31 އޮކްޓޯބަރ 2023
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ނިންމައި، އެ އޮފީސް 10،000ރ. އިން ޖޫރިމަނާކުރީ އިންސާފުން ނޫން ކަމަށާއި އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރާނެ ކަމަށް އެ އޮފީހުން މިއަދު ބުނެފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ނިންމައި، އެ އޮފީސް 10،000ރ. އިން ޖޫރިމަނާކުރީ އިންސާފުން ނޫން ކަމަށާއި އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރާނެ ކަމަށް އެ އޮފީހުން މިއަދު ބުނެފި އެވެ.
ސ. ފޭދޫ ކޯޓުގައި ހިނގަމުންދާ ޖިނާއީ މައްސަލައެއްގައި ބައެއް މައުލޫމާތު ހާމަކުރަން ދައުލަތަށް އެންގުމުން އެ އަމުރާ އެއްގޮތަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އަމަލެއް ނުކުރި އެވެ. އެހެންވެ، އެއީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއް ކަމުގައި ބަލައި، 10،000ރ. އިން ޖޫރިމަނާކުރަން ވަނީ ހުކުމްކޮށްފަ އެވެ.
ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައިވަނީ ކޯޓުން ހާމަކުރަން އެންގި މައުލޫމާތުތަކީ ފުލުސް އޮފީހުގައި ހުރި މައުލޫމާތެއް ކަމަށްވާތީ އެ މައުލޫމާތު ލިބޭނީ ފުލުހުންނަށް ހުށަހަޅައިގެން ކަމަށެވެ. އަދި ޕީޖީ އޮފީހަށް ލިބިފައި ހުރި އެއްވެސް މައުލޫމާތެއް އެ އޮފީހުން ނުފޮރުވާނެ ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި އެފަދަ ކަމެއްގައި އެއީ ކޯޓު ހުރުމަތް ކެނޑުން ކަމަށް ބެލުމަކީ އިންސާފުވެރި ގޮތެއް ކަމަށް ނުވާތީ ކޯޓުގެ އެ ނިންމުން އިސްތިއުނާފް ކުރަން މަސައްކަތް ކުރަމުންދާ ކަމަށް އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައި ވަނީ ކޯޓުތަކާ ބެހޭ ގާނޫނުގެ ދަށުން ކޯޓުގެ ހުރުމަތް ކެނޑުމުގެ އަދަބު ދެވެނީ ޝަރީއަތުގެ މަޖިލީހުގައި ހިނގާ ކަންކަމާ ގުޅޭގޮތުން ކަމަށް ވާއިރު، އެ މަޖިލީހުން ބޭރުގައި ދިމާވި ކަމަކާ ގުޅިގެން އަދަބު ދިނުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށެވެ.
އެ މައްސަލާގައި ކޯޓުން ހާމަކުރަން އެންގީ ދައުލަތުގެ ހެކިވެރިންގެ ހައްޔަރު ރެކޯޑެވެ. އެ މައުލޫމާތު ހާމަކުރަން ޖެހޭނެ ކަމަށް ނިންމި ނިންމުމަށް ހައި ކޯޓާއި ސުޕްރީމް ކޯޓުން ތާއީދު ކޮށްފައި އޮތަސް، ދައުލަތުން އެގޮތަށް އަމަލެއް ނުކުރެ އެވެ.
ޕީޖީން ކޯޓު ހުރުމަތް ކެނޑި މައްސަލަ ހައިކޯޓުން ބަލަނީ
ކޯޓުގެ ހުރުމަތް ކެނޑުމުން ޕީޖީ އޮފީސް ޖޫރިމަނާކޮށްފި
ޒަޔާންގެ މަރުގެ މައްސަލާގައި ހަތް މީހަކަށް ދައުވާކޮށްފި
ކުށްކުރަން ކުޑަކުދިން ބޭނުންކުރާތީ ދައުވާކުރަން ފަށައިފި
ޒަޔާންގެ މަރު: ހަތަރު ކުޑަކުއްޖަކަށް ދައުވާކޮށްފި
ކުރީގެ ޕީޖީ ޝަމީމަށް ހަމަލާދިން މީހުންނަށް ދައުވާކޮށްފި
"ހައްދު ޖަހަނީ ކޯޓުން ނޫން ކަމަށް ބުނެވުނީ އޮޅިގެން"
ވިކްޓިމް ސަޕޯޓަށް ޕީޖީ އޮފީހުން ހާއްސަ ނިއުސް ލެޓާއެއް
ފޭދޫގެ ސްޕާއަކުން ފަސް މީހުން ހައްޔަރުކޮށްފި
ޕީޖީއަށް ދިން ހަމަލާ އައިއޭޕީ އިން ކުށްވެރިކޮށްފި