13 ސެޕްޓެމްބަރ 2018
ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް، ތިން މަސް ދުވަސް ވަންދެން އެއްވެސް ކޯޓެއްގައި ވަކާލާތު ނުކުރެވޭ ގޮތަށް މިއަދު ސަސްޕެންޑްކޮށްފި އެވެ.
ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް، ތިން މަސް ދުވަސް ވަންދެން އެއްވެސް ކޯޓެއްގައި ވަކާލާތު ނުކުރެވޭ ގޮތަށް މިއަދު ސަސްޕެންޑްކޮށްފި އެވެ.
ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ނެރުނު އިއުލާނެއްގައި ބުނީ ޝަމީމް ސަސްޕެންޑްކުރީ އޭނާގެ ޓްވިޓާ އެކައުންޓުން ކުރި ޓްވީޓަކާ ގުޅިގެން ކަމަށެވެ. އެ މައްސަލާގައި އޭނާއާ ސުވާލު ކުރުމަށް ފަހު، އޭނާގެ އެ އަމަލަކީ ވަކީލުންގެ ގަވާއިދާ ޚިލާފް ކަމަކަށް ވާތީ މިއަދުން ފެށިގެން ތިން މަސް ވަންދެން ކޯޓުތަކާއި ޓްރައިބިއުނަލްތަކުގައި ވަކާލާތު ނުކުރެވޭ ގޮތަށް ސަސްޕެންޑް ކުރަން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމީ ކަމަށް އެ އިއުލާނުގައިވެ އެވެ.
އެ މައްސަލައާ ގުޅޭގޮތުން ސުވާލު ކުރުމަށް މިއަދު ހެނދުނު ޑީޖޭއޭއަށް ޝަމީމް ހާޒިރުކޮށް، ބަޔާނެއް ވެސް ނެގި އެވެ.
މިއީ ޝަމީމް ސަސްޕެންޑް ކުރި ތިން ވަނަ ފަހަރެވެ. އެންމެ ފުރަތަމަ އޭނާ ސަސްޕެންޑްކުރީ 2015 ވަނަ އަހަރުގެ ފަހުކޮޅު އެވެ. އެ ސަސްޕެންޝަންގައި ދެ އަހަރެއްހާ ދުވަސްވީ ފަހުން އެ ސަސްޕެންޝަން އުވާލީ މިއަހަރު ކުރީކޮޅެވެ. އޭގެ ދުވަސްކޮޅެއް ފަހުން ދެވަނަ ފަހަރަށް އޭނާ ސަސްޕެންޑް ކުރުމަށް ފަހު ސަސްޕެންޝަން އުވާލީ މީގެ ދެ ތިން މަސް ކުރިންނެވެ.
ޝަމީމް ސަސްޕެންޑް ކުރިއިރު އޭނާ މިހާރު ގެންދަވަނީ ސިޔާސީ ބައެއް ބޭފުޅުންގެ ވަކީލެއްގެ ގޮތުގައި ވެސް ހަރަކާތްތެރިވަމުންނެވެ. އެގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫންގެ ވަކީލުންގެ ޓީމުގައި ވެސް އޭނާ ހަރަކާތްތެރިވެ ވަޑައިގަންނަވަ އެވެ.
ވަކީލް ޝަމީމްގެ ސަސްޕެންޝަން އުވާލައިފި
ޝަމީމްގެ މައްސަލައެއް ސުޕްރީމް ކޯޓުން ބަލަނީ
އަލީ ހުސައިނާއި ޝަމީމްގެ ބަޔާނެއް ކޯޓުން ނަގައިފި
ވަކީލު ޝަމީމް ސަސްޕެންޑު ކޮށްފި
"ފަނޑިޔާރުން ކޮރަޕްޓޭ ބުނީ އިޖުރާއަތުތަކާ ހިލާފުވާތީ"
ވަކީލުކަމުގެ ހުއްދައަށް އެދެން ހުޅުވާލައިފި
އަލީ ހުސައިން ފަސް މަހަށް ސަސްޕެންޑް ކޮށްފި
އަމުރަށް ފާޑުކިޔުމުން އަލީ ހުސައިންގެ ބަޔާން ނަގައިފި
ސުއޫދު ހަތަރު މަހަށް ސަސްޕެންޑްކޮށްފި
ޝަމީމްގެ ސަސްޕެންޝަން އުވާލައިފި