Roadha Mihaaru
ޝަމީމްގެ މައްސަލައެއް ސުޕްރީމް ކޯޓުން ބަލަނީ

ވަކީލް ޝަމީމްގެ މައްސަލައެއް ސުޕްރީމް ކޯޓުން ބަލަނީ

12 ސެޕްޓެމްބަރ 2018

ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމްގެ މައްސަލައެއް ސުޕްރީމް ކޯޓުން ބަލަމުންދާތީ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަށް އޭނާ މާދަމާ ހާޒިރުވާން އަންގައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމްގެ މައްސަލައެއް ސުޕްރީމް ކޯޓުން ބަލަމުންދާތީ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަށް އޭނާ މާދަމާ ހާޒިރުވާން އަންގައިފި އެވެ.

ސުޕްރީމް ކޯޓުން ޝަމީމަށް މިއަދު ފޮނުވި ޗިޓުގައި އަންގާފައި ވަނީ މާދަމާ ހެނދުނު 11 ޖަހާއިރު ޑީޖޭއޭއަށް ހާޒިރުވުމަށެވެ. އެކަމަކު، އެއީ ކޮން މައްސަލައެއްގެ ތުހުމަތަކަށް ކަމެއް ބުނެފައެއް ނުވެ އެވެ.

ޝަމީމަކީ ޝަރުއީ ދާއިރާ މިނިވަން ކުރުމަށް ވަކާލާތު ކުރައްވާ ތަޖުރިބާކާރު ވަކީލެކެވެ. އަދި އޭނާ އަންނަނީ މާލީ ތަނަވަސްކަން ނެތް މީހުންނަށް ހިލޭ ވަކާލާތު ވެސް ކޮށްދެއްވަމުންނެވެ.

Vakeel Shameem ge suspension uvaalaifi

Vakeel Shameem ge suspension uvaalaifi

The most trusted news source in the Maldives

Mihaaru

ޖުލައި މަހު ޝަމީމްގެ ސަސްޕެންޝަން އުވާލުން--

ސުޕްރީމް ކޯޓަށް ހާޒިރުކުރާ މައްސަލާގައި ވަކި އެއްޗެއް މީޑިއާގައި ވިދާޅުވާކަށް ޝަމީމް ބޭނުމެއް ނޫނެވެ.

ޝަމީމަކީ ތަފާތު މައްސަލަތަކާ ގުޅިގެން މީގެ ކުރިން ސަސްޕެންޑް ވެސް ކޮށްފައިވާ ވަކީލެކެވެ. ރާއްޖޭގެ އެއްވެސް ކޯޓެއްގައި ވަކާލާތު ނުކުރެވޭ ގޮތަށް މިދިޔަ ފެބްރުއަރީ މަހު ޝަމީމް ސަސްޕެންޑް ކުރުމަށް ފަހު، އަލުން ހުއްދަ ދިނީ މިދިޔަ ޖުލައި 12 ގަ އެވެ. އޭނާއާ ގުޅޭ މައްސަލައެއް އޭރު ފުލުހުން ބަލަމުންދާތީ ސަސްޕެންޑް ކުރުމަށް ފަހު ވަނީ އެ މައްސަލަ ފައިލް ކޮށްފަ އެވެ.

އޭގެ ކުރިން ވެސް ޝަމީމް ދެ އަހަރު ދުވަހުގެ މުއްދަތަށް ސަސްޕެންޑް ކޮށްފައިވެ އެވެ. އެ ފަހަރުގެ ސަސްޕެންޝަން އުވައިލީ މި އަހަރުގެ ޖެނުއަރީ މަހު އެވެ.