Roadha Mihaaru
"ބިމުގައި ހުރެ،ހަނދުގައި އަތްލާން އުޅުންފަދަ ކަމެއް"

ޖާގަ ނުދީ ޝަރީއަތް އަވަސްވާނެ ކަމަށް އުއްމީދު ކުރުމަކީ ބިމުގައި ހުރެ، ހަނދުގައި އަތްލާން އުޅުން ފަދަ ކަމެއް: ސުޕްރީމް ކޯޓް

21 މާޗް 2024

ކޯޓުތަކަށް ވަސީލަތްތައް ނުލިބޭ ހިނދަކު، ޝަރީއަތް ނިމެންދެން ބަންދުގައި ތިބޭ މީހުންގެ މައްސަލަ އަވަސްވާނެ ކަމަށް އުއްމީދު ކުރުމަކީ ބިމުގައި ހުރެގެން ހަނދުގައި އަތްލާން އުޅުން ފަދަ ކަމެއް ކަމަށް ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމެއްގައި ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކޯޓުތަކަށް ވަސީލަތްތައް ނުލިބޭ ހިނދަކު، ޝަރީއަތް ނިމެންދެން ބަންދުގައި ތިބޭ މީހުންގެ މައްސަލަ އަވަސްވާނެ ކަމަށް އުއްމީދު ކުރުމަކީ ބިމުގައި ހުރެގެން ހަނދުގައި އަތްލާން އުޅުން ފަދަ ކަމެއް ކަމަށް ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމެއްގައި ބުނެފި އެވެ.

ސުޕްރީމް ކޯޓުން އެގޮތަށް ނިންމީ ރާއްޖެ އެތެރެކުރި 72 ކިލޯ ޑްރަގް މައްސަލާގައި ތުހުމަތުވާ މީހަކު ޝަރީއަތް ނިމެންދެން ބަންދު ކުރުމަށްފަހު ކްރިމިނަލް ކޯޓުން ބަންދުން ދޫކޮށްލި މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން އެ ކޯޓުން މިއަދު ކުރި ހުކުމުގަ އެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގައިވަނީ ޝަރީއަތް ނިމެންދެން ގިނަ ދުވަސްތަކެއް ވަންދެން ބަންދުގައި ތިބެންޖެހޭ މައްސަލަ ހައްލު ކުރެވޭނީ ކޯޓުތަކަށް އެކަށީގެންވާ ވަސީލަތްތަކާއި ޖާގަ ދައުލަތުން ފޯރުކޮށްދީގެން ކަމަށެވެ. އަދި އެކަންކަން ހަމަޖައްސައި ނުދީ، ބަންދުގައި ތިބޭ މީހުންގެ މައްސަލަ އަވަސްވާނެ ކަމަށް އުއްމީދު ކުރުމަކީ ކަނޑުގައި ރޮނގެއް އެޅުން ނުވަތަ ބިމުގައި ހުރެގެން ހަނދުގައި އަތްލާން އުޅުން ފަދަ ކަމެއް ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވެ އެވެ.

"ވަސީލަތްތައް ދައުލަތުގެ އިދާރާތަކުން ޝަރުއީ ދާއިރާއަށް ހޯދައި ނުދީ، ޝަރީއަތްތައް އަވަސްކުރަން ނުވަތަ ބަންދުގައި ތިބޭ މީހުންގެ އަދަދު މަދުކުރަން އުއްމީދު ކުރާ ކުރުމަކީ ކަނޑުގެ ލޮނުގަނޑުގައި އިނގިލިން ރޮނގު އެޅުން ނުވަތަ ބިންމަތީގައި ހުރެގެން ހަނދުވަރު ދޭ ރެއެއްގައި ހަނދުގައި އަތްލާން އުޅުން ފަދަ ކަމެކެވެ،" ފަނޑިޔާރު ހުސްނުއްސުއޫދު ލިޔުއްވައި، ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވެ އެވެ.

ހުކުމުގައިވާ ގޮތުން މައްސަލަތައް ނުނިމި ލަސްވުމަކީ ނުވަތަ ސިއްހީ ސަބަބެއް މެދުވެރިވުމަކީ ބަންދުގައި ތިބެންޖެހޭ މީހުން ބަންދުން ދޫކުރެވޭނެ ސަބަބެއް ނޫނެވެ. އަދި އެކަމަށް އޮތް ހައްލަކީ އަވަހަށް ޝަރީއަތްތައް ކުރިއަށް ގެންގޮސް، މައްސަލަ ނިންމުން ކަމަށް އެ ހުކުމުގައިވެ އެވެ. އެހެންވެ، ޝަރީއަތް ނިމެންދެން ބަންދުގައި ތިބޭ މީހުންގެ ބަންދު ކޮންމެ މަހަކު އެއްފަހަރު ރިވިއު ކުރުމާ ބެހޭގޮތުން ހަރުކަށި އުސޫލުތަކެއް އެ ހުކުމުގައި ކަނޑައަޅާފައިވެ އެވެ.

ފަނޑިޔާރު ހުސްނުއްސުއޫދުގެ އިތުރުން ސުޕްރީމް ކޯޓުން އެ މައްސަލަ ބެއްލެވި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.