Roadha Mihaaru
މަސައްކަތުގެ ހާސްކަމަކީ ދަރިން ހޯދަން ހުރަހަކަށް ވެދާނެ

މަސައްކަތުގެ ހާސްކަމަކީ ދަރިން ލިބުމަށް ހުރަހަކަށް ވެދާނެ

06 އޮކްޓޯބަރ 2018

ބައެއް މީހުންނަކީ ޒާތީ ދިރިއުޅުމާއި ޕްރޮފެޝަނަލް ދިރިއުޅުން ބެލެންސްކުރަން ތަންކޮޅެއް ދަތި މީހުންނެވެ. މީގެ ނަތީޖާއަކީ ގިނަ ފަހަރަށް މަސައްކަތް މާ ބުރަވެ، ދިރިއުޅުމަށް ނޭދެވޭ އަސަރުތައް ކުރުމެވެ. ތަޖުރިބާކާރުން ބުނަނީ މިއީ އަންހެނުން އިތުރަށް ސަމާލުވާންޖެހޭ މައްސަލައެއް ކަމަށެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބައެއް މީހުންނަކީ ޒާތީ ދިރިއުޅުމާއި ޕްރޮފެޝަނަލް ދިރިއުޅުން ބެލެންސްކުރަން ތަންކޮޅެއް ދަތި މީހުންނެވެ. މީގެ ނަތީޖާއަކީ ގިނަ ފަހަރަށް މަސައްކަތް މާ ބުރަވެ، ދިރިއުޅުމަށް ނޭދެވޭ އަސަރުތައް ކުރުމެވެ. ތަޖުރިބާކާރުން ބުނަނީ މިއީ އަންހެނުން އިތުރަށް ސަމާލުވާންޖެހޭ މައްސަލައެއް ކަމަށެވެ.

ބޮސްޓަން ޔުނިވަސިޓީން ހެދި ދިރާސާއެއްގައި ބުނި ގޮތުގައި އަންހެނުން މަސައްކަތުގެ ހާސްކަމާއި ނުތަނަވަސްކަމުގެ ތެރެއަށް ދިއުމުން، ދަރިމައިވުމުގެ ގާބިލްކަން 25 ޕަސަންޓަށް ދަށްވާ ކަމަށެވެ.

ބުރަކޮށް އުޅެން ޖެހި އަމިއްލަ ދިރިއުޅުމުގެ ކަންކަމަށް ވަގުތު ހޯދަން ދަތިވާ އަންހެނަކު ދަރިން ހޯދަން ވިސްނާ ނަމަ ކައުންސެލިން ހޯދުން ވެސް މުހިއްމު ކަމަށް ދިރާސާގައި ބުންޏެވެ.

"އެހެންވެ އެބަޖެހޭ އަމިއްލަ ދިރިއުޅުމާއި ރަސްމީ ވަޒީފާގެ ކަންކަން ބެލެންސް ކުރާނެ ގޮތް އަންހެނުންނަށް ދަސްކޮށް ދީ ކިޔައިދޭން. މިކަމަށް ކައުންސެލިން ދިނުމަކީ ކުރެވިދާނެ ކަމެއް،" ދިރާސާގައި ބައިވެރިވި އެމެލިއާ ވެޒިލިންކް ވިދާޅުވި އެވެ.

ދިރާސާގައި ފާހަގަކުރި ގޮތުގައި މަސައްކަތާ ހެދި ހާސްކަމާއި ނުތަވަނަސްކަން ފިރިހެނުންނަށް ވުރެ ބޮޑަށް ކުރިމަތި ވަނީ ވެސް އަންހެނުންނަށެވެ.