17 މެއި 2023
ޖިނާއީ އަދުލުގެ ނިޒާމަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ކޮރަޕްޝަން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.
ޖިނާއީ އަދުލުގެ ނިޒާމަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ކޮރަޕްޝަން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.
ޖިނާއީ އަދުލުގެ ނިޒާމާ ބެހޭ މަތީ ފެންވަރުގެ ކޮންފަރެންސް ފެށުމަށްޓަކައި މާލޭގައި ބޭއްވި ޖަލްސާގައި ޝަމީމް ވިދާޅުވީ، ޖިނާއީ އަދުލުގެ ނިޒާމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ފުޅާ މާނައިގައި ހިމެނޭ ކޮރަޕްޝަން ކަމަށެވެ. އެކަމަށް ހައްލު ހޯދޭނީ މައުލޫމާތު ހާމަކުރާ ވަރު އިތުރުކޮށް، ދެފުށް ފެންނަ ގޮތަކަށް ކަންކަން ކުރުމުން ކަމަށް ޝަރުއީ ދާއިރާއާ ގާނޫނީ ދާއިރާގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެން އެ ޖަލްސާގައި ޝަމީމް ވިދާޅުވި އެވެ.
"ކޮރަޕްޝަން ނައްތާލަން ކުރާ މަސައްކަތުގައި ބޭނުންކުރާ އެންމެ މުހިންމު ހަތިޔާރަކީ ހާމަކަމާ އެކު މައުލޫމާތު ހާމަކުރުން،" ޕީޖީ ވިދާޅުވި އެވެ.
ނައިބު ރައީސާއި ޕީޖީ މިއަދުގެ ރަސްމިއްޔާތުގައި --- ފޮޓޯ/ޕީޖީ އޮފީސް
ޝަމީމް ވިދާޅުވި ގޮތުގައި ރާއްޖެއަކީ ޓޫރިޒަމަށް ބަރޯސާވާ ގައުމަކަށް ވާތީ ހަމަޖެހުމާއި އަމާންކަން އޮތުމަކީ ރާއްޖެއަށް ވަރަށް މުހިންމު ކަމެކެވެ. އެކަމަށްޓަކައި ގިނަ މަސައްކަތްތަކެއް މުއައްސަސާތަކުން ކުރިޔަސް، އޭގެ ގިނަ މައުލޫމާތުތައް އާންމުންނަށް މިހާތަނަށް ނުލިބޭ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ކުރާ މަސައްކަތް މީހުން ބަލައިގަންނާނީ ކުރާ މަސައްކަތާއި އޭގެ ނަތީޖާ ފެންނަން އޮވެގެން،" ޝަމީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ތަހުގީގީ އިދާރާތަކުގައި މައުލޫމާތު ބަދަލުކުރަން ގާނޫނު ލާޒިމް ކޮށްފައިވާއިރު، ކުރިން އެކަމަށް ވަގުތުތަކެއް ހިނގާ ކަމަށެވެ. މައުލޫމާތާއި ވަސީލަތްތައް ބަދަލު ނުކުރެވުމުގެ ކަންބޮޑުވުން އޮތަސް، މިއަދު ލޯންޗްކުރި ޑޭޓާ ބޭސްއާ އެކު ވަގުތުން މައުލޫމާތު ހިއްސާ ކުރެވޭނެ ކަމަށް ޕީޖީ ވިދާޅުވި އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ތައާރަފުކުރި ޑާޓާ ބޭސްގެ ދަށުން ޖިނާއީ އަދުލުގެ ނިޒާމާ ބެހޭ މުހިންމު މައުލޫމާތުތައް އާންމުންނަށް ވެސް ބަލައިލެވޭނެ އެވެ.
ވެންޓިލޭޓަރު މައްސަލައަށް މި ހަފުތާގައި ގޮތެއް ނިންމަނީ
މަގުމަތިން ގާނޫނު ތަންފީޒެއް ނުކުރެވޭނެ: ޕީޖީ ޝަމީމް
ދައުވާތަކާއި ބަންދުގެ މައްސަލަ ރިވިއުކުރަން ހުޅުވާލައިފި
ހެލްތު މިނިސްޓްރީގެ ކުރީގެ އިސްވެރިންތަކަކަށް ދައުވާ
"ހައްދު ޖަހަނީ ކޯޓުން ނޫން ކަމަށް ބުނެވުނީ އޮޅިގެން"
ވިކްޓިމް ސަޕޯޓަށް ޕީޖީ އޮފީހުން ހާއްސަ ނިއުސް ލެޓާއެއް
"ބިމުގައި ހުރެ،ހަނދުގައި އަތްލާން އުޅުންފަދަ ކަމެއް"
މަންޑޭގެ ގެ އޮތީ އަގު ބޮޑު މުދަލުން ޖަރީކޮށްފައި!
ކޯޓުގެ ހުރުމަތް ކެނޑުމުން ޕީޖީ އޮފީސް ޖޫރިމަނާކޮށްފި
ޖިނާއީ އަދުލުގައި އޯގާތެރިކަން ލިބެނީ ވަކި ބަޔަކަށްތަ؟