02 ޑިސެމްބަރ 2018
ފްރައިސް ޕޯޝަނެއްގައި ގިނަވެގެން އޮންނަން ޖެހޭނީ ހަ އެތިކޮޅު ކަމަށް ހާވަޑް ޔުނިވަސީޓީގެ ޕްރޮފެސަރަކު ވިދާޅުވުމާ އެކު، އިންޓަނެޓުގައި އެތައް ބަޔަކު ރުޅިގަދަވެއްޖެ އެވެ.
ފްރައިސް ޕޯޝަނެއްގައި ގިނަވެގެން އޮންނަން ޖެހޭނީ ހަ އެތިކޮޅު ކަމަށް ހާވަޑް ޔުނިވަސީޓީގެ ޕްރޮފެސަރަކު ވިދާޅުވުމާ އެކު، އިންޓަނެޓުގައި އެތައް ބަޔަކު ރުޅިގަދަވެއްޖެ އެވެ.
ޗިޕްސް ކާ ގިނަ މީހުންނަށް އެންމެ ހަ އެތިކޮޅަކުން ނުފުދޭނެ އެވެ. އެކަމަކު ހާވަޑްގެ ނިއުޓްރިޝަން ޑިޕާޓްމެންޓްގައި މަސައްކަތްކުރައްވާ ޕްރޮފެސަރު އެރިކް ރިމް ވިދާޅުވަނީ އެއްފަހަރާ ހަ ފްރައިސް އަށް ވުރެ ގިނައިން ކެއުން ރަނގަޅު ނޫން ކަމަށެވެ. ނިއު ޔޯކް ޓައިމްސްގެ އާޓިކަލްއެއްގައި، ފްރައިސްއަކީ "ސްޓާޗް ބޮންތަކެއް"ގެ ގޮތުގައި ސިފަކުރައްވަމުން ޕްރޮފެސަރު ވިދާޅުވީ ފުރާނަ އަށް ނުރައްކާވާ ފަދަ ހިތުގެ ބަލިތަކާ ކުރިމަތިލާން ބޭނުން ނޫނިއްޔާ ހަ އެތިކޮޅު ކާލުމަށް ފަހު ސެލެޑެއް ކާލުން ބުއްދިވެރި ކަމަށެވެ.
ފްރައިސް ޕޯޝަނެއްގެ ސައިޒަކީ 12-15 ކަމަށް އެމެރިކާގެ އެގްރިކަލްޗާ ޑިޕާޓްމެންޓުން ބުނެ އެވެ. އެކަމަކު ގިނަ ރެސްޓޯރެންޓްތަކުން ދޭ ޕޯޝަންތަކުގައި ގާތްގަނޑަކަށް 55 ފްރައިސް ހިމެނެ އެވެ.
ޑރ. ރިމްސް ނިއު ޔޯކް ޓައިމްސް އަށް ވިދާޅުވެފައިވާ ގޮތުގައި އެމެރިކާ މީހުން ފްރައިސްއާ ދުރުކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ. އަދި ޕްރޮފެސަރުގެ ވާހަކަ އަށް އަމާޒުވި ފާޑުކިޔުންތަކަކީ އޭގެ ހެއްކެކެވެ.
ޓްވީޓްކުރި ބައެއް މީހުން ބުނިގޮތުގައި އެންމެ ހަ ފްރައިސް ކާން އުޅޭނީ މޮޔައެކެވެ. އެންމެ އެތިކޮޅެއް ވެސް ނުކެއުން އެ އަށް ވުރެ މާ ހިތަށް ފަސޭހަ ކަމަށާއި އެންމެ ހަ ފްރައިސް ގެނައުމަކީ އަމިއްލަ ނަފްސަށް ދެވޭ "އަނިޔާއެއް" ކަމަށް އެކަކު ބުންޏެވެ.
އެކަމަކު ސިއްހީ މާހިރުން ގަބޫލުކުރައްވާ ގޮތުގައި ޑރ. ރިމް އެ ދައްކަވަނީ ރަނގަޅު ވާހަކައެކެވެ.
ޕްރޮފެސަރުގެ ނަސޭހަތް ބިނާކުރެއްވީ، އިޓަލީގެ ދިރާސާވެރިންތަކެއް ދާދި ފަހުން "ދި އެމެރިކަން ޖާނަލް އޮފް ކްލިނިކަލް ނިއުޓްރިޝަން"ގައި ޝާއިއުކުރެއްވި ދިރާސާއަކަށެވެ. އެ ދިރާސާ އިން އެނގިފައިވާ ގޮތުގައި އެއްގޮތަކަށް ވެސް ފްރައިސް ނުކާ މީހުންގެ އުމުރު، ފްރައިސް ކާ މީހުންނަށް ވުރެ ހަ މަސް ދުވަސް ދިގެވެ. އަދި ހަފްތާއަކު ދޭއް ނުވަތަ ތިން ފަހަރު ފްރައިސް ކާ މީހުންނަށް ހަކުރުބައްޔާއި އޮބީސިޓީގެ އިތުރުން ހިތާއި ލޭހޮޅިތަކުގެ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑެވެ.
ފާސްޓް ފުޑް އިތުރުވަނީ، ހޭލުންތެރިކުރުވުން ކޮބާ؟
"ހިތުގެ ބައްޔަށް މަގުފަހިވާ ރިސްކުތައް އިތުރުވެއްޖެ"
4 އިންޑަސްޓްރީއަކާ ހެދި އަހަރަކު 2.7 މިލިއަން މަރު
ޓްރީ ޓޮޕްގައި ދާއިމީ ޕޭސްމޭކާ އިމްޕްލާންޓް ކޮށްފި
ކުޑަކުދިންގެ ހިތުގެ ބަލީގެ ދެ ޑޮކްޓަރަކު ދިކްލިނިކްގައި
މާ ގިނައިން ތަރުކާރީ ކެޔަސް ސަލާތަމަތެއް ނުވޭ
މީހެއްގެ ހަށިގަނޑުގައި އޫރެއްގެ ހިތެއް އިންދައިފި
މަޝްހޫރު މިއުޒީޝަން ތަރަބޫޒު ރިޒާ ނިޔާވެއްޖެ
ސްޓްރޯކާއި ހާޓްއެޓޭކާ ދެކޮޅަކަށް ކޮފީ
ލޭމައްޗަށް ދާ މީހުންގެ އަދަދު ދެ ގުނަ އިތުރުވެއްޖެ