11 ޑިސެމްބަރ 2018
އާ ސަރުކާރުން ކޮންމެ ހަފްތާއަކު ހާމަކުރަން ފަށާފައިވާ މާލީ ހިސާބުތަކުން އެ ހަފްތާއެއް މާލީ ހާލަތު ފުރިހަމަ އަށް ނުދެއްކޭ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.
އާ ސަރުކާރުން ކޮންމެ ހަފްތާއަކު ހާމަކުރަން ފަށާފައިވާ މާލީ ހިސާބުތަކުން އެ ހަފްތާއެއް މާލީ ހާލަތު ފުރިހަމަ އަށް ނުދެއްކޭ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.
މުނައްވަރު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ބުނެފައިވަނީ ފިނޭންސް މިނިސްޓްރީން މި މައުލޫމާތުތައް ހާމަކުރުމަކީ އާ ސަރުކާރުން ފެށި ވަރަށް މުހިއްމު މަސައްކަތެއް ކަމަށެވެ. އަދި މި މައުލޫމާތުތަކާއެކު ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް ދެފުށް ފެންނަ ނިޒާމެއް ގާއިމް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެން ނަމަވެސް މި މައުލޫމާތުތަކުން ދައުލަތުގެ މާލީ ހާލަތު އެ ހަފްތާގައި އޮތް މިންވަރު ހާމަކޮށް ނުދެވޭ ކަމަށް އޭނާ ވިދާޅުވި އެވެ. ކޮންމެ ހަފްތާއަކު ދައުލަތުގެ ޕަބްލިކް ބޭންކިން އެކައުންޓްގެ މައުލޫމާތު ހާމަކުރާ ނަމަ އެ ހަފްތާއެއްގެ މާލީ ހާލަތު ހާމަވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ދައުލަތުގެ ކޭޝްފްލޯގެ މައުލޫމާތުތައް ހާމަކުރުމުން ވެސް މާލީ ހާލަތު އެ ހަފްތާއެއްގައި އޮންނަ މިންވަރު އެނގިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މުނައްވަރު މިހެން ވިދާޅުވެފައިވާ އިރު ސަރުކާރުން ވަނީ ކޮންމެ ހަފްތާއެއްގައި ދައުލަތުގެ މާލީ ހާލަތު ހާމަކުރާނެ ކަމަށް އިއުލާނުކޮށްފަ އެވެ. އެންމެ ފުރަތަމަ އާ ސަރުކާރުން އާންމުކުރި މާލީ ރިޕޯޓުގައި ބަޔާންކޮށްފައި ވަނީ ކުރެވުނު ހަރަދާއި މިހާތަނަށް ލިބިފައިވާ އާމްދަނީ އެވެ. އެގޮތުން މި އަހަރުގެ މިހާތަނަށް 19.8 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބިފައިވާ އިރު ހަރަދުކޮށްފައި ވަނީ 23.1 ބިލިއަން ރުފިޔާ އެވެ. އެހެންކަމުން ދައުލަތުގެ ބަޖެޓް ޑެފިސިޓް ވަނީ ތިން ބިލިއަން ރުފިޔާ އަށް އަރައިފަ އެވެ.
"އިންޑިއާގެ އެހީން އިގްތިސާދު 15 ބިލިއަނަށް އަރާނެ"
"އާމްދަނީ އިތުރުވިޔަސް ހަރަދުތަކަށް ވަނީ ވާންވެފައި"
ފައިސާ ޗާޕްކުރުމުގެ މުއްދަތު އިތުރު ކޮށްދޭން އެދިއްޖެ
މި އަހަރުގެ ފަހުކޮޅު އިތުރު ސުކޫކެއް ވިއްކަނީ
އަހަރު ނިމޭއިރު 2019ގެ އިގްތިސާދީ ހާލަތަށް ދެވޭނެ
ކުރީ ސަރުކާރުގެ ބޮންޑަކީ ފައިސާ މެނޭޖްކުރަން ހުރަހެއް
ލޯނާއި އެހީގެ ގޮތުގައި 520 މިލިއަން ޑޮލަރު ލިބޭނެ
700 މިލިއަން ޑޮލަރު ލިބުމުގެ މަގުމަތީގައި: އަމީރު
ތިން ފިނޭންސް މިނިސްޓަރުގެ ނުރުހުން ވެސް މަޖިލީހަށް
ކުރީގެ ފިނޭންސް މިނިސްޓަރުންނަށް ދައުވާކުރަން ޖެހޭ:އީވާ