04 މެއި 2018
މާބަނޑު ދުވަސްވަރު، ޕެރަސަޓަމޯލް ފަދަ ބޭސްތައް ކެއުމުން، އެ މީހެއްގެ މާމަ ދަރިންނަކީ ދަރިމައިވުމުގައި މައްސަލަ ހުންނަ ކުދިންނަށް ވުމުގެ ނުރައްކާ ބޮޑުވާ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.
މާބަނޑު ދުވަސްވަރު، ޕެރަސަޓަމޯލް ފަދަ ބޭސްތައް ކެއުމުން، އެ މީހެއްގެ މާމަ ދަރިންނަކީ ދަރިމައިވުމުގައި މައްސަލަ ހުންނަ ކުދިންނަށް ވުމުގެ ނުރައްކާ ބޮޑުވާ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.
ޕެރަސެޓަމޯލަކީ ޑީއެންއޭ އަށް ގުޑުން އަރުވައިލާ، އޭގެ ސަބަބުން ފިރިހެނުންގެ ދަރިފަންޏާއި އަންހެނުންގެ ބިހުގެ ނިސްބަތް ވެސް ދަށްކޮށްލާ އެއްޗެއް ކަމަށް ދިރާސާގައި ފާހަގަކޮށްފައިވެ އެވެ.
ދިރާސާގައި ބުނެފައިވާ ގޮތުގައި އޯވަރީ އަށް ޕެރަސެޓަމޯލްގެ އަސަރު ކުރަމުންދާ ނަމަ ބިސް އުފެދުން 40 ޕަސެންޓް ދަށްވެ އެވެ. އަދި ފިރިހެނުންގެ ދަރިފަނި 17 ޕަސެންޓަށް މަދުވެ އެވެ. މީގެ ކުރިން ކޮށްފައިވާ މިފަދަ ދިރާސާއަކުން ދައްކާފައި ވަނީ ޕެރަސެޓަމޯލް ފަދަ ބޭސް ބޭނުންކުރުމުން، ލިބޭ އަންހެން ދަރިންގެ ކިބައިގައި ދަރިމައިވުމުގެ ގާބިލްކަން ކުޑަވާ ކަމަށެވެ.
ލިބޭ ދަރިންގެ ކިބައިގައި، ދަރިމައިވުމުގެ ބާރު ކުޑަ ނަމަ އެ ދަރިންނަށް ލިބޭ ދަރިންނަށް މި މައްސަލަ އެއަށް ވުރެ ވެސް ބޮޑަށް ކުރިމަތިވުމުގެ ފުރުސަތު އޮންނާނެކަން ދިރާސާގައި ވަނީ ފާހަގަކޮށްފަ އެވެ.
"އަހަރެމެންގެ ނަސޭހަތަކީ ޕެއިންކިލާޒްތައް މާބަނޑު ދުވަސްވަރު ބޭނުން ކުރުމުގައި އަންހެނުން ދެވަނަ ވިސްނުމަށް ދާށޭ،" ދިރާސާ ޓީމްގައި އިސްކޮށް ހުންނެވި ސްކޮލެންޑްގެ އެޑިންބާގް ޔުނިވަސިޓީގެ ޑރ. ރޮޑް މިޝެލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގަި މާބަނޑު އިރު ބޭހެއް ކާ ނަމަ، އެކަން ކުރަން ވާނީ ޑޮކްޓަރެއްގެ ލަފާގެ މަތިންނެވެ. އަދި ބޭހެއް ބޭނުންކުރަން މަޖުބޫރުވާ ހާލަތެއްގައި ވެސް ބޭނުންކުރަންވާނީ ވީހާ ވެސް މަދު މިންވަރަކަށް ކަމަށް ވެސް ވިދާޅުވި އެވެ.
މި ސަރަހައްދުން ބޭސް އެތެރެކުރާތީ ނަޒީރުގެ ކަންބޮޑުވުން
އަލަތު ދަރިފުޅުގެ ހުވަފެނުގައި ކެންސަރުގެ މޫގަނޑެއް!
27 އަހަރު ކުރީގެ އެމްބްރިއޯއަކުން ދަރިއެއް
ދޭތެރެ ދުރުކުރަން މަހަކު އެއްފަހަރު ކާ ބޭހެއް
ދޭތެރެ ދުކުރުކުރަން ފިރިހެނުންނަށް އިންޖެކްޝަނެއް
ދަރިން ނުލިބޭނޭ ބުންޏަސް މިހާރު 5 ކުދިންގެ މައެއް
އަލަތު ދަރިފުޅު އޭޑީކޭގައި މަރުވި މައްސަލަ ބަލަނީ
މަސައްކަތުގެ ހާސްކަމަކީ ދަރިން ހޯދަން ހުރަހަކަށް ވެދާނެ
ދަރިފަނީގެ ބާރު ދަށްވާ އާންމު ސަބަބެއް ހޯދިއްޖެ
ޖަންކް ފުޑަކީ ދަރިމައިވުމަށް ހުރަސްއަޅާ ކަމެއް