13 ޑިސެމްބަރ 2018
ބަލިވެ އިންނަ ދުވަސްވަރަކީ މައިމީހާގެ ސިއްހަތަށް ހާއްސަ ސަމާލު ކަމެއް ދޭން ޖެހޭނެ ކަމެކެވެ. އެެގޮތުން ސާފު ތާހިރު މާހައުލެއްގައި އުޅުމަކީ ވެސް މުހިއްމު ކަމެކެވެ.
ބަލިވެ އިންނަ ދުވަސްވަރަކީ މައިމީހާގެ ސިއްހަތަށް ހާއްސަ ސަމާލު ކަމެއް ދޭން ޖެހޭނެ ކަމެކެވެ. އެެގޮތުން ސާފު ތާހިރު މާހައުލެއްގައި އުޅުމަކީ ވެސް މުހިއްމު ކަމެކެވެ.
މިކަމަށް ބާރުދޭ ފަހުގެ ދިރާސާއެއް ބުނާ ގޮތުގައި ބަލިވެއިންނަ ދުވަސްވަރު މައިމީހާ ދިރިއުޅޭ މާހައުލުގެ ޖައްވު ނުސާފުވެ، ވައި ތަޣައްޔަރުވުމަކީ ދަރިފުޅު ބައިގެން ހިނގައިދާނެ ވަރުގެ ކަމެކެވެ.
އެމެރިކާގެ ޔޫޓާ ޔުނިވަސިޓީން ހަދާފައިވާ ދިރާސާގައި ބުނި ގޮތުގައި ވައި ތަޣައްޔަރުވުމަކީ މައިމީހާގެ ސިއްހަތަށް ނޭދެވޭ ގިނަ އަސަރުތަކެއް ކުރުވާނެ ކަމެކެވެ.
އެގޮތުން ވެހިކަލްތަކުން ބޭރުވާ ދުމާއި އެ ނޫން ވެސް އެކި ކަހަލަ ނުރައްކާތެރި ވިހަ މާއްދާތަކުން ހަރާބުވެފައިވާ މާހައުލެއްގައި އެންމެ ހަފުތާއެއް ވަންދެން އުޅެން ޖެހުނަސް އެއީ މައިމީހާގެ ސިއްހަތަށް ގެއްލުން ކުރުވާނެ ކަމެއް ކަމަށް ދިރާސާގައި ބުންޏެވެ. އަދި މީގެ ސަބަބުން ދަރިފުޅު ބައިގެން ދިއުމުގެ ނުރައްކާ 16 ޕަސަންޓަށް ބޮޑު ކަމަށާއި ވައި ނުސާފު މާހައުލެއްގައި އުޅެން ޖެހުމަކީ އަންހެނުން ބަލިވެއިނުމަށް ވެސް އެއްކޮށް ހުރަސް އަޅައިފާނެ ކަމެއް ކަމަށް ބުންޏެވެ.
އެހެންވެ ތާޒާ ވައި ލިބޭ، ސާފު ވެއްޓެއްގައި އުޅުން ވަރަށް މުހިއްމު ކަމަށް ދިރާސާގައި ބުންޏެވެ.
ނުސާފު މާހައުލެއްގެ ތެރޭގައި އުޅެން ޖެހުމަކީ ހަމައެކަނި މާބަނޑު މީހުންނަށް ސިއްހީ ގޮތުން މައްސަލަތައް ކުރިމަތި ކުރުވާ ކަމެއް ނޫނެވެ. މީގެ ކުރިން ހަދާފައިވާ ދިރާސާއެއްގައި ފާހަގަކޮށްފައިވާ ގޮތުގައި ވައި ތަޣައްޔަރުވެފައިވާ މާހުއުލުތަކުގައި އުޅޭ ނަމަ އެ މީހެއްގެ އުމުރުން 2.6 އަހަރު ކުރުކޮށްލަ އެވެ.
ޖައްވު ނުސާފުވުމުގެ ނުރައްކާ މާބަނޑު މީހުންނަށް
ބްރެޒިލްގެ މަޔަކަށް އާދަޔާ ޚިލާފު މާ ކުއްޖެއް
އެއްމާބަނޑު ދެ ކުދިން ލިބުނީ ނާދިރު ގޮތަކަށް ބަލިވެއިނދެ
27 އަހަރު ކުރީގެ އެމްބްރިއޯއަކުން ދަރިއެއް
އޭއީއެޗްގައި ފުރަތަމަ ފަހަރަށް މީހަކު ވިއްސައިފި
މާބަނޑުއިރު ޕޮޓޭޓޯ ޗިޕްސްއާ ދުރުވާންޖެހޭ
ދޭތެރެ ދުރުކުރަން މަހަކު އެއްފަހަރު ކާ ބޭހެއް
ދޭތެރެ ދުކުރުކުރަން ފިރިހެނުންނަށް އިންޖެކްޝަނެއް
މާބަނޑު އިރު ލޭގެ ޕްރެޝަރު ދަށްކުރާ ކާނާ
އެމެރިކާ އަންހެނަކަށް އެއްމާބަނޑު ހަ ކުދިން