Roadha Mihaaru
މާބަނޑު އިރު ލޭގެ ޕްރެޝަރު ދަށްކުރާ ކާނާ

މާބަނޑު އިރު ލޭގެ ޕްރެޝަރު ދަށްކުރާ ކާނާ

01 އެޕްރީލް 2019

މާބަނޑު ދުވަސްވަރު ބައެއް މީހުންނަށް އެންމެ ބޮޑަށް ކުރިމަތިވާ އެއް މައްސަލައަކީ ލޭގެ ޕްރެޝަރު މަތިވުމެވެ. މިކަމުގެ ސަބަބުން މައިމީހާއަށާއި ބަނޑުގައި އޮންނަ ދަރިފުޅުގެ ސިއްހަތަށް ވެސް ނުރައްކާވެ އެވެ. އެހެންވެ މިއީ ސަމާލުކަން ދިނުން މުހިއްމު ކަމެކެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި ކެއުމުގެ ވައްޓަފާޅި އަށް ގެންނަ ބަދަލަކުން ލޭ މައްޗަށް ދިއުން ކުޑަކުރެވިދާނެ އެވެ. މުހިއްމު ކަމަކީ ޕްރެޝަރު މަތިވިޔަ ނުދީ ހިފަހައްޓަން ސަމާލުކަން ދިނުމެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެގޮތުން ކެއުމަށް ހެޔޮ ބަދަލެއް ގެންނަން ހާއްސަ ސަމާލުކަމެއް ދޭންޖެހެ އެވެ. މިއޮތީ މާބަނޑު ދުވަސްވަރު ލޭގެ ޕްރެޝަރު ދަށްކުރެވިދާނެ ކަހަލަ ކާނާތަކުގެ ލިސްޓެކެވެ.

* ފެޓީ އެސިޑްސް

ފެޓީ އެސިޑްސް އިން މުއްސަނދިވެފައިވާ ބާވަތްތައް މާބަނޑު ދުވަސްވަރު ކާ ނަމަ ލޭގެ ޕްރެޝަރު މަތިވިޔަ ނުދީ ހިފަހައްޓަން ބާރަކަށް ވާނެ އެވެ.

އެފަދަ ބައެއް ބާވަތްތަކުގެ ތެރޭގައި އެވޮކާޑޯ، ޗިއާ ސީޑްސް، ހެޒެލް ނަޓް، ވޮލްނަޓް، ސަލްމަން، ބްރެޒިލް ނަޓްސް ކާށިތެޔޮ އަދި އޮލިވް އޮއިލް ހިމެނެ އެވެ.

* ވިޓަމިން ޑީ

މާބަނޑި ދުވަސްވަރު ލޭގެ ޕްރެޝަރު މަތިވާ އެއް ސަބަބަކީ ވިޓަމިން ޑީ ހަށިހަނޑުން މަދުވުމެވެ. އެހެންވެ އެ މާއްދާ އެކުލެވޭ ބާވަތްތައް ޑައިޓްގެ ތެރޭގައި ހިމަނައިލުމުން މައްސަލަ އަށް އެކަށީގެންވާ ހައްލެއް ލިބޭނެ އެވެ. ހަމަމިއާ އެކު ދުވާލަކު މަދުވެގެން 15 މިނިޓް އިރުގެ ހަކަތަ ހަށިގނަޑަށް ފޯރުމަކީ ވެސް ވިޓަމިން ޑީ ލިބޭނެ ކަމެކެވެ.

ވިޓަމިން ޑީ އެކުލެވޭ ބާވަތްތަކުގެ ތެރޭގައި ޗީޒް، ކަޅުބިލަ މަސް، އޮރެންޖް، ސޯއި މިލްކް، ބިހުގެ ގޮބޮޅި އަދި ސީރިއަލްސް ހިމެނެ އެވެ.

* ހޯލް ގްރެއިން

މިއީ ހަށިގަނޑަށް އެންމެ ބޮޑަށް ހަކަތަ ގެނެސްދޭނެ ބާވަތްތަކެވެ. އެގޮތުން މާބަނޑު ދުވަސްވަރު ބްރައުން ރައިސް އާއި ގޮދަން ފުށް ފަދަ ބާވަތްތަކުން ތައްޔާރުކުރާ ކާނާ ކެއުން މުހިއްމެވެ.

* ކެލްސިއަމާއި މެގްނީއަޒިއަމް

ކެލްސިއަމާއި މެގްނީޒިއަމް ފަދަ މާއްދާތަކުން މުއްސަނދިވެފައިވާ ކާނާތަކަކީ އަންހެނުންގެ ލޭގް ޕްރެޝަރު ހަމައަކަށް އަޅުވައިދޭން ވަރަށް މުހިއްމު ބާވަތްތަކެކެވެ. އޭގެ ތެރޭގައި ފެހިކަން ގަދަ ފަތްޕިލާވެލީގެ ބާވަތްތަކާއި ތަރުކާރީ ހިމެނެ އެވެ.

އޭގެ ތެރޭގައި ސްޕިނެޗް، ކޭލް، ބްރޮކޮލީ، ސެލެރީ، ގްރީން ބީންސް، ފިޔާ އަދި ޓޮމާޓޯ ހިމެނެ އެވެ.

* ސޯޑިއަމް

މާބަނޑު ދުވަސްވަރު ހަށިގަނޑުގެ ސޯޑިއަލް ލެވެލްް ދަށްކުރުމަކީ ލޭގެ ޕްރެޝަރު ކޮންޓްރޯލްކޮށް ދޭން ބޮޑު ބާރަކަށް ވާނެ އެވެ. އެހެންވެ މިކަމަށް އިސްކަން ދީގެން މޭވާ އާއި ތަރުކާރީގެ ބާވަތްތައް ގިނައިން ބޭނުން ކުރެވިދާނެ އެވެ. އޭގެ ތެރޭގައި އާފަލު، އަލަނާސި، ޕެއާޒް، އަންނާރު، ބެރީޒް، ޕްލަމްސް އަދި ގްރީން ޕީސް ހިމެނެ އެވެ.