20 ޑިސެމްބަރ 2022
މަޝްހޫރު ލަވަކިޔުންތެރިޔާ ރިއާނާ އަދި ރެޕަ އޭސެޕް ރޮކީގެ އަލަތު ދަރިފުޅު ދައްކާލައިފި އެވެ.
މަޝްހޫރު ލަވަކިޔުންތެރިޔާ ރިއާނާ އަދި ރެޕަ އޭސެޕް ރޮކީގެ އަލަތު ދަރިފުޅު ދައްކާލައިފި އެވެ.
ބާބޭޑޮސް އަށް އުފަން، އުމުރުން 34 އަހަރުގެ ރިއާނާގެ ދަރިފުޅު އެންމެ ފުރަތަމަ ދައްކާލީ އޭނާގެ ޓިކްޓޮކް އައިޑީން މިދިޔަ ހުކުރު ދުވަހު ޕޯސްޓު ކުރި ވީޑިއޯއަކުންނެވެ.
އޭގެ ގަޑިއިރުތަކެއް ކުރިން އެމެރިކާ ކެލިފޯނިއާގެ، މެލީބޫ ބީޗުން ރިއާނާ އާއި އޭސެޕް ދަރިފުޅާ އެކު އާއިލީ ފޮޓޯ ޝޫޓެއްގައި ތިބި ފޮޓޯތަކެއް ވެސް ވަނީ އާންމުވެފަ އެވެ.
ރިއާނާ އަދި އޭސެޕް ދަރިފުޅާ އާއިލާއާ އެކު ފޮޓޯ ޝޫޓެއްގައި --ފޮޓޯ: ޓީއެމްޒީ
ރިއާނާ ހުކުރު ދުވަހު ލާފައިވާ ޓިކްޓޮކްގައި އޭނާގެ ހަތް މަހުގެ ފިރިހެން ދަރިފުޅު ކާރެއްގެ ކުޑަކުދިންގެ ސީޓެއްގައި އޮވެގެން މަންމައާ އެކު ސަމާސާކޮށް، އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލާ މަންޒަރު ފެނެ އެވެ.
ގިނަ މީހުން ބުނާ ގޮތުން ރިއާނާގެ ދަރިފުޅު އެންމެ ވައްތަރީ ބައްޕަ އޭސެޕާ އެވެ.
އޭސެޕާއި ދަރިފުޅު މޭލިބޫ ބީޗުގައި؛ ގިނަ މީހުން ބުނަނީ ދަރިފުޅު ވައްތަރީ ބައްޕައާ ކަމަށް --ފޮޓޯ: ޓީއެމްޒީ
ރިއާނާ ވިހެއީ މިދިޔަ މެއި މަހުގެ 13 ވަނަ ދުވަހު އެމެރިކާގެ ލޮސް އެންޖަލީސްގަ އެވެ. އޭނާގެ ދަރިއަށް ކިޔާ ނަން ވަރަށް އަވަހަށް އާންމުކުރާނެ ކަމަށްވެ އެވެ.
ރިއާނާ އާއި ރޮކީގެ ދަރިފުޅަށް ކިޔާ ނަން ހާމަވެއްޖެ
ރިއާނާ އަކީ ވެސް މިހާރު ބިލިއަނަރެއް
ރިއާނާ "ފެންޓީ" ގެ ދަށުން ސެންޓު އުފައްދަނީ
ރިއާނާގެ ޑޮކިއުމަންޓަރީއެއް އެމެޒޯން އަށް
ރިއާނާ ބައްޕަ ގޮވައިގެން ކޯޓަށް
ރިއާނާގެ އައު އަލްބަމެއް އަންނަ އަހަރު
"ސްޓްރޭންޖާ ތިންގްސް"ގެ ފަހު ސީޒަންގެ އަޕްޑޭޓެއް
މާގޯ ރޮބީއަށް ކުއްޖަކު ލިބިއްޖެ
"ގޭމް އޮފް ތުރޯންސް"ގެ ފިލްމެއް އުފައްދަނީ
ކްރިސްޓޮފާ ނޯލަންގެ ވެމްޕަޔާ ފިލްމަކަށް ޓޮމް ހޮލެންޑް