03 ޑިސެމްބަރ 2018
މި ސަރުކާރުން ސްޕޯޓްސް ޓޫރިޒަމް ގެނައުމަށް މަސައްކަތް ކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
މި ސަރުކާރުން ސްޕޯޓްސް ޓޫރިޒަމް ގެނައުމަށް މަސައްކަތް ކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
"މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ، ޓޫރިޒަމް ފުޅާ ކުރުމަށްޓަކައި މޯލްޑިވްސް މާކެޓިން އެންޑް ފަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ކުރަމުން އަންނަ އިރު އެކި ދާއިރާތަކުން ޓޫރިޒަމް ފުޅާ ކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ.
"އާ ގޮތް ގޮތް ރާއްޖެ މިހުރި ލެވެލް އިން އެހެން ލެވެލްއަކަށް ގެންދިއުމުގެ ވިސްނުން އެބަހުރި. ގައުމުން ބޭރުގައި އުޅުނު އިރު ރާއްޖެއަކީ ދުނިޔެމަތީގެ ސުވަރުގެއޭ. ދެވަނަ އަށް ބުނަނީ އެފޯޑް ނުކުރެވޭނެއޭ. އަޅުގަނޑުމެން ބޭނުންވަނީ މި ލަގްޒަރީ ޑެސްޓިނޭޝަނެއްގެ ގޮތުގައި ރާއްޖެ އޮންނަން. މިއާ އެކީ ރާއްޖޭގައި އެބަހުރި ހުރިހާ ޕްރިމިއަމްތަކެއް. ކޮންމެ މީހަކަށް ވެސް ރާއްޖެ އައިސް އެ މީހަކު ބޭނުންވާ ޕްރޮޑަކްޓް އިހްސާސްކުރުމުގެ ފުރުސަތު ލިބިގެންދޭ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، ދުނިޔޭގެ އެންމެ ޓޮޕް ބްރޭންޑްގެ ގޮތުގައި ރާއްޖެ ބޭއްވުމަށް އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމަށާއި ލޯކަލް ޓޫރިޒަމާއި ހުރިހާ ދާއިރާއަކުން ޓޫރިޒަމް ފުޅާ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
ޓޫރިޒަމް ދާއިރާ ފުޅާކޮށް އާ ހަރުފަތަކަށް ގެންދިއުމަށްޓަކައި މުހިއްމު ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން މާސްޓާޕްލޭނެއް އެކުލަވާލައްވާނެ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ. މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ޓޫރިޒަމް ދާއިރާގެ ހުރިހާ ސްޓޭކްހޯލްޑަރުންނާ އެކު ސިމްޕޯސިއަމެއް ބާއްވާ، ޓޫރިޒަމް ދާއިރާގެ އިންޓަގްރޭޑެޓް މާސްޓާޕްލޭން އެކުލަވާލުމުގެ މަސައްކަތް ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބޭނުންވާ މީހުން ދިރިއުޅޭ ރަށްތައް ކައިރީގައި ފަޅު ރަށްތައް ވެސް ހުންނަން. އެކްސްކާޝަނަށް ދެވޭނެ ރަށްތައް ހުންނަން. މާސްޓާޕްލޭން ނިމޭއިރު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ އަތޮޅެއްގައި ދިރިއުޅޭ ރައްޔިތުންނަށް ވެސް ހިތްހަމަ ޖައްސާލުމަށް ޓޫރިސްޓުންނާ އެއްގޮތަށް ދަތުރު ދެވޭނެ ރަށެއް އޮތުން. އެ ހިތްހަމަޖެހުން އޮންނަން ޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.
ދެމެހެއްޓެނިވި ގޮތެއްގައި ޓޫރިޒަމް ފުޅާ ކުރާނެ ގޮތްތައް މި ޕްލޭންގެ ތެރެއިން ދެނެގަނެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޓޫރިސްޓުންގެ ސަލާމަތަށް ވޯޓާ ސޭފްޓީ ޕްރޮގްރާމެއް ފަށަނީ
ޓޫރިސްޓުންނަށް ހިދުމަތް ދިނުމުގެ ސަލާމަތީ މިންގަނޑެއް
ވަކިވަކި ރަށްރަށް ޕްރޮމޯޓް ނުކޮށް ކާމިޔާބެއް ނެތް
ލަގްޒަރީ ޓޫރިޒަމަށް އަލުން އޮފުއެރުވުން: ވިސްނަންވެއްޖެ
އެންމެ މޮޅު ރިސޯޓަކަށް ޖޯލި މުރަވަންދޫ ހޮވައިފި
މީހުން ދިރިއުޅޭ ރަށްރަށުގައި އިންޓެގްރޭޓެޑް ރިސޯޓް!
ކާނި ހޮޓަލުގެ ސާވިސް ޗާޖަށް 1.1 މިލިއަން ރުފިޔާ
ހޯމްސްޓޭ ވަޔަކު ނުހިފި، ނުވެސް ހިފާނެ!
ހޯމް ސްޓޭ: މެހުމާންދާރީން ރަށަށް ޑޮލަރު!
އޮޅުވާލައިގެން ހިދުމަތް ދޭ ތިން ގެސްޓްހައުސްއެއް ބަންދު