Roadha Mihaaru
ކުޑަކުދިންގެ ހިތުގެ ބަލީގެ ދެ ޑޮކްޓަރަކު ދިކްލިނިކްގައި

މިއޮޓް ހޮސްޕިޓަލްގެ ކުޑަކުދިންގެ ހިތުގެ ބަލިތަކުގެ ދެ ޑޮކްޓަރަކު ދި ކްލިނިކްގައި

10 އޮކްޓޯބަރ 2022

އިންޑިއާގެ މިއޮޓް ހޮސްޕިޓަލުގައި ކުޑަކުދިންގެ ހިތުގެ ބަލިތަކަށް ފަރުވާ ދޭ ހާއްސަ ދެ ޑޮކްޓަރަކު ރާއްޖޭގައި ކުރިއަށް އޮތް ދެ ދުވަހު ފަރުވާ ދޭނެ ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

އިންޑިއާގެ މިއޮޓް ހޮސްޕިޓަލުގައި ކުޑަކުދިންގެ ހިތުގެ ބަލިތަކަށް ފަރުވާ ދޭ ހާއްސަ ދެ ޑޮކްޓަރަކު ރާއްޖޭގައި ކުރިއަށް އޮތް ދެ ދުވަހު ފަރުވާ ދޭނެ ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.

މިއޮޓް ހޮސްޕިޓަލުން ބުނީ، އެ ދެ ޑޮކްޓަރުން މާދަމާ އާއި އަންނަ ބުދަ ދުވަހު ކުޑަކުދިން ބަލާނީ މާލޭގައި ހުންނަ ދި ކްލިނިކްގައި ކަމަށެވެ.

މިއޮޓް ހޮސްޕިޓަލުން ބުނީ އުމުރުން 15 އަހަރުން ދަށުގެ ކުދިންގެ ހިތުގެ ބަލީގެ އަލާމާތެއް ހުރެގެން ނުވަތަ ދެވަނަ ޑޮކްޓަރެއްގެ ހިޔާލު ހޯދަން ބޭނުން ނަމަ އެ ފުރުސަތު ދި ކްލިނިކުން ލިބޭނެ ކަމަށެވެ.

އެ ކްލިނިކުގައި ކުޑަކުދިން ބަލާނީ މިއޮޓް ހޮސްޕިޓަލްގެ ޑިރެކްޓަރު އެންޑް ޗީފް ޕީޑްރިއެޓްރިކް ކާޑިއެކް ސާޖަން، ޑރ. ރޮބާޓޯ ކޮއެލޯ އަދި އިންޓަވެންޝަނަލް ޕީޑިއެޓްރިކް ކާޑިއޮލޮޖިސްޓް ޑރ. ރ. ސައިލީލާ އެވެ.

މިއޮޓް ހޮސްޕީޓަލްގެ ޑިރެކްޓަރު އެންޑް ޗީފް ޕީޑްރިއެޓްރިކް ކާޑިއެކް ސާޖަން، ޑރ. ރޮބާޓޯ ކޮއެލޯ

މިއޮޓް ހޮސްޕީޓަލްގެ ޑިރެކްޓަރު އެންޑް ޗީފް ޕީޑްރިއެޓްރިކް ކާޑިއެކް ސާޖަން، ޑރ. ރޮބާޓޯ ކޮއެލޯ

ޑރ. ރޮބާޓޯ އަކީ އިންޑިއާގައި ކުޑަކުދިންގެ ހިތުގެ ޑޮކްޓަރުންގެ ތެރެއިން އެންމެ މަޝްހޫރު އެކެކެވެ. އޭނާ ވަނީ 20 އަހަރު ދުވަހުގެ ތަޖުރިބާއާއެކު، 30 އަށް ވުރެ ގިނަ ގައުމަކުން 6،000 އަށް ވުރެ ގިނަ ހިތުގެ ސާޖަރީ ކޮށްފަ އެވެ.

ޑރ. ސައިލީލާ އަކީ ރަނގަޅު ތަމްރީނެއް ލިބިފައިވާ ތަޖުރިބާކާރު އިންޓަވެންޝަނަލް ޕީޑްރިއެޓިކް ކާޑިއޮލޮޖިސްޓެއް ކަމަށް މިއޮޓް ހޮސްޕިޓަލުން ބުނެ އެވެ. އޭނާ އަކީ 18 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހޯދާފައިވާ އަދި 2،000 އަށް ވުރެ ގިނަ ޕީޑިއެޓްރިކް ކާޑިއެކް އިންޓަވެންޝަން ފުރިހަމަކޮށްފައިވާ ޑޮކްޓަރެކެވެ.

އެ ދެ ޑޮކްޓަރުންނަށް ދައްކަން ބޭނުންވާ މީހުން ކުރިއާލައި ރަޖިސްޓަރި ކުރަންޖެހޭ ކަމަށް މިއޮޓް ހޮސްޕިޓަލުން ބުނެ އެވެ. ދި ކްލިނިކުގެ ފޯނު ނަމްބަރު 3334888 އަށް ގުޅައިގެން ނުވަތަ 9477294 / 9326772 އަށް ވައިބަ ކޮށްގެން އެޕޮއިންޓްމެންޓް ހެއްދޭނެ ކަމަށް މިއޮޓް ހޮސްޕިޓަލުން ބުންޏެވެ. އަދި އެ ހޮސްޕިޓަލްގެ ވެބްސައިޓް މެދުވެރިކޮށް ވެސް ރަޖިސްޓަރީ ކުރެވޭނެ އެވެ.