29 ޖެނުއަރީ 2018
ފިރިހެނުންނަށް ދަރިން ލިބުމުގެ ގާބިލްކަން އާދަޔާޚިލާފަށް ދަށްވަމުންދާ ކަމަށް ސައިންސްވެރިން ބުނެފި އެވެ.
ފިރިހެނުންނަށް ދަރިން ލިބުމުގެ ގާބިލްކަން އާދަޔާޚިލާފަށް ދަށްވަމުންދާ ކަމަށް ސައިންސްވެރިން ބުނެފި އެވެ.
މިކަމާ ގުޅޭ ގޮތުން ހެދި ސިލްސިލާ ދިރާސާތަކަކުން ހާމަވެފައިވާ ގޮތުގައި މިދިޔަ 30 ނުވަތަ 40 ވަރަކަށް އަހަރުން ފެށިގެން ފިރިހެނުންގެ ސްޕާމް ކައުންޓް އަންނަނީ ވަރަށް ބޮޑަށް ދަށްވަމުންނެވެ. އެހެންކަމުން މި ދިރާސާގައި މަސައްކަތްކުރައްވާ ސައިންސްވެރިއަކު ލަފާކުރަނީ ކުރިޔަށް އޮތް 50 އަހަރު ތެރޭގައި އިންސާނީ ނަސްލު ދަރިން ނުލިބޭ ބަޔަކަށް ބަދަލުވެދާނެ ކަމަށެވެ.
"ދަ ޓެލެގްރާފް" ގައިވާ މި ރިޕޯޓަށް މައުލޫމާތު ދެމުން ހާލީ ސްޓްރީޓްސް ނިއު މެޑިސިން ގްރޫޕްގެ ފައުންޑާ ސްޓެފަން ޗެމްލިކް ވިދާޅުވީ ފިރިހެނުންނަށް ދަރިން ނުލިބޭތީ ދޭ ސިއްހީ ފަރުވާއަށް މާ ބޮޑު ކުރިއެރުންތަކެއް ލިބިފައި ނެތުމާއި ސްޕާމް ކައުންޓް ދަށްވަމުން އަންނަ ނިސްބަތަށް ބަލާއިރު ކުރިޔަށް އޮތް 50 އަހަރު ތެރޭގައި މުޅި ނަސްލަކީ ދަރިން ލިބުމުގެ ގާބިލްކަން ނެތް ބަޔަކަށް ވެދާނެ ކަމަށެވެ.
Spermageddon: Why the human race could be infertile in 50 yearshttps://t.co/qo0A4aD8qE
— The Telegraph (@Telegraph) January 27, 2018
'ދަ ޓެލެގްރާފް'ގެ ޓުވީޓް
ޗެމްލިކް ވިދާޅުވަނީ މިކަން މިހެން ދިމާވާ އެންމެ މައިގަނޑު ސަބަބަކީ ޒަމާނީ ލައިފްސްޓައިލް ހުންނަ ގޮތުން ކަމަށެވެ.
"އެއްވެސް ޖީލެއްގެ މީހުންނެއް، ތަރައްގީ ވެފައިވާ ގައުމުތަކުގައި މިހާރު މިއުޅޭ މީހުން މި އުޅޭހާ ސްޓްރެސް ދިރިއުޅުމެއް އުޅެފައެއް ނެތް. އަހަރެމެން މިހާރު ސްޓްރެސް ވަނީކީ ބޯހިޔާވަހިކަމެއް ނެތިގެންނެއް ނޫން. ޑެޑްލައިންތަކަށް މަސައްކަތް ނިންމުމާއި ކުރަން ޖެހޭ ކަންތައްތައް ގިނަވެގެން ގޮސް. ނަތީޖާއަކަށް ވަނީ އިންސާނާގެ ސިކުނޑިއަށް ނަފްސާނީ އަދި ޖިސްމާނީ ސްޓްރެސް ވަކިކުރަން ނޭނގުން. އެހެންވެ ސިކުނޑި ހަރަކާތްކުރަނީ އެންމެ ކަމަކަށް. އެއީ އެޑްރިނަލިން ރިލީޒްކުރަން. މިއީ ސްޕާމް އުފެއްދުމަށް ނޭދެވޭ އަސަރު ފޯރާނެ ކަމެއް،" އޭނާ ވިދާޅުވި އެވެ.
މިޒަމާނުގައި ގިނަ ހޯދުންތައް ހޯދާފައިވަނީ އަދި ފަރުވާތައް އީޖާދުކޮށްފައިވަނީ އަންހެނުންނަށް ދަރިން ނުލިބޭ މައްސަލައަށާއި އެކަމުގެ ފަރުވާއަށެވެ. ނަމަވެސް މިހާރު މި ލިބޭ ރިޕޯޓްތަކަކީ ނުރައްކަލުގެ ރަނގަބީލެކެވެ. ހަގީގަތުގައި އިންސާނީ ދަރިފަސްކޮޅަށް ކުރިމަތިވާނެ އެންމެ ބޮޑު މުސީބާތަކަށް މިވަނީ ފިިރިހެނުންގެ އާބާދީއަށް ދަރިން ލިބުމުގެ ގާބިލްކަން ގެއްލުމެވެ.
މިފަދަ އެއް ރިޕޯޓަކީ 2012 ގައި ހޯދި ހޯދުމަކަށް ބިނާކުރި އެއްޗެކެވެ. މިއީ 26،000 ފްރާންސް ފިރިހެނުން ބޭނުންކޮށްގެން ހެދި ދިރާސާ އެކެވެ. މި ހޯދުމުން ދައްކާ ގޮތުގައި 1989 އިން ފެށިގެން 2005 އާ ދެމެދު މި މީހުންގެ ސްޕާމް ކައުންޓް ތިން ގުނަ ދަށްވެފައިވެ އެވެ.
އިނގިރޭސި ވިލާތުގައި 2007 ގައި ނެރުނު ރިޕޯޓެއްގައި ބަލާފައި ވަނީ އެ ގައުމުގެ އެއް ސިޓީގެ މީހުންގެ ހާލަތެވެ. މި ބެލުމުން އެނގުނު ގޮތުގައި 1989 އާއި 2002 އާ ދެމެދު އެ ސިޓީގެ ފިރިހެނުންގެ ސްޕާމް ކައުންޓް 29 ޕަސެންޓް ވަނީ ދަށްވެފަ އެވެ.
އަދި ވަރަށް ފަހުން، ފާއިތުވީ އަހަރެއްހާ ދުވަހުގެ ތެރޭގައި ހީބްރޫ ޔުނިވަސިޓީ އޮފް ޖެރޫސަލަމްގެ ސައިންސްވެރިން ހޯދި ހޯދުމަކަށް ނޯތު އެމެރިކާ، ޔޫރަޕް، އޮސްޓްރޭލިއާ އަދި ނިއު ޒިލެންޑްގެ 43،000 ފިރިހެނެއްގެ މައުލޫމާތުތައް އެނަލައިޒްކުރި އެވެ. މި ހޯދުމުގެ ނަތީޖާ ދެއްކި ގޮތުން ފާއިތުވީ 40 ވަރަކަށް އަހަރުގެ ތެރޭގައި ސްޕާމް ކައުންޓް 60 ޕަސެންޓް ދަށަށް ވެއްޓިފައިވެ އެވެ.
މި ހޯދުމުގައި އިސްކޮށް މަސައްކަތް ކުރެއްވި ރިސާޗަރު ޑރ. ހަގައި ލެވީން ގޮވާލެއްވީ މިއީ ވަރަށް އިންޒާރުގެ ނިޝާނެއް ކަމަށެވެ. ފިރިހެނުންނަށް ދަރިން ލިބުމަށް ދަތިތައް ކުރިމަތިވަނީ ސްޕާމް އުފެދޭލެއް މަދުވުމާއި މޯފޮލޮޖީ ނުވަތަ ސްޕާމްގެ ސައިޒާއި ބައްޓަމަށް ބަދަލު އައުމާއި ސްޕާމަށް ދަތުރުކުރުމުގެ ގާބިލްކަން ކުޑަވުން، ނުވަތަ އަޒޫސްޕާމިއާ ކިޔާ ހާލަތެއް މެދުވެރި ވުމުންނެވެ. މި ބަލި ޖެހިފައި ތިބޭ ފިރިހެނުން އެއްގޮތަކަށް ވެސް ދަރިފަންޏެއް ނުއުފައްދާނެ އެވެ.
މި މައްސަލަތައް ދިމާވުމުގެ މައިގަނޑު ސަބަބުތަކުގެ ތެރެއިން ގިނަ ސަބަބުތަކަކީ ދިރިއުޅުމުގެ ވައްޓާފާޅިއާ ގުޅިފައިވާ ސަބަބުތަކެވެ.
ފަހުގެ ދިރާސާއަކުން ހަމަވެފައިވާ ގޮތުގައި ތަދުކަނޑުވާ ބޭހެއްގެ ގޮތުގައި ވަރަށް އާންމުކޮށް މިހާތަނަށް ވެސް މީހުން ބޭނުން ކުރަމުން އަންނަ އައިބޫޕްރޮފެން ކެއުމުން ވެސް ފިރިހެނުންނަށް ދަރިންލިބުމުގެ ގާބިލްކަން ކުޑަވެ އެވެ.
އަލަތު ދަރިފުޅުގެ ހުވަފެނުގައި ކެންސަރުގެ މޫގަނޑެއް!
27 އަހަރު ކުރީގެ އެމްބްރިއޯއަކުން ދަރިއެއް
ދަރިން ނުލިބޭނޭ ބުންޏަސް މިހާރު 5 ކުދިންގެ މައެއް
މަސައްކަތުގެ ހާސްކަމަކީ ދަރިން ހޯދަން ހުރަހަކަށް ވެދާނެ
ދަރިފަނީގެ ބާރު ދަށްވާ އާންމު ސަބަބެއް ހޯދިއްޖެ
ޖަންކް ފުޑަކީ ދަރިމައިވުމަށް ހުރަސްއަޅާ ކަމެއް
ދަރިމައިނުވުމުގެ މައްސަލަ ޕެރެސެޓަމޯލުން ކުރިމަތިވޭ
ދަރިމައިވުމުގެ ގާބިލްކަން އިތުރުކޮށްދޭ ބޭހެއް
މަންމައަށް ވުރެ ދަރިފުޅު "ހަގީ" އެންމެ އަހަރެއް!
ދެމަފިރިން ވެސް ފަލަ ނަމަ ބަލިވެ އިނުން ލަސްވޭ