20 ޑިސެމްބަރ 2018
އިނގިރޭސި ވިލާތުގެ މަޝްހޫރުގެ ގާނޫނީ ވަކީލް ބެން އެމާސަންއާ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ބައްދަލު ކުރައްވައިފި އެވެ.
އިނގިރޭސި ވިލާތުގެ މަޝްހޫރުގެ ގާނޫނީ ވަކީލް ބެން އެމާސަންއާ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ބައްދަލު ކުރައްވައިފި އެވެ.
ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ކުރި ޓްވީޓެއްގައިވާ ގޮތުން އެމާސަންގެ އިތުރުން ބައިނަލްއަގްވާމީ ވަކީލެއް ކަމަށް ފަވަލީ ލީޑައާ ވެސް އުއްތަމަ ފަނޑިޔާރު ބައްދަލު ކުރެއްވީ އިއްޔެ އެވެ. އެ ބައްދަލުވުމާ ގުޅޭ އިތުރު ތަފްސީލެއް ޑީޖޭއޭ އިން އަދި ހާމައެއް ނުކުރެ އެވެ.
Prominent Human Rights Lawyer Mr. Ben Emmerson QC & Int'l Lawyer Mrs. Favali Lyda paid a courtesy call on Hon. Chief Justice Dr. Ahmed Abdulla Didi pic.twitter.com/3eHYyn0Zos
— Maldives Judiciary (@judiciarymv) December 19, 2018
ޑީޖޭއޭގެ ޓްވީޓް
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބައިނަލްއަގްވާމީ ވަކީލުންގެ ޓީމުގައި ވެސް ހިމެނިވަޑައިގަތް އެމާސަން އަކީ އިންސާނީ ހައްގުތަކާބެހޭ ވަކީލެއްގެ ގޮތުގައި މަޝްހޫރު ބޭފުޅެކެވެ. ކުރީގެ ސަރުކާރުގެ ދުވަސްވަރު އިދިކޮޅު ކޯލިޝަންގެ ލީގަލް އެޑްވައިޒަރެއްގެ ގޮތުގައި ވެސް އެމާސަން ހަރަކާތްތެރިވި އެވެ.
ބައިނަލްއަގްވާމީ ކޯޓުތަކުގައި ދިގު މުއްދަތެއް ވަންދެން ވަކާލާތު ކުރުމުގެ ތަޖްރިބާ ލިބިވަޑައިގެންފައިވާ އެމާސަން ވަނީ ބައެއް ގައުމުތަކުގައި ހިނގި ހަނގުރާމައިގެ ޖަރީމާތައް ތަހުގީގު ކުރުމަށް އދ. އިން އެކުލަވާލި ޓީމްތަކުގައި ވެސް މަސައްކަތް ކުރައްވައިފަ އެވެ.
ޝަރުއީ ނިޒާމު ޕެރަލައިޒް ކުރަން އެބައުޅޭ: ޑރ. ދީދީ
އާއިލީ އަދުލުގެ ނިޒާމް ޒަމާނަށް ނުފެތޭ: ނަޒީރު
އާންމުންގެ ތެރެއިން ޖޭއެސްސީއަށް ކުރިމަތިލީ ތިން މީހަކު
ޖޭއެސްސީ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި
ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ މަގު ޗާޓެއް ނެރެނީ
"ފަނޑިޔާރުން ކޮރަޕްޓޭ ބުނީ އިޖުރާއަތުތަކާ ހިލާފުވާތީ"
އަލީ ހުސައިން ފަސް މަހަށް ސަސްޕެންޑް ކޮށްފި
އަމުރަށް ފާޑުކިޔުމުން އަލީ ހުސައިންގެ ބަޔާން ނަގައިފި
ޝަމީމްގެ ސަސްޕެންޝަން އުވާލައިފި
ޝަމީމްގެ މައްސަލައެއް ސުޕްރީމް ކޯޓުން ބަލަނީ