15 އެޕްރީލް 2018
ސިއްހީ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުން ނަމަ އެ ބޭފުޅުން ކަންބޮޑުވާ މިންވަރަށް ރާއްޖޭގައި މި ދަނީ ފާސްޓް ފުޑް ވިއްކާ ތަންތަން އިތުރުވަމުންނެވެ. އޭގެ މާނައަކީ، އެ ވިޔަފާރި ފުޅާވަމުން ދަނީ، އާންމުންގެ ޑިމާންޑް ވެސް ބޮޑުވެގެން ކަމެވެ. ހަގީގަތަކީ، އާބާދީ އަށް ބަލާއިރު، ހާއްސަކޮށް މާލޭގައި ޖަންކް ފުޑް ވިއްކާ ތަންތަން މިއޮތީ ފުނިޖެހިފައި ކަމެވެ. އަނެއް ހަގީގަތަކީ އެ ހުރިހާ ތަނެއްހެން އޮންނަނީ ފުރިފައި ކަމެވެ. އެހެންވެ، އަމިއްލަ އުފެއްދުންތައް ފަހަނައަޅައި ބައިނަލްއަގުވާމީ ފާސްޓް ފުޑް ބްރޭންޑްތައް މިހާރު މި ވަނީ ރާއްޖެ އަށް މަރުހަބާ ކިޔައިފަ އެވެ! އެ ލިސްޓްގައި ދުނިޔޭގެ އެންމެ މަގުބޫލު ބައިވަރު އެހެން ބްރޭންޑްތައް ވެސް އަދި އެބައޮތެވެ.
ސިއްހީ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުން ނަމަ އެ ބޭފުޅުން ކަންބޮޑުވާ މިންވަރަށް ރާއްޖޭގައި މި ދަނީ ފާސްޓް ފުޑް ވިއްކާ ތަންތަން އިތުރުވަމުންނެވެ. އޭގެ މާނައަކީ، އެ ވިޔަފާރި ފުޅާވަމުން ދަނީ، އާންމުންގެ ޑިމާންޑް ވެސް ބޮޑުވެގެން ކަމެވެ. ހަގީގަތަކީ، އާބާދީ އަށް ބަލާއިރު، ހާއްސަކޮށް މާލޭގައި ޖަންކް ފުޑް ވިއްކާ ތަންތަން މިއޮތީ ފުނިޖެހިފައި ކަމެވެ. އަނެއް ހަގީގަތަކީ އެ ހުރިހާ ތަނެއްހެން އޮންނަނީ ފުރިފައި ކަމެވެ. އެހެންވެ، އަމިއްލަ އުފެއްދުންތައް ފަހަނައަޅައި ބައިނަލްއަގުވާމީ ފާސްޓް ފުޑް ބްރޭންޑްތައް މިހާރު މި ވަނީ ރާއްޖެ އަށް މަރުހަބާ ކިޔައިފަ އެވެ! އެ ލިސްޓްގައި ދުނިޔޭގެ އެންމެ މަގުބޫލު ބައިވަރު އެހެން ބްރޭންޑްތައް ވެސް އަދި އެބައޮތެވެ.
ސިއްހީ ބޭފުޅުން ގަބޫލުކުރައްވާ ގޮތުގައި މިއީ އާންމު ސިއްހަތަށް އަޅާ ނުރައްކާތެރި ރަނގަބީލެކެވެ. ދިވެހިންނަކީ އާންމު ދިރިއުޅުމުގައި ވެސް ތެލާއި ހަކުރާއި މިހެން ގޮސް، ސިއްހަތަށް ސީދާ ގެއްލުންދޭ އާދަތަކާ ދޯހަޅި ބަޔަކަށް ވާއިރު، މިކަހަލަ ފާސްޓް ފުޑްތައް ރާއްޖެ އަންނައިރު ދިވެހިން ޖަންކް ފުޑާ ވަރަށް ބޮޑަށް ދުރުކުރަން ޖެހޭ ކަމަށް އެ ބޭފުޅުން ގަބޫލު ކުރައްވަ އެވެ. އެކަމަށް ބޭނުން ވަނީ ގައުމީ ފެންވަރުގެ ކެމްޕޭނެކެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންމެ ފަހުގެ ދިރާސާތަކަށް ބަލާއިރު ބިރުވެރިކަން ވަރަށް ބޮޑެވެ. ދިރާސާ ދައްކާގޮތުން ރާއްޖޭގެ އާބާދީގެ 93.6 ޕަސެންޓް މީހުންނަކީ ތަރުކާރީ އާއި މޭވާ، ހަށިގަނޑަށް ބޭނުންވާ މިންވަރަށް ނުކާ މީހުންނެވެ. އާބާދީގެ 37.1 ޕަސެންޓް މީހުން، ހުންނަންވާ ބަރުދަނަށް ވުރެ އިތުރެވެ. އަދި 73.8 ޕަސެންޓް މީހުން ކަސްރަތު ކުރާ މިންވަރު މަދެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖެއިން މަރުވާ މީހުންގެ 81 ޕަސެންޓް މީހުން މަރުވަނީ ގައިންގަޔަށް ނާރާ ބަލިތަކުގަ އެވެ. އެއީ ހިތުގެ މައްސަލަތަކާއި ކެންސަރު ފަދަ ބަލިތަކެވެ. އެފަދަ ބަލިތައް ޖެހޭ މައިގަނޑު ސަބަބަކީ ދުންފަތުގެ އިސްތިއުމާލު ކުރުމާއި ރަނގަޅު ކާނާ ނުކެއުމުގެ އިތުރުން ކަސްރަތު ނުކުރުމެވެ.
ފާސްޓް ފުޑް ރެސްޓޯރެންޓްތަކުގައި ތެލާއި ޗީޒް ހިމެނޭ ގިނަ ކެއުންތައް ހަދާއިރު އެ ކެއުންތަކުގައި ލޮނާއި ސަރުބީ ހިމެނޭ ގިނަ މާއްދާތަކެއް އެކުލެވިގެންވެ އެވެ. އެފަދަ ކެއުންތަކާ އެކު އެ ތަންތަނުގައި ބުއިމަށް ދެނީ ހަކުރު މަތީ ބުއިންތަކެވެ. މިއީ މުޅިންހެން ސިއްހަތަށް ނުރައްކާ އެއްޗިއްސެވެ.
ސިއްހީ މާހިރުންގެ ދިރާސާތަކަށް ބަލާއިރު ފާސްޓް ފުޑް ކެއުމުން ހަށިގަނޑަށް، ދުވާލަކު ބޭނުންވާ މިންވަރަށް ވުރެ އިތުރަށް ހަކަތަ ލިބި އޭގެ ސަބަބުން ބޮޑެތި ބަލިތަކާ ކުރިމަތިވެ އެވެ. އެ ތަކެތީގައި ހިމެނޭ ސަރުބީ ކަމަށްވާ "ޓްރާންސް ފެޓްސް" އަކީ ހިތާއި ލޭ ހޮޅިތަކުގެ ދުޝްމަނެކެވެ.
ދުވާލެއްގެ މައްޗަށް އިންސާނަކަށް އާންމުކޮށް ބޭނުންވަނީ 1500 އާއި 2000 ދެމެދުގެ ކެލޮރީސް އެވެ. ފާސްޓް ފުޑް ތަންތަނުން ވިއްކާ ބާގާއެއްގައި އެކަނި ވެސް 540 އެއްހާ ކެލޮރީސް ހުރެ އެވެ. އަދި އެއާއެކު ކާ ޗިޕްސް އާއި މަޔޯނައިސްއާ އެކު ކެލޮރީސްގެ އަދަދު 1500 އާ ގާތްކުރެ އެވެ. މިއީ ހަށިގަނޑަށް ބޭނުންނުވާ ވަރަށް ކެލޮރީސް ލިބިދޭ ކާނާތަކެވެ. އެފަދަ ކެއުމެއް ކައިފި ނަމަ ކަސްރަތުކޮށް އެ ކެލޮރީސް ދުއްވާލަން ޖެހެ އެވެ. ނަމަވެސް މައްސަލައަކީ، ކެއުމަށް ފަހު ގިނަ ދިވެހިންނަކީ ކަސްރަތު ކުރާ ބަޔަކަށް ނުވުމެވެ.
ގައިންގަޔަށް ނާރާ ބަލިތައް ނައްތާލުމަށް މަސައްކަތް ކުރާ ޖަމިއްޔާ، މޯލްޑިވްސް އެންސީޑީ އެލަޔަންސްގެ ފައުންޑާ ޑރ. އަބްދުލް މަލިކް ވިދާޅުވި ގޮތުގައި އަލަށް ތައާރަފުވާ ރެސްޓޯރެންޓްތަކާ އެކު ފާސްޓް ފުޑްގެ ސަބަބުން ފަލަ ވާ މީހުން އިތުރުވެ، ގައިންގަޔަށް ނާރާ ބަލިތައް އިންތިހާ އަށް އިތުރުވުމުގެ ބިރު އެބައޮތް ކަމަށެވެ.
"ހިތުގެ ބަލި، ހަކުރު ބަލި، ލޭމައްޗަށް ދިއުން، ކެންސާ، ފުއްޕާމޭގެ ބަލި، ސްޓްރޯކް ފަދަ ބަލުތައް އިތުރުވާނެ، ބަރުދަން އިތުރުވާ މީހުން އިތުރުވާ ވަރަކަށް މި ބަލިތައް އިތުރުވާނެ،" ނުރައްކާތެރިކަން ފާހަގަ ކުރައްވަމުން މަލިކް ވިދާޅުވި އެވެ.
ރާއްޖޭގެ ސިއްހީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވަމުން ގެންދަވާ، ހުރި މަގާމުގެ ގޮތުން ނަން ހާމަކުރަން ނޭދޭ ޑޮކްޓަރަކު ވިދާޅުވި ގޮތުގައި ދުނިޔޭގެ މަޝްހޫރު ފްރެންޗަައިޒްތައް ގެނައުމުން ކުޑަކުދިންނާއި ޒުވާނުން އެ ކެއުންތަކަށް ދޭ އިސްކަން ބޮޑުވާ ކަމަށެވެ. އޭގެ ސަބަބުން ރަނގަޅު ކާނާ ކެއުމުގެ މުހިންމުކަމުގެ މައުލޫމާތު ދިނަސް އަމަލު ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ސިއްހަތައް ނުރައްކާތެރި ކާނާ ލިބުން ވެސް މާ އިތުރު ރަނގަޅު ކާނާއަށް ވުރެ. އެފަދަ ތަންތަން މާ ގިނަ. އެހެންވުމުގެ ސަބަބުން އޮޓޮމެޓިކްކޮށް މީހުން ކާން ފަށާ ސިއްހަތަށް ނުރައްކާ ކާނާތައް. އަދި އެފަދަ ކާނާތަކުގެ އަގު ވެސް މާ ހެޔޮ،" ތަޖުރިބާކާރު ޑޮކްޓަރު ވިދާޅުވި އެވެ.
އެމެރިކާ ފަދަ ގައުމުތަކުގައި މިހާރު އަމަލުކުރާ އުސޫލުތަކަށް ބަލާއިރު ފާސްޓް ފުޑް ވިއްކޭނީ ކެލޮރީސް ކޮންޓްރޯލް ކޮށްގެންނެވެ. އިނގިރޭސިވިލާތް ފަދަ ޔޫރަޕުގެ ތަރައްގީވެފައިވާ ގައުމުތަކުގައި ވިއްކާ ކާބޯތަކެތީގައި ކެލޮރީސް ހިމެނޭ މިންވަރު ލިޔެފައި ހުންނަން ޖެހެ އެވެ. ބޭނުމަކީ ތިމާ އަށް މިކެވެނީ ކިހާ އަދަދެއްގެ ކެލޮރީސްއެއް ކަން އަންގައި މީހުން ސިއްހަތަށް ހޭލުންތެރި ކުރުމެވެ.
މިހާރު ރާއްޖޭގައި ފާސްޓް ފުޑް ވިއްކާ ތަންތަނުން ވިއްކާ ކާބޯތަކެތީގައި ކެލޮރީސް ހުންނަން ޖެހޭ މިންވަރު ވަކި މިންގަނޑަކަށް ބެހެއްޓުމަށް ޓަކައި، ގަވައިދު ހަދައި އެ ކަންކަން ތަންފީޒުކުރަން ޖެހޭ ކަމަށް ވެސް މަލިކް ވިދާޅުވި އެވެ.
"އަންހެލްޓީ ޕްރޮޑަކްޓް ވިއްކުން ގާނޫނެއްގެ ދަށުން ރެގިއުލޭޓް ކުރުން ވަރަށް މުހިންމު. ދުންފަތުގެ ގާނޫނާ ގަވައިދު އޮންނަ ގޮތަށް މިކަހަލަ [ފާސްޓް ފުޑް މޮނީޓާ ކުރެވޭނެ] ގާނޫނެއް ވެސް އޮންނަން ޖެހޭ،" މަލިކް ވިދާޅުވި އެވެ.
އެޗްޕީއޭގެ އިސް އޮފިޝަލަކު ވިދާޅުވީ ލައިފް ސްޓައިލް ޑިޒީސް ކޮންޓިރޯލް ކުރުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ސިއްހަތާ ގުޅުން ހުރި އެކިއެކި ދުވަސްތައް ފާހަގަ ކުރާއިރު އެކަން ކަމަށް ހޭލުންތެރި ކުރުމަށް ޕްރޮގްރާމްތައް ހިންގާ ކަމަށް އޭނާ ވިދާޅުވި އެވެ.
ހަމައެއާއެކު ސިއްހަތައް ފައިދާ ހުރި ތަކެތި ވިއްކާ ތަންތަން ހުޅުވުމަށް ބާރު އެޅުމުގެ ގޮތުން އެފަދަ ތަންތަނަށް ހާއްސަ އިނާއަތްތައް ދިނުމަކީ މުހިންމު ކަމެކެވެ. ރަނގަޅު ކާނާ ކާން ބަލާއިރު އެ ތަކެތީގެ އަގު ފާސްޓް ފުޑް ފަދަތަކެއްޗަށް ވުރެ ބޮޑު ވުމަކީ ވެސް ރަނގަޅު ކާނާ ކެއުމާ މީހުން ދުރުވާ ސަބަބެކެވެ. އެ ސިއްހަތަށް ނުރައްކާވާ ފާސްޓް ފުޑް ފަދަ ބާވަތްތަކުން ޓެކްސް ނަގާ މިންވަރު ބޮޑުކުރުމަކީ ދުނިޔޭގެ ގައުމުތަކުގައި އަމަލު ކުރަމުންދާ އުސޫލެކެވެ. ދުންފަތް ކޮންޓްރޯލް ކުރުމަށް ރާއްޖޭގައި ވެސް އެގޮތަށް އަމަލު ކުރެ އެވެ. ފާސްޓް ފުޑަށް ވެސް އެގޮތަށް އަމަލު ކުރުމަކީ އެފަދަ ކެއުންތަކުން މީހުން ދުރުކޮށްދޭނެ ސަބަބަކަށް ވާނެ އެވެ.
ބްރޭންޑަކަށް ފަހު ބްރޭންޑެއް ރާއްޖެ އަށް މިސްރާބު ޖަހާފައިވާއިރު މިއީ ބޮޑެތި ބަލިތައް ގިނަ ރާއްޖެ އަށް އޮތް ވަރަށް ބޮޑު ބިރެކެވެ. ކުރަންވީ ކަމަކީ އެފަދަ ތަންތަނަށް ވުރެ ގިނައިން، ސިއްހަތަށް ފައިދާހުރި ކާނާ ވިއްކާ ތަންތަން އިތުރުވާނެ ގޮތްތަކެއް ހަދަންވީ އެވެ. ސިއްހަތަށް ފައިދާ ހުރި ކާނާތަކަކީ ކޮބައިކަމާއި އޭގެ ފައިދާ އިންތިހާ އަށް ކިޔައިދޭންވީ އެވެ. ހަމައެހެންމެ، މީހުން ބިރު ގަންނަ ވަރަށް ޖަންކް ފުޑްގެ ނުރައްކާތެރިކަން ވެސް ކިޔައިދޭންވީ އެވެ. މިކަމަށް ބޭނުންވަނީ ގައުމީ ފެންވަރުގެ ކެމްޕޭނެކެވެ.
"ހިތުގެ ބައްޔަށް މަގުފަހިވާ ރިސްކުތައް އިތުރުވެއްޖެ"
ސްޓްރޯކާއި ހާޓްއެޓޭކާ ދެކޮޅަކަށް ކޮފީ
ކޮފީން ހިތުގެ ވިންދަށް ގެއްލުމެއް ނެތް: ދިރާސާ
މޮނިޓަރިން ރަށްރަށަށް ދެވޭނީ ޒަރޫރީ ބޭނުމަށް އެކަނި
ޔުކްރެއިނުގައި ތިބި 32 ދިވެއްސަކު ރާއްޖެ އަންނަނީ
އަމާޒު ބޯޓު ފުރީ މާލެ ލޮކްޑައުން ކުރިކަން ނޭނގި
ކޭސް 26 އަކީ ޕްރޮބަބްލް ކޭހެއް
ކޮފީ ނުބޯން ވަކި ވަގުތެއް އޮވޭތަ؟
ހަ އެތިކޮޅަށް ވުރެ ގިނައިން ޗިޕްސް ނުކާން ލަފައެއް
ދުވާލަކު ތިން ޖޯޑު ކޮފީ ބުއިމުގައި ފައިދާތަކެއް