ހިޔާލު ފާޅުކުރުން ހުއްޓުވާ ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދާއި އުސޫލުތައް ހެދުމުގެ މަސައްކަތް ވީ އެންމެ އަވަހަކަށް ނިންމާނެ ކަމަށް ބަންޑާރަ ނައިބު މުހައްމަދު އަނިލް މިއަދު ވިދާޅުވެއްޖެ އެވެ.
18 އޯގަސްޓް 2016
ހިޔާލު ފާޅުކުރުން ހުއްޓުވާ ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދާއި އުސޫލުތައް ހެދުމުގެ މަސައްކަތް ވީ އެންމެ އަވަހަކަށް ނިންމާނެ ކަމަށް ބަންޑާރަ ނައިބު މުހައްމަދު އަނިލް މިއަދު ވިދާޅުވެއްޖެ އެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުން ބަންޑާރަ ނައިބާ އެކު ބޭއްވި ބައްދަލުވުމަކަށް ފަހު އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދާއި އުސޫލުތައް ހެދުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.
ބަންޑާރަ ނައިބުގެ އޮފީހުގައި ބޭއްވި ބައްދަލުވުމުގައި، ގާނޫނު ފުރިހަމަ އަށް ތަންފީޒުކުރުމަށް ބޭނުންވާ ގަވާއިދުތަކާއި އުސޫލުތައް އަވަހަށް އެކުލަވާލައި ނިންމުމުގެ މުހިންމުކަން ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު ފާހަގަކުރެއްވި ކަމަށް ބަޔާނުގައި ބުންޏެވެ.
"އަދި ގާނޫނު ތަންފީޒުކުރުމުގައި ކޮމިޝަނުން އަދާކުރަންޖެހޭ ދައުރާ އަދި ޒިންމާތަކާ މެދު މަޝްވަރާކޮށް، އަދި ގާނޫނު ތަންފީޒުކުރުމުގައި މިހާރުން މިހާރަށް ވެސް ވާން ޖެހޭ ތައްޔާރީތަކާ މެދު އެޓާނީ ޖެނެރަލްގެ ލަފަ އާއި އިރުޝާދު ކޮމިޝަނުން ހޯދި އެވެ،" ބަޔާނުގައިވެ އެވެ.
އަބުރު ރައްކާތެރިކުރުމަށް ކަމަށް ބުނެ ހެދި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދާއި އުސޫލުތައް ހަދަންޖެހެނީ ބަންޑާރަ ނައިބެވެ. އަދި ކޯޓުތަކުގައި ހިނގާ ޝަރީއަތްތައް ރިޕޯޓުކުރުމުގައި އަމަލުކުރަންޖެހޭ ގޮތްތައް ކަނޑައަޅައި ވަކި ގަވާއިދެއް އެ ކޯޓަކުން ހަދަންޖެހެ އެވެ.
މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު ތަސްދީގު ކުރި ގާނޫނުގައި އޮތް ގޮތުން، ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާތަކުގެ ޝަކުވާ، މީޑިއާގެ ކަންތައްތައް ބަލަހައްޓާ މުއައްސަސާ އިން ބަލައި ތަހުގީގުކުރަން ޖެހޭނެ އެވެ. އެ ގޮތުން، ޖޫރިމަނާ ކުރުމާއި އިދާރީ ފިޔަވަޅު އެޅުމުގެ ހައްގު މުއައްސަސާއަށް ލިބިގެންވެ އެވެ.
މީޑިއާތަކުން މި ގާނޫނާ ހިލާފު ވެއްޖެ ނަމަ 50،000 ރުފިޔާ އާއި ދެ މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވެ އެވެ. އެކަމަކު، ވަކިވަކި ނޫސްވެރިންނަށް ވަކިން ޖޫރިމަނާގެ އަދަދުތަކެއް ކަނޑައަޅާފައިވެ އެވެ. އެ ގޮތުން، ވަކިވަކި ނޫސްވެރިން ޖޫރިމަނާ ކުރެވޭނީ 50،000 ރުފިޔާ އާއި 150،000 ރުފިޔާއާ ދެމެދުގެ އަދަދަކުންނެވެ. އެ ޖޫރިމަނާ ނުދައްކައި، ކޯޓުގައި މައްސަލަ އިސްތިއުނާފެއް ނުކުރެވެ އެވެ. މި ބިލުގައި ކަނޑައަޅާ މުއްދަތުގެ ތެރޭގައި ޖޫރިމަނާ ފައިސާ ނުދައްކާ މީޑިއާތަކުގެ ލައިސަންސް ސަސްޕެންޑް ކުރަން ނުވަތަ ބާތިލް ކުރަން މީޑިއާތަކުގެ ބެލެނިވެރި ފަރާތްތަކަށް މަޖުބޫރުވެ އެވެ.
މި ގާނޫނުގެ ސަބަބުން ހިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ގެއްލިދާނެ ކަމުގެ އިންޒާރު ނޫސްވެރިންނާއި އާއްމުންގެ ތެރެއިން އެތައް ބަޔަކު އައީ ދެމުންނެވެ. ބައެއް ނޫސްވެރިން ބުނާ ގޮތުގައި މި ބިލް ގާނޫނަކަށް ވުމާ އެކު ހިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން، 1980ގެ އަހަރުތަކަށް ވުރެ ވެސް ފަހަތަށް ވެއްޓުނީ އެވެ.
މީގެ އިތުުރުން، އަމިއްލަ ޖަމާއަތްތައް ހިމެނޭ ގޮތަށް ރާއްޖޭގެ އެކި ފަރާތްތައް އަދި އދ. އާއި އީޔޫ އާއި އިނގިރޭސިވިލާތާއި އެމެރިކާ ފަދަ ބޭރުގެ ބައެއް ޖަމާއަތްތަކާއި ގައުމުތަކުން މި ގާނޫނާ މެދު ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
"ބިލުގެ ބޭނުމަކީ ގާނޫނާހިލާފުނުވެ މައުލޫމާތު ފެތުރުން"
ވަކިވަކި ނޫސްވެރިންނަށް ފިޔަވަޅުނާޅަން އޭޖީގެ އިސްލާހެއް
މީޑިއާ ބިލު އަނބުރާ ގެންދަންޖެހޭކަމަށް ނުދެކެން:އުޝާމް
ހެއްކާ ބެހޭ ގާނޫނަށް އަމަލުކުރަން ފަށައިފި
"ބިލުން ނޫސްވެރިކަމަށް ހުރަސް ނޭޅޭނެކަމުގެ ޔަގީންކަން ދޭ"
މައުމޫނަށް ހުތުރު ފުރައްސާރަތަކެއް؛ ގިނަ ބަޔަކު ރަތަށް
އެއް މިލިޔަން ރުފިޔާގެ ޖޫރިމަނާ ރާއްޖެޓީވީން ދައްކައިފި
ރާއްޖެ ޓީވީ ފަންޑަށް ދެ މެމްބަރަކު 100،000ރ.
މީޑިއާގެ ދިފާއުގައި އެމްއެމްސީގެ ކުރީގެ ހަތަރު ރައީސުން
އެއް މިލިއަންގެ ޖޫރިމަނާއާ އެކު ކޮމިޝަން ސިޔާސީ ވެފައި