19 މާޗް 2019
އެމެރިކާގެ އަންހެނަކަށް އެއްމާބަނޑު ހަ ކުދިން ލިބިއްޖެ އެވެ.
އެމެރިކާގެ އަންހެނަކަށް އެއްމާބަނޑު ހަ ކުދިން ލިބިއްޖެ އެވެ.
ހިއުސްޓަން އަށް ނިސްބަތްވާ ތެލްމާ ޗިއާކާ ކިޔާ އަންހެން މީހާ ހުކުރު ދުވަހުގެ ފަތިހުގެ ވަގުތެއްގައި ޓެކްސަސްގެ ދަ ވުމަންސް ހޮސްޕިޓަލްގައި ފުރަތަމަ ވިހެއީ އެއްމާނޑު ހަތަރު ފިރިހެން ކުދިންނެވެ. ދެން އުފަންވީ ދެ އަންހެން ކުދިންނެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި މިފަދަ ގޮތަކަށް ވިހެއުމަކީ ކޮންމެ 4.7 ބިލިއަނުން އެއްފަހަރު ދިމާވާ ކަމެކެވެ.
މީޑިއާތަކުން ބުނީ ތެލްމާ ވިހޭ ހުރިހާ ކުދިންގެ ސިއްހަތު ވެސް ރަނގަޅު ކަމަށާއި ދަރިންގެ ބަރުދަން ހުރީ 300 ގްރާމާއި 400 ގްރާމާ ދެމެދުގައި ކަމަށެވެ. އެކަމަކު ކުދިން އަދި ތިބީ ހޮސްޕިޓަލްގެ ނިއޯނޭޓަލް އިންޓެންސިވް ކެއާ ޔުނިޓްގަ އެވެ.
ވިއްސުމުގައި ހަރަކާތްތެރިވި ޑޮކްޓަރުންގެ ޓީމުން ބުނީ މައިމީހާގެ ހާލު ވެސް ރަނގަޅު ކަމަށެވެ. އަދި ވުމަންސް ހޮސްޕިޓަލުން ވަނީ މިއާދަޔާހިލާފު ތަޖުރިބާގެ ވާހަކަ އެތަނުގެ ފޭސްބުކް ޕޭޖްގައި ވެސް ހިއްސާކޮށްފަ އެވެ.
ދެ ޖިންސްގެ ހަ ކުދިން ލިބުމުން އުފާވެފައި އޮތް ތެލްމާ މިހާރު ވަނީ ދެ އަންހެން ކުދިންނަށް ނަން ވެސް ކިޔައިފަ އެވެ. އެއީ ޒައިނާ އާއި ޒުރިއެލް އެވެ.
"ސެކްސްޓްޕްލެޓްސް" އަކީ ވަރަށް ނާދިރުކޮށް ކުރިމަތިވާ ހާލަތަކަށްވާ އިރު، މިގޮތަށް އެންމެ ފުރަތަމަ ވިހާފައި ވާ ކަމަށް ރެކޯޑްކުރެވިފައި ވަނީ 1968 ގައި އިނގިރޭސިވިލާތުގެ ބާހިންހަމްގަ އެވެ. އަދި 1983 ގައި އިނގިރޭސިވިލާތުގެ ލިވަޕޫލްގެ އަންހެނަކު އެއްފަހަރާ ހަ އަންހެން ކުދިން ވިހާފައިވެ އެވެ.
27 އަހަރު ކުރީގެ އެމްބްރިއޯއަކުން ދަރިއެއް
ބްރެޒިލްގެ މަޔަކަށް އާދަޔާ ޚިލާފު މާ ކުއްޖެއް
އެއްމާބަނޑު ދެ ކުދިން ލިބުނީ ނާދިރު ގޮތަކަށް ބަލިވެއިނދެ
މާމަދަރި ލިބުނީ މާމަގެ ބަނޑުން
14 ފިރިހެން ދަރިންނަށް ފަހު އަންހެން ދަރިއެއް
ނިކި މިނާޖަށް ދަރިއަކު ލިބެނީ
ތިން ބެއިން ވިހެއީ އެއް ދުވަހެއްގައި
އޭއީއެޗްގައި ފުރަތަމަ ފަހަރަށް މީހަކު ވިއްސައިފި
މާބަނޑުއިރު ޕޮޓޭޓޯ ޗިޕްސްއާ ދުރުވާންޖެހޭ
ދޭތެރެ ދުރުކުރަން މަހަކު އެއްފަހަރު ކާ ބޭހެއް