30 އޮކްޓޯބަރ 2023
ކޯޓުގެ އަމުރަކަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އަމަލު ނުކުރުމުން ކޯޓުގެ ހުރުމަތް ކެނޑުމުގެ ކުށުގައި އެ އޮފީސް 10،000ރ. އިން ޖޫރިމަނާ ކުރަން މެޖިސްޓްރޭޓް ކޯޓަކުން މިއަދު ހުކުމްކޮށްފި އެވެ.
ކޯޓުގެ އަމުރަކަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އަމަލު ނުކުރުމުން ކޯޓުގެ ހުރުމަތް ކެނޑުމުގެ ކުށުގައި އެ އޮފީސް 10،000ރ. އިން ޖޫރިމަނާ ކުރަން މެޖިސްޓްރޭޓް ކޯޓަކުން މިއަދު ހުކުމްކޮށްފި އެވެ.
ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓުން އެގޮތަށް ހުކުމްކުރީ ޖިނާއީ މައްސަލައަކާ ގުޅިގެން ބައެއް މައުލޫމާތު ހާމަކުރަން އެ ކޯޓުން އެންގުމުން އެ އަމުރަށް ތަބާނުވި މައްސަލައިގަ އެވެ. އެ މައުލޫމާތު ހާމަކުރަން ޖެހޭނެ ކަމަށް ހައި ކޯޓާއި ސުޕްރީމް ކޯޓުން ކުރިން ނިންމުމުން ވެސް އެ އަމުރަށް ދައުލަތުން އަމަލެއް ނުކުރެ އެވެ.
ފޭދޫ ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ މިދިޔަ އޭޕްރީލް މަހު އެ ކޯޓުން ނެރުނު އަމުރާ އެއްގޮތަށް މައުލޫމާތު ހާމަ ނުކުރުމުގެ އިތުރުން އެ މައުލޫމާތު ހާމަކުރަން ދެ ފަހަރަށް ފުރުސަތު ދިނުމުން ވެސް އެގޮތަށް ދައުލަތުން އަމަލު ކޮށްފައިނުވާ ކަމަށެވެ. ތަކުރާރުކޮށް ފުރުސަތު ދިނުމުން ވެސް އެ އަމުރަށް އަމަލު ކޮށްފައި ނުވާތީ އެއީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއް ކަމަށް ހުކުމުގައި ވެ އެވެ. އެހެންވެ، އޭގެ އަދަބެއްގެ ގޮތުން 10،000ރ. އިން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީސް ޖޫރިމަނާ ކުރީ ކަމަށް ހުކުމުގައިވެ އެވެ.
އެ ފައިސާ އެއް މަސް ތެރޭގައި އެ ކޯޓަށް ދެއްކުމަށް ހުކުމުގައި އަންގާފައިވެ އެވެ.
އެ މައްސަލާގައި ހާމަކުރަން އެންގީ ދައުލަތުގެ ހެކިވެރިންގެ ކުށުގެ ރެކޯޑާއި ހައްޔަރު ރެކޯޑެވެ. ކުށުގެ ރެކޯޑު ކުރިން ހާމަކުރިޔަސް، ހައްޔަރު ރެކޯޑެއް ދައުލަތުން މިހާތަނަށް ހާމައެއް ނުކުރެ އެވެ.
މިއީ ކޯޓުގެ ހުރުމަތް ކެނޑުމުގެ ކުށެއްގައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ މައްޗަށް ފިޔަވަޅު އެޅި ފުރަތަމަ ފަހަރެވެ.
ވިކްޓިމް ސަޕޯޓަށް ޕީޖީ އޮފީހުން ހާއްސަ ނިއުސް ލެޓާއެއް
މަންޑޭގެ ގެ އޮތީ އަގު ބޮޑު މުދަލުން ޖަރީކޮށްފައި!
ޕީޖީން ކޯޓު ހުރުމަތް ކެނޑި މައްސަލަ ހައިކޯޓުން ބަލަނީ
ޕީޖީން ކޯޓު ހުރުމަތް ކެނޑި މައްސަލަ ހައިކޯޓުން ނުބެލި
"ކޯޓުގެ ހުރުމަތެއް ނުކަނޑަން، އިސްތިއުނާފަށް ދާނަން"
ޖިނާއީ އަދުލަށް އޮތް ގޮންޖެހުމަކީ ކޮރަޕްޝަން: ޕީޖީ
ވެންޓިލޭޓަރު މައްސަލައަށް މި ހަފުތާގައި ގޮތެއް ނިންމަނީ
ކުށްކުރަން ކުޑަކުދިން ބޭނުންކުރާތީ ދައުވާކުރަން ފަށައިފި
މަގުމަތިން ގާނޫނު ތަންފީޒެއް ނުކުރެވޭނެ: ޕީޖީ ޝަމީމް
ކުޑަކުދިންތަކަކާ ބެހުނު މީހަކު 30 އަހަރަށް ޖަލަށް