13 ޑިސެމްބަރ 2018
ރާއްޖެއަށް ޓެކްނިކަލް އެހީ ބޭނުންވާ ދާއިރާތައް ބަލައި އިސްކަންދޭންވީ ކަންކަން އެމެރިކާ ސަރުކާރުން ހޯދައިފި އެވެ.
ރާއްޖެއަށް ޓެކްނިކަލް އެހީ ބޭނުންވާ ދާއިރާތައް ބަލައި އިސްކަންދޭންވީ ކަންކަން އެމެރިކާ ސަރުކާރުން ހޯދައިފި އެވެ.
މިކަން ދެނެގަތުމަށްޓަކައި، އެމެރިކާގެ ވަފުދެއް ވަނީ މި ހަފުތާގައި ރާއްޖެއަށް ޒިޔާރަތް ކޮށްފަ އެވެ. އެ ވަފުދުގައި ހިމެނެނީ ސްރީ ލަންކާގެ ކޮލަމްބޯގައި ހުންނަ އެމްބަސީގެ ބޭފުޅުންނާއި އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓާއި ކޮމާސް ޑިޕާޓްމަންޓްގެ ބޭފުޅުން ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ..
އެމެރިކާ އިން ރާއްޖެ އަށް ޓެކްނިކަލް އެހީދޭން ކަނޑައަޅާފައިވާ މައިގަނޑު ދާއިރާތަކުގެ ތެރޭގައި ޕަބްލިކް ފައިނޭންޝަލް މެނޭޖްމެންޓް، ރޫލް އޮފް ލޯ، ހިއުމަން ރައިޓްސް އައި ގުޑް ގަވާނެންސް ހިމެނެ އެެވެ. މި ދާއިރާތަކާ ގުޅުން ހުރި ރާއްޖޭގެ މުއައްސަސާތަކަށް ވަފުދުގެ ބޭފުޅުން ގެންދަވަނީ ޒިޔާރަތްކުރައްވަމުންނެވެ. އެގޮތުން ކޮމާސް ޑިޕާޓްމަންޓްގެ ބޭފުޅުން ބައްދަލުކުރައްވަން ހަމަޖެހިފައި ވަނީ ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީ، އިކޮނޮމިކް މިނިސްޓްރީ، ފިނޭންސް މިނިސްޓްރީ، ޓްރާންސްޕޯޓް މިނިސްޓްރީ، އެންވަޔަރްމެންޓް މިނިސްޓްރީ އަދި އެޓާނީ ޖެނެރަލްގެ އޮފީހުގެ ބޭފުޅުންނާ އެވެ.
ވަފުދުގައި ހިމެނޭ ސްޓޭޓް ޑިޕާޓްމެންޓްގެ ބޭފުޅުން ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް، ފުލުހުންގެ އިދާރާ، އެމްއެމްއޭ އަދި ޖުޑިޝަލް ސާވިސް ކޮމިޝަންގެ ބޭފުޅުންނާ ބައްދަލުކުރައްވައިފަ އެވެ. ސްޓޭޓް ޑިޕާޓްމަންޓްގެ ރޫލް އޮފް ލޯ އެޑްވައިޒަރު ސްޓެފަން އެންޑާސަން އިސްކޮށް ހުންނެވި އެ ވަފުދުން، ކޮރަޕްޝަންގެ މައްސަލަތައް ބަލާ ކޮމިޝަނާއި ގޮތް ނޭނގޭ މަރުތަކާއި މީހުން ގެއްލުވައިލުމުގެ ހާދިސާތައް ތަހުގީގު ކުރާ ކޮމިޝަނުގެ މެމްބަރުންނާ ވެސް ބައްދަލުކުރެއްވި އެވެ. އެ މުއައްސަސާތަކުގެ ބޭފުޅުންނާ ވަފުދުން މަޝްވަރާކުރީ ލޯ ރިފޯމާއި ޓްރާންސިޝަނަލް ޖަސްޓިސް އަދި ރޫލް އޮފް ލޯގެ ދާއިރާއިންނެވެ.
އެމެރިކާގެ ވަފުދެއް ރާއްޖެ އަށް ކުރި މި ޒިޔާރަތަކީ އެ ގައުމުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އެލައިނާ ބީ ޓެޕްލިޓްޒް މިދިޔަ ނޮވެމްބަރު މަހު ރާއްޖެ އަށް ކުރެއްވި ޒިޔާރަތުގައި ފެށްޓެވި މަޝްވަރާތައް ކުރިއަށް ގެންދިއުމުގެ ގޮތުން ކުރާ ޒިޔާރަތެކެވެ.
ރަނގަޅު ބައިވެރިއެއްގެ ގޮތުގައި ތިބެން ބޭނުން:ޕޮމްޕެއޯ
ރާއްޖެއަށް އެމެރިކާއިން 60 ވެންޓިލޭޓަރު ހަދިޔާކޮށްފި
އެމެރިކާއިން ރާއްޖެއަށް ދެ މިލިއަން ޑޮލަރު ދެނީ
ޒަމީރު، ގުޓެރޭސްއާ ބައްދަލުކުރައްވައިފި
ޒަމީރު ފުރަތަމަ ބައްދަލުކުރެއްވީ ފަލަސްތީނުގެ މަންދޫބާ
ރަޝިއާގެ އޮނަރަރީ ކޮންސުލްއަކަށް ފައުޒީ ހަމަޖައްސައިފި
ރާއްޖޭގެ އެމްބަސީއެއް އެމެރިކާގައި އަލުން ހުޅުވައިފި
ޝާހިދު ބްލިންކެން އާ ބައްދަލުކުރައްވައިފި
މުހިއްމު ދެ އެއްބަސްވުމެއްގައި ގާނާއާއެކު ސޮއިކޮށްފި
ރާއްޖެ އާއި ހަންގޭރީއާ ދެމެދު ތިން އެއްބަސްވުމެއް