19 ޑިސެމްބަރ 2018
ރަހިމަށް ދިމާވެފައިވާ މައްސަލައަކާ ހެދި ދަރިން ނުލިބޭނެ ކަމަށް ޑޮކްޓަރުން ވިދާޅުވެފައިވާ އެމެރިކާގެ އަންހެނަކަށް ބައިވަރު ދަރިން ލިބި، ޑޮކްޓަރުން ހައިރާންވެއްޖެ އެވެ.
ރަހިމަށް ދިމާވެފައިވާ މައްސަލައަކާ ހެދި ދަރިން ނުލިބޭނެ ކަމަށް ޑޮކްޓަރުން ވިދާޅުވެފައިވާ އެމެރިކާގެ އަންހެނަކަށް ބައިވަރު ދަރިން ލިބި، ޑޮކްޓަރުން ހައިރާންވެއްޖެ އެވެ.
އެމެރިކާގައި ޑަލަސްގައި ދިރިއުޅޭ ނާދިއާ، 29، އާއި ރޮބީ ޝާވިން، 32، ކައިވެނި ކުރީ 2012 ގަ އެވެ. އޭގެ ފަހުން ދެ މީހުން ގެންދިޔައީ ދަރިއަކު ލިބޭތޯ މަސައްކަތް ކުރަމުންނެވެ. އެކަމަކު އެކަން ކާމިޔާބުވާ ގޮތް ނުވެގެން ޑޮކްޓަރަށް ދައްކައި ހެދި ޓެސްޓްތަކުން އެނގުނީ ނާދިއާ ޕޮލިސިސްޓިކް އޮވޭރިއަން ސިންޑްރޯމް (ޕީސީއޯއެސް) ގެ ޝިކާރައަކަށްވެ، އޭނާގެ އޯވަރީގައި 37 ސިސްޓް އިން ކަމަށެވެ. އެހެންވެ ޑޮކްޓަރުން ވަނީ ނާދިއާ އަށް ދަރިއަކު ލިބޭނެ ކަމުގެ އުންމީދު ކަނޑާލައިފަ އެވެ.
ނަމަވެސް ޕާޓްޓައިމްކޮށް އޮންލައިން ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރާ ނާދިއާއަކީ މިހާރު ފަސް ކުދިންގެ މައެކެވެ.
ނާދިއާ އާއި ރޮބީ އެ މީހުންގެ ފަސް ކުދިންނާ އެކު.
ފުރަތަމަ ފަހަރު ވެސް ބަލިވެ އިނދެ ލިބުނީ އެއްމާބަނޑު ދެ އަންހެން ކުދިންނެވެ. އެއީ މިހާރު އުމުރުން ތިން އަހަރުގެ އަމާރީ އާއި ކިއޯނާ އެވެ. އެ ދެ ކުދިން ލިބުނުތާ ދޮޅު އަހަރު ފަހުން އަނެއްކާ ވެސް ނާދިއާ އާއި ރޮބީ އަލުން ބަލިވެ އިނދޭތޯ މަސައްކަތް ކުރި އެވެ.
އެގޮތުން ކުރިން ވެސް ފަރުވާއަކަށް ނެގި އިންޖެކްޓަބަލް ހޯމޯން، ޖޯނަލް-އެފްގެ އެހީއާ އަލުން އަނެއްކާ ވެސް މަހެއްހާ ދުވަހުގެ ތެރޭގައި ނާދިއާ ބަލިވެއިންކަން އެނގުނެވެ. މި ފަހަރު ލިބުނީ ވެސް އެންމެ ދަރިއެއް ނޫނެވެ. މިދިޔަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ނާދިއާ ވިހެއީ ތިން ފިރިހެން ކުދިންނެވެ. އެއީ މިލާ، ކޮލޭޓް އަދި ނޯއާ އެވެ.
ނާދިއާ ކިޔައި ދިން ގޮތުގައި ދަރިން ލިބޭނެ ކަމުގެ އުންމީދު ކަނޑާލައިފައި ވަނިކޮށް ފަރުވާ އިން އިޖާބަ ލިބި އޭނާ ބަލިވެ އިނުމަކީ ޑޮކްޓަރުން ވެސް ހައިރާންކޮށްލި ކަމެކެވެ. އަދި ޗެކްއަޕް ހަދާ ކޮންމެ ފަހަރެއްގައި ވެސް ޑޮކްޓަރުން ހައިރާންކޮށްލާ ވަރަށް އޭނާގެ ބަލިވެ އިނުމުގެ ހާލަތު ރަނގަޅު ކަމަށް ބުންޏެވެ.
ނާދިއާ އާއި ރޮބީ އެ މީހުންގެ ފަސް ކުދިންނާ އެކު.
"މިއީ ހަގީގަތުގައި ވެސް ވަރަށް ބޮޑު އުފަލެއް. ދަރިން ނުލިބޭނެ ކަމަށް ޑޮކްޓަރު ފުރަތަމަ ވިދާޅުވި ދުވަހަކީ ހިތް ހަލާކުވެ، މުޅިން މާޔޫސްކޮށްލި ދުވަހެއް،" ނާދިއާ ބުންޏެވެ. "އޭރު ފިރިމީހާއާ ދޭތެރޭ ވެސް ހަމްދަރުދީވެ، ވަރަށް ހިތްދަތިވޭ."
އޭނާ ބުނި ގޮތުގައި ބަލިވެ އިން ދެ ފަހަރު ވެސް މާ ބޮޑެތި މައްސަލަތަކެއް ކުރިމައްޗެއް ނުވެ އެވެ. އެހެންވެ ރަހިމަށް ދިމާވެފައިވާ ސިއްހީ ބޮޑު މައްސަލައަކާ އެކު ވެސް ރައްކާތެރިކޮށް ސިއްހަތު ރަނގަޅު ދަރިންތަކެއް ވިހެއުމަކީ އަޖައިބެއްގެ ގޮތުގައި ނާދިއާ ސިފަކުރި އެވެ.
"އަހަންނަށް ކޮންމެ ފަހަރަކު އިތުބާރު އޮވޭ އެއްވެސް މައްސަލައެއް ނެތި ވިހޭނެކަން،" އޭނާ ބުންޏެވެ. "ހަގީގަތުގައި މި ވަރުގެ އުފަލެއް މި ލިބުނީ އަމިއްލަ އަށް ވި ގުރުބާނީ އާއި ޑޮކްޓަރުން ދިން އިރުޝާދުތަކާއި ލަފާގެ މަތިން އަހަރެމެން ކަންކަން ކުރީމަ."
ނާދިއާ އާއި ރޮބީ އެ މީހުންގެ ފަސް ކުދިންނާ އެކު.
އެހެންވެ ދަރިން ނުލިބިގެން މަސައްކަތް ކުރާ ދެމަފިރިންނަށް ނާދިއާގެ ދެމަފިރިން ދޭން އޮތް ނަސޭހަތަކީ އަމިއްލަ ނަފުސަށް އުންމީދު ކަނޑާނުލައި، ހިތްވަރާ އެކު މަސައްކަތް ކުރުމެވެ.
"އަދިވެސް ދަރިން ހޯދުމުގެ އުންމީދުގައި މިތިބީ،" ނާދިއާ ބުންޏެވެ.
އަލަތު ދަރިފުޅުގެ ހުވަފެނުގައި ކެންސަރުގެ މޫގަނޑެއް!
27 އަހަރު ކުރީގެ އެމްބްރިއޯއަކުން ދަރިއެއް
މަސައްކަތުގެ ހާސްކަމަކީ ދަރިން ހޯދަން ހުރަހަކަށް ވެދާނެ
ދަރިފަނީގެ ބާރު ދަށްވާ އާންމު ސަބަބެއް ހޯދިއްޖެ
ޖަންކް ފުޑަކީ ދަރިމައިވުމަށް ހުރަސްއަޅާ ކަމެއް
ދަރިމައިނުވުމުގެ މައްސަލަ ޕެރެސެޓަމޯލުން ކުރިމަތިވޭ
ދަރިމައިވުމުގެ ގާބިލްކަން އިތުރުކޮށްދޭ ބޭހެއް
ފިރިހެނުންނަށް ދަރިން ނުލިބުމުގެ މައްސަލަ ބޮޑުވަނީ
މަންމައަށް ވުރެ ދަރިފުޅު "ހަގީ" އެންމެ އަހަރެއް!
ދެމަފިރިން ވެސް ފަލަ ނަމަ ބަލިވެ އިނުން ލަސްވޭ