Roadha Mihaaru
ރިއާނާގެ އައު އަލްބަމެއް އަންނަ އަހަރު

ރިއާނާގެ އައު އަލްބަމެއް އަންނަ އަހަރު ނެެރެނީ

24 ޑިސެމްބަރ 2018

އަންނަ އަހަރުގެ ތެރޭގައި އައު އަލްބަމެއް ނެރޭނެ ކަމަށް، މަޝްހޫރު ލަވަކިޔުންތެރިތާ ރިއާނާ ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަންނަ އަހަރުގެ ތެރޭގައި އައު އަލްބަމެއް ނެރޭނެ ކަމަށް، މަޝްހޫރު ލަވަކިޔުންތެރިތާ ރިއާނާ ބުނެފި އެވެ.

ދެން އެންމެ އަވަހަށް އަލްބަމެއް ނެރޭނީ ކޮން އިރަކުތޯ ފޭނަކު އިންސްޓަގްރާމްގައި ކުރި ސުވާލެއްގެ ޖަވާބުގައި ރިއާނާ ބުނީ އަންނަ އަހަރު ކަމަށެވެ. އަދި އާ އަލްބަމަށް އިންތިޒާރު ކުރަން އޭނާ އެދިފައިވެ އެވެ.

ނަމަވެސް އަލްބަމް ނެރޭނެ އިރަކާއި އެއާ ބެހޭ އެއްވެސް ތަފުސީލެއް ރިއާނާ ހިއްސާއެއް ނުކުރެ އެވެ. އޭނާގެ ވޯކަލް ޕްރޮޑިއުސަރު ކުކް ހެރެލް ދާދި ފަހުން ބުނި ގޮތުގައި 30 އަހަރުގެ ލަވަކިޔުންތެރިޔާ ދެން ނެރޭ އަލްބަމް ވެގެން ދާނީ ވަރަށް ވެސް ފުރިހަމަ ރީތި ލަވަތަކެއް ހިމެނޭނެ އަލްބަމަކަށެވެ. އޭނާ އެ އަލްބަމް ސިފަކޮށްފައި ވަނީ "އާރް9" ގެ ގޮތުގަ އެވެ.

މިހާތަނަށް ނުވަ ގްރެމީ އެވޯޑް ހާސިލުކޮށްފައިވާ ރިއާނާ އެންމެ ފަހުން އަލްބަމެއް ނެރުނީ މީގެ ދެ އަހަރު ކުރިންނެވެ. އެއީ 2016 ގައި ނެރުނު "އެންޓި" އެވެ.

ބައެއް ފިލްމުތަކުގައި އެކްޓް ވެސް ކޮށްފައިވާ ލަވަކިިޔުންތެރިިިޔާ މިހާތަނަށް ޖުމްލަ 8 އަލްބަމް ނެރެފައިވެ އެވެ. ރިއާނާ އެންމެ ފުރަތަމަ ނެރުނު އަލްބަމަކީ 2005 ގެ "މިއުޒިކް އޮފް ދަ ސަން" އެވެ.