26 ސެޕްޓެމްބަރ 2018
ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމްގެ ސަސްޕެންޝަން އުވާލައި، ވަކާލާތު ކުރުމުގެ ހުއްދަ އަލުން ދީފި އެވެ.
ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމްގެ ސަސްޕެންޝަން އުވާލައި، ވަކާލާތު ކުރުމުގެ ހުއްދަ އަލުން ދީފި އެވެ.
އެއްވެސް ކޯޓެއްގައި ވަކާލާތު ނުކުރެވޭ ގޮތަށް، މި މަހުގެ 13 ވަނަ ދުވަހު ޝަމީމް ސަސްޕެންޑް ކުރީ ތިން މަސް ދުވަހަށެވެ. އެކަމަކު މާގިނަ ދުވަހެއް ނުވެ، މިރޭ އަލުން އެ ހުއްދަ ދީފައިވާކަން ޝަމީމް ވަނީ ޔަގީންކޮށްދީފަ އެވެ.
ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެފައިވާ ގޮތުގައި ޝަމީމް ސަސްޕެންޑްކުރީ އޭނާގެ ޓްވިޓާ އެކައުންޓުން ކުރި ޓްވީޓަކާ ގުޅިގެން ކަމަށެވެ. އެ މައްސަލައިގައި ޝަމީމްއާ ސުވާލު ކުރުމަށް ފަހު، އޭނާގެ އެ އަމަލަކީ ވަކީލުންގެ ގަވާއިދާ ޚިލާފް ކަމަކަށް ވާތީ، ކޯޓުތަކާއި ޓްރައިބިއުނަލްތަކުގައި ވަކާލާތު ނުކުރެވޭ ގޮތަށް ސަސްޕެންޑް ކުރަން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމީ ކަމަށް އެތަނުން ބުނެފައި ވެ އެވެ.
ޝަމީމް ޓުވީޓް ކޮށްފައިވަނީ، އޭނާ ފްލައިޓެއްގައި ދަަތުރު ކުރައްވަމުން ގާނޫނުއަސާސީ ވިދާޅުވާން އިންނަ ފޮޓޯއެކެވެ. ނަމަވެސް އެ ފޮޓޯގައި ޝަމީމްގެ ފަހަތުން ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ނަޖީބު ނިދިޖެހިފައި އިންނަވާ މަންޒަރު ފެނެ އެވެ. މި ފޮޓޯ ފަހުން އޭނާ ވަނީ ފޮހެލައްވައިފަ އެވެ.
މިއީ ޝަމީމް ސަސްޕެންޑް ކުރި ތިން ވަނަ ފަހަރެވެ. އެންމެ ފުރަތަމަ އޭނާ ސަސްޕެންޑްކުރީ 2015 ވަނަ އަހަރުގެ ފަހުކޮޅު އެވެ. އެ ސަސްޕެންޝަންގައި ދެ އަހަރެއްހާ ދުވަސްވީ ފަހުން އެ ސަސްޕެންޝަން އުވާލީ މި އަހަރު ކުރީކޮޅެވެ. އޭގެ ދުވަސްކޮޅެއް ފަހުން ދެ ވަނަ ފަހަރަށް އޭނާ ސަސްޕެންޑް ކުރުމަށް ފަހު ސަސްޕެންޝަން އުވައިލީ މީގެ ދެ ތިން މަސް ކުރިންނެވެ.
ޝަމީމްގެ މައްސަލައެއް ސުޕްރީމް ކޯޓުން ބަލަނީ
ވަކީލު ޝަމީމްގެ ސަސްޕެންޝަން އުވާލައިފި
ބައެއް އަޑުއެހުންތައް ހަމައެކަނި ވީޑިއޯ ކޮންފަރެންސުން
އާންމުންގެ ތެރެއިން ޖޭއެސްސީއަށް ކުރިމަތިލީ ތިން މީހަކު
ޖޭއެސްސީ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި
"ފަނޑިޔާރުން ކޮރަޕްޓޭ ބުނީ އިޖުރާއަތުތަކާ ހިލާފުވާތީ"
ބެން އެމާސަންއާ އުއްތަމަ ފަނޑިޔާރު ބައްދަލުކުރައްވައިފި
އަލީ ހުސައިން ފަސް މަހަށް ސަސްޕެންޑް ކޮށްފި
އަމުރަށް ފާޑުކިޔުމުން އަލީ ހުސައިންގެ ބަޔާން ނަގައިފި
ޝަމީމް ތިން މަހަށް ސަސްޕެންޑްކޮށްފި