 15 މިނެޓެވެ.
ޖަލްބޫތާ އެކު ދިވެހިންނަށް ވަޒީފާގެ އާ ފުރުސަތުތަކެއް ހުޅުވުނަސް ދިވެހިން ނުލިބުމުގެ މައްސަލަ ކުރިމަތިވާ ކަމަށް ޝަމީމު ވިދާޅުވި އެވެ.
"ޓްރާންސްޕޯޓް ސެކްޓަރުގެ ވަޒީފާތަކަށް ދިވެހިން މާ ބޮޑަށް ފޯކަސްއެއް ނުކުރޭ. މިސާލަކަށް ޕްރޮފެޝަނަލް ކެޕްޓަނުން ހޯދުމަށް ވެސް ދަތިވޭ. ބޯޓު ދުއްވާ މީހުން ލިބޭ. އެކަމަކު ކެޕްޓަނުން ހޯދަން އުނދަގޫ،" އޭނާ ވިދާޅުވި އެވެ.
ފުރަތަމަ ފަށައިގަންނަ އިރު މި ދަތިތައް ހުއްޓަސް ޖަލްބޫތުގެ އަމާޒަކީ ދިވެހިން ހޯދުމެވެ.
ކްރޮސްރޯޑްސްއާ އެކު ރާއްޖޭގެ ޓޫރިޒަމަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ބެލެވެ އެވެ. އަދި މި ބަދަލުތަކުގެ ތެރޭގައި ޖަލްބޫތުގެ ރޯލު ވެސް މި ވަނީ މުހިންމުވެފަ އެވެ. ޝަމީމް ވިދާޅުވި ގޮތުގައި، އެކަމަށްޓަކައި، ކުންފުނި އޮތީ ތައްޔާރަށެވެ.
ރެލީގައި ބައިވެރިނުވެ ގިނަ ޔޮޓްތައް ރާއްޖޭން ފުރައިފި
ގިނަ ޔޮޓްތައް ރެލީގައި ބައިވެރިނުވެ އެނބުރި ދަނީ
ޔޮޓު ރެލީއަށް ހާއްސަ ޓުއާ ގައިޑުން ތަމްރީން ކުރަނީ
އައްޑޫގައި ޔޮޓް މެރީނާއަކާއި ކްރޫޒް ޓާމިނަލެއް
ޔޮޓުތަކުން ނަގާ ފީގެ 75 ޕަަސެންޓު ކުޑަކޮށްފި
ތެލުވެލިގާ ރިސޯޓު ވިއްކާލަން އަނެއްކާވެސް ހުއްދަ ދީފި
ޑަބްލިއުޓީއެމްގައި ރާއްޖޭގެ 217 ބައިވެރިން
އަންނަ އަހަރުގެ އަމާޒަކީ 2.2 މިލިއަން ޓޫރިސްޓުން
ލޯނު ނުދެއްކުމުން ހެވީލޯޑްގެ 3 ރަށެއް ވިއްކާލަނީ
އެންމެ ބޮޑު ގެއްލުމަކީ ޝަންގްރިއްލާ ނުހުޅުވި ލަސްވުން