29 ސެޕްޓެމްބަރ 2020
ދަށު ކޯޓުތަކާއި މެޖިސްޓްރޭޓު ކޯޓުތަކުގައި ކުރިއަށް ގެންދާ މައްސަލަތަކުގެ އިބްތިދާއީ އަޑުއެހުންތަކަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ވަކީލުން ހާޒިރުވުމުގެ ބަދަލުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބައިވެރިވާން މިއަދު މަޝްވަރާ ކޮށްފި އެވެ.
ދަށު ކޯޓުތަކާއި މެޖިސްޓްރޭޓު ކޯޓުތަކުގައި ކުރިއަށް ގެންދާ މައްސަލަތަކުގެ އިބްތިދާއީ އަޑުއެހުންތަކަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ވަކީލުން ހާޒިރުވުމުގެ ބަދަލުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބައިވެރިވާން މިއަދު މަޝްވަރާ ކޮށްފި އެވެ.
ޕީޖީ އޮފީހުން ބުނީ ދަށު ކޯޓުތަކާއި މެޖިސްޓްރޭޓު ކޯޓްތަކުގެ އިބްތިދާއީ އަޑުއެހުންތަކުގައި އެ އޮފީހުގެ ވަކީލުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބައިވެރިވާ ގޮތަށް މަޝްވަރާ ކުރެއްވީ، ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް، އާ ޗީފް ޖުޑިޝަލް އެޑްމިސްޓްރޭޓަރު އައިޝަތު ރިޒްނާއާ އެކު ބޭއްވެވި ބައްދަލުވުމެއްގައި ކަަމަށެވެެ. އަންނަ ނޮވެމްބަރު މަހުން ފެށިގެން އެ އުސޫލަށް އަމަލުކުރަން ނިންމާފައި ވާތީ، އެ އިންތިޒާމު ހަމައްސަވައި ދެއްވަން ރިޒްނާގެ އަރިހުން ޝަމީމް މިިއަދު އެޑިވަޑައިގަތް ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
We met with newly appointed Chief judicial administrator @aishathrizna at @judiciarymv today. Shared our vision of riding the covid wave ?. From Nov 1st, we will start conducting all pretrial stage over video conf. It’ll easily save thousands of ? and expedite trials. pic.twitter.com/3C1rDAiKg5
— Hussain Shameem (@HuShameem) September 29, 2020
ޕީޖީ ޝަމީމްގެ ޓުވީޓު
އެއީ، ޕީޖީ އޮފީހުން ބުނިގޮތުގައި ޚަރަދު ކުޑަކުރުމުގެ ގޮތުން ތައާރަފުކުރާ އުސޫލެކެވެ. އަތޮޅު ތެރޭގެ މެޖިސްޓްރޭޓު ކޯޓުތަކުގައި ކުރިއަށް ގެންދާ މައްސަލަތަކުގެ އަޑުއެހުންތަކަށް ވެސް މީގެ ކުރިން އެ އޮފީހުގެ ވަކީލުން ފޮނުވައެވެ. އެގޮތުން މިދިޔަ އަހަރު ކުރި ދަތުރުތަކަށް އެކަނިވެސް 3.2 ،މިލިޔަން ރުފިޔާ ހަރަދުވި ކަމަށާއި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބައިވެރިވާ ގޮތަށް ހަމަޖެއްސުމުން ޚަރަދު ކުޑަވާނެ ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.
މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކުރި އަނެއް ކަމަކީ ޖިނާއީ މައްސަލަތައް އިލެކްޓްރޯނިކް ވަސީލަތްތައް ،މެދުވެރިކޮށް ހުށަހަޅާ ގޮތަށް އަންނަ އަހަރުން ފެށިގެން އަމަލު ކުރުމަށެވެ. އެ އުސޫލަށް އަމަލުކުރުމުގެ އިންތިޒާމުތައް ވެސް ކޯޓުތަކުގައި ހަމަޖައްސައިދޭން ޝަމީމް އެދިވަޑައިގަތް ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ.
ރާއްޖޭގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތްތަކުގައި ބައިވެވިރުމުގެ އިންތިޒާމު ކުރިން ވެސް ހަމަޖައްސާފައި ހުރެ އެވެ. އެކަމަކު ކޮވިޑް-19 ފެތުރޭތީ އެޅި ފިޔަވަޅުތަކާ އެކު އެކަން މިހާރު އާންމުކޮށް ކުރެ އެވެ.
މަހްލޫފްގެ މައްސަލަ: މަސްލަހަތު ފުށުއަރާތަ؟
ފުރައްސާރަ އޮއްބާލި ފަނޑިޔާރަށް މިފަހަރުވެސް ހިމާޔަތް؟
ވާނުވާއެއް ނެތް، މައްސަލައަކީ ކޯޓުގައި ލަސްވުން: ޕީޖީ
ޖޭއެސްސީއަށް ލަފާދޭން ފަނޑިޔާރުންގެ ބޯޑެއް އެކުލަވާލައިފި
ޕްރެޝަރެއް ނެތް، ފުރިހަމަ މިނިވަންކަން އެބައޮތް: ޕީޖީ
ކޯޓުގެ ހުރުމަތް ކެނޑުމުން ޕީޖީ އޮފީސް ޖޫރިމަނާކޮށްފި
ޖުޑީޝަލް އެލަވަންސް ބޮޑުކޮށްފި
ހުކުމް ފަސްކުރުމަކީ ގާނޫނު ދަންނަ ކަމެއް ނޫން: ޕީޖީ
ތިން ވަނަ ބާރު: އަޅާލުމެއް، ހިޔާވައްސެއް ނެތް!
ސުޕްރީމް ކޯޓުގެ އެސްޖީ ފާއިޒް ވަކިކޮށްފި