Roadha Mihaaru
އެމްޓީސީސީއާ ޔަަންމާއިން ހާއްސަ ކެމްޕޭނެއް ފަށައިފި

އެމްޓީސީސީއާ ޔަންމާ ގުޅިގެން ހާއްސަ ސާވިސް ކެމްޕޭނެއް ފަށައިފި

26 ނޮވެމްބަރ 2018

މޯލްޑިވްސް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ޔަންމާ އޭޝިއާ ގުޅިގެން 'ޔަންމާ ސާވިސް ކެމްޕެއިން' ގެ ނަމުގައި ހާއްސަ ކެމްޕެއިނެއް މިއަދު ފަށައިފި އެވެ.

މުހައްމަދު ފައިޒާން އިސްމާއިލް މުހައްމަދު ފައިޒާން އިސްމާއިލް

މޯލްޑިވްސް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ޔަންމާ އޭޝިއާ ގުޅިގެން 'ޔަންމާ ސާވިސް ކެމްޕެއިން' ގެ ނަމުގައި ހާއްސަ ކެމްޕެއިނެއް މިއަދު ފަށައިފި އެވެ.

މާލެ ނޯތު ހާބަރުގައި ކެމްޕޭން ފައްޓަވައި ދެއްވަމުން އެމްޓީސީސީގެ ޖެނެރަލް މެނޭޖަރު އިސްލާއިލް އަދުހަމް ވިދާޅުވީ މި ކެމްޕޭން ކުރިއަށް ގެންދާނީ މިއަދުން ފެށިގެން މި މަހު 29ގެ ނިޔަލަށް ކަމަށެވެ.

އަދުހަމް ވިދާޅުވީ މި ކެމްޕޭންގެ ދަށުން މާލެ ނޯތު ހާބަރުގައި އެ ކުންފުންޏާ ޔަންމާ އޭޝިއާގެ ޓެކްނިކަލް ޓީމުން މިއަދާއި މާދަމާ ހަރަކާތްތެރި ވަމުން ދާނެ ކަމަށެވެ. އަދި ޔަންމާގެ ޓެކްނިކަލް ޓީމްތަކުން، އެ ބްރޭންޑްގެ އިންޖީނު އަޅާފައިވާ އޮޑިފަހަރު ސާވޭކޮށް، ކަސްޓަމަރުންނަށް ޖެނުއިން ސްޕެއާ ޕާޓްސްގެ މުހިންމުކަން ހާމަ ކޮށްދިނުމާ އެކު، ހޭލުންތެރި ކުރުމުގެ ހަރަކާތްތަކެއް ކުރިޔަށް ގެންދާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

އޭގެ އިތުރުން ޔަންމާ އާއި އެމްޓީސީސީން ވަނީ ޔަންމާ އޮރިޖިނަލް ސްޕެއަ ކިޓްތަކެއް ތައާރަފް ކޮށްފަ އެވެ. އެގޮތުން 500 ގަޑިއިރުގެ ތިން މެއިންޓަނަންސް ކިޓް ވަނީ ދައްކަލާފައެވެ. މި ކިޓް ގަތުމުން 25 ޕަސެންޓާއި 40 ޕަސެންޓާއި ދެމެދުގެ ޑިސްކައުންޓްވެސް ލިބެއެވެ. އެ ކުންފުނިން ބުނި ގޮތުގައި އެ ޕެކޭޖަކީ ހުރިހާ ސާމާނެއް އެކައްޗަކުން ލިބޭނެ ޕެކޭޖެކެވެ. އޭގެ ތެރޭގައި އަޑީ ތެޔޮ ފިލްޓަ، ޑީސަލް ފިލްޓަގެ އިތުރުން ޒިންކް ހިމެނެ އެވެ.

އަދުހަމް ވިދާޅުވީ ދ. މީދޫގައި ވެސް މި ކެމްޕޭން ކުރިޔަށް ގެންދަން ހަމަޖެހިފައިވާ ކަމަށެވެ. އަދި 29 ނޮވެމްބަރު 2018 ގައި ކެމްޕޭން ނިމުނު ކަމުގައި ވިޔަސް ކުރިޔަށް އޮތް އަހަރު ރާއްޖޭގެ ގިނަ އަތޮޅުތަކެއްގައި މިފަދަ ކެމްޕޭން ކުރިޔަށް ގެންދާނެ ކަމަށް އަދުހަމް ފާހަގަ ކުރެއްވި އެވެ.

އެމްޓީސީސީ އަކީ ޔަންމާ އިންޖީނުގެ އަދި ސުޒުކީ އައުޓްބޯޑް އިންޖީނުގެ އިތުރުން ކާސްޓްރޯލް އަޑީތެލާ، ސިގްމާ އެންޓިފައުލިން ސިސްޓަމް އަދި ސްކޮޓް ބާޑަ ބްރޭންޑްގެ ފައިބަރު ކުރަން ބޭނުން ކުރާ ސާމާނުގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ. އަދި ދަތުރުފަތުރުގެ ހިދުމަތާއި ބަނދަރު ހެދުމާއި، ބިންހިއްކުން ފަދަ މަސައްކަތް ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ފޯރުކޮށްދޭ ކުންފުންޏެކެވެ.