04 މާޗް 2018
ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ދެއްކެވި ވާހަކަތަކަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިނާއި ވަކީލް ހުސައިން ޝަމީމް މިއަދު ސުޕްރީމް ކޯޓަށް ހާޒިރުކޮށް ބަޔާން ނަގައިފި އެވެ.
ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ދެއްކެވި ވާހަކަތަކަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިނާއި ވަކީލް ހުސައިން ޝަމީމް މިއަދު ސުޕްރީމް ކޯޓަށް ހާޒިރުކޮށް ބަޔާން ނަގައިފި އެވެ.
އަލީ ހުސައިނާއި ޝަމީމް ސުޕްރީމް ކޯޓަށް ހާޒިރުކުރީ މިދިޔަ ހަފުތާގައި ރާއްޖެ ޓީވީން ގެނެސްދިން ޕްރޮގްރާމެއްގައި ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ. ސުޕްރީމް ކޯޓަށް ހާޒިރުވެ ވަޑައިގަތުމަށް ފަހު ކޯޓުން ނުކުމެވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އަލީ ހުސައިން ވިދާޅުވީ އެ ބޭފުޅުން ހާޒިރުކުރީ ސުޕްރީމް ކޯޓާއި ޝަރުއީ ނިޒާމުގެ އަގު ވެއްޓޭ ފަދަ ވާހަކަތަކެއް އެ ޕްރޮގްރާމްގައި ދެއްކެވި ކަމަށް ބުނާ މައްސަލައެއްގައި ކަމަށެވެ.
އެގޮތުން، އިދިކޮޅު ސިޔާސީ ލީޑަރުންތަކެއް ދޫކޮށްލަން މިދިޔަ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު، އެ ކޯޓުން ނެރުނު އަމުރުތަކާ މެދު ސުވާލު އުފައްދައި ވާހަކަ ދެއްކި ކަމަށް ބުނެ އެކަމާ ގުޅިގެން ސުވާލުކުރި ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ. ކޯޓުން ކުރި ސުވާލުތަކަށް ޖަވާބު ދިނުމުން އެ ބޭފުޅުންގެ ބަޔާން ނެގި ކަމަށް އޭނާ ވިދާޅުވި އެވެ.
ވަކީލު އަލީ ހުސެއިނާއި ޝަމީމް މިއަދު ސުޕްރީމް ކޯޓަށް ހާޒިރުވެވަޑައިގަތުމަށް ފަހު، އެހެން ބައެއް ވަކީލުންނާއެކު އެ ކޯޓުން ނުކުމެވެޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
"އެ ބޭފުޅުން ވިދާޅުވި އެއްގޮތަކަށް ވެސް ޖިނާއީ ތަހުގީގެއް ހިންގަނީކީ ނޫނޭ. އަޅުގަނޑު ދެންނެވިން އެގޮތަށް ތަހުގީގު ހިނގާ ކަމަށްވާނަމަ އަޅުގަނޑު ބޭނުންވަނީ ވަކީލެއްގެ އެހީތެރިކަމާ އެކީގައޭ ސުވާލުތަކަށް ޖަވާބު ދެއްވަން. އިތުރު ތަހުގީގެއް އަދި އިތުރު ދުވަހަކަށް އަޅުގަނޑުމެންނަށް ޗިޓެއް ވެސް ނުދެއްވާ،" އަލީ ހުސައިން ވިދާޅުވި އެވެ.
ޝަމީމް ވިދާޅުވީ އޭނާ އެ ޕްރޮގްރާމްގައި ދެއްކެވި ވާހަކަތަކުގެ މަގްސަދަކީ އެއްގޮތަކަށް ވެސް ސުޕްރީމް ކޯޓުގެ ހުކުމަކާ މެދު ސުވާލު އުފެއްދުން ނޫން ކަމަށާއި އެ ކޯޓުގެ ނިންމުންތަކަށް އަބަދުވެސް ހުރިހާ ފަރާތްތަކުން ތަބާވާން ޖެހޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އޭނާ ދެއްކެވި ވާހަކަތަކުން ނުބައި މާނައެއް ނެގޭ ނަމަ، އެއީ އޭނާގެ ކިބައިގައި ހުރި ނާގާބިލް ކަމެއް ކަމަށް ޝަމީމް ވިދާޅުވި އެވެ.
ވަކީލު ޝަމީމް (ކ) އަދި އަލީ ހުސައިން މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: އެ ބޭފުޅުން ހާޒިރުކުރީ ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ދެއްކެވި ވާހަކަތަކަކާ ގުޅިގެން.---ފޮޓޯ: ނިޝާން އަލީ/މިހާރު
"ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި ކޮންމެ ބަޔަކު ތިއްބަސް، އެއީ ކޮންމެހެން އަބްދުﷲ ސައީދު ހުންނަވާތީއެއް ޑރ. އަހުމަދު (ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ) ހުންނަވާތީއެއް ނޫން. ސުޕްރީމް ކޯޓު ސުޕްރީމް ކޯޓަށް ވީތީ އަޅުގަނޑުމެން ގާނޫނީ ވަކީލުންނަށް ވީތީ އަޅުގަނޑުމެން ޖެހޭނެ އެއާ އެއްގޮތަށް އަމަލު ކުރަން. އެ ވާހަކަ އަޅުގަނޑުމެން މިދަންނަވަނީ،" ޝަމީމް ވިދާޅުވި އެވެ.
އަލީ ހުސައިނާއި ޝަމީމް މިއަދު ހާޒިރުކޮށް ބަޔާން ނެގިއިރު، ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ޝަމީމް މިވަގުތު ހުންނެވީ ސަސްޕެންޝަންގަ އެވެ.
"އަބަދުވެސް ބޭނުންވީ އެންމެންނަށް އިންސާފު ލިބެން"
ޖުޑިޝަރީ އިސްލާހު ކުރުން: ރައީސަށް ބޮޑު ގޮންޖެހުމެއް
އަލީ ހުސައިން ފަސް މަހަށް ސަސްޕެންޑް ކޮށްފި
އަމުރަށް ފާޑުކިޔުމުން އަލީ ހުސައިންގެ ބަޔާން ނަގައިފި
ޝަމީމްގެ މައްސަލައެއް ސުޕްރީމް ކޯޓުން ބަލަނީ
އަލީ ހުސެއިން ވަކީލު ކަމުން ސަސްޕެންޑް ކޮށްފި
ޝަމީމް ވެސް ސުޕްރީމް ކޯޓަށް ހާޒިރުވާން އަންގައިފި
"ކޯޓުތައް ބެލެވެނީ ވެރިކަން ދަމަހައްޓާ ބައެއް ގޮތަށް"
ހުކުމް ފަސްކުރުމަކީ ގާނޫނު ދަންނަ ކަމެއް ނޫން: ޕީޖީ
ދައުލަތުން އެދެނީ ބަދަލު ނަގައިދޭވަރު ލިމިޓްކުރަން