15 މާޗް 2021
އެމްޓީސީސީ ކަށަވަރަކީ ރާއްޖޭގެ މަސްވެރިކަމާއި، ޓޫރިޒަމް ދާއިރާގެ އިތުރުން އާންމު ދަތުރުފަތުރުގެ ތެރެއިން ފަސިންޖަރުންނާއި، މުދާ އުފުލުމުގައި ބޭނުންކުރާ އޮޑި ފޯނިފަހަރު ގެންގުޅޭ ފަރާތްތަކުގެ މެދުގައި ނަން މަޝްހޫރު ޝޯ ރޫމެކެވެ. މިއީ ދޯނިފަހަރުގައި އަޅާ އިންޖީނާއި، މިފަދަ އުޅަނދު ބަނެ، މަރާމާތުކުރުމަށް ބޭނުންވާ ތަކެއްޗާއި، ހިދުމަތްތައް ފޯރުކޮށްދޭ، އާންމުންގެ މެދުގައި މަގުބޫލު ޒަމާންވީ އެކުވެރިއެކެވެ.
އެމްޓީސީސީ ކަށަވަރަކީ ރާއްޖޭގެ މަސްވެރިކަމާއި، ޓޫރިޒަމް ދާއިރާގެ އިތުރުން އާންމު ދަތުރުފަތުރުގެ ތެރެއިން ފަސިންޖަރުންނާއި، މުދާ އުފުލުމުގައި ބޭނުންކުރާ އޮޑި ފޯނިފަހަރު ގެންގުޅޭ ފަރާތްތަކުގެ މެދުގައި ނަން މަޝްހޫރު ޝޯ ރޫމެކެވެ. މިއީ ދޯނިފަހަރުގައި އަޅާ އިންޖީނާއި، މިފަދަ އުޅަނދު ބަނެ، މަރާމާތުކުރުމަށް ބޭނުންވާ ތަކެއްޗާއި، ހިދުމަތްތައް ފޯރުކޮށްދޭ، އާންމުންގެ މެދުގައި މަގުބޫލު ޒަމާންވީ އެކުވެރިއެކެވެ.
ކަށަވަރު ޝޯ ރޫމް ވުޖޫދަށް އައުމުގެ ބިންގާ އެޅީ 1980 ވަނަ އަހަރު އެވެ. އޭރު ސަރުކާރުން ހިންގަމުންދިޔަ "މޯލްޑިވްސް އިންޖީނު ސާވިސް ސެންޓަރު" އެމްޓީސީސީގެ ދަށަށް ގެނެސް "އެމްޓީސީސީ ސޭލްސް ސެންޓަރު"ގެ ނަމުގައި ހިންގަން ފެށި އެވެ. އެންމެ ފުރަތަމަ މިތަނުން ދެމުންދިޔަ ހިދުމަތްތަކަކީ ދިވެހި މަސްވެރި އުޅަނދުފަހަރަށް ހާއްސަކޮށް ޔަންމާ އިންޖީނު ވިއްކުމާއި، އަޅައިދިނުން އަދި މަރާމާތު ކުރުމުގެ ހިދުމަތެވެ. އެމްޓިސީސީ ސޭލްސް ސެންޓަރުގެ ނަން 1994 ވަނަ އަހަރު "ޔަންމާ ސޭލްސް އެންޑް އާފްޓާ ސޭލްސް"ގެ ނަމަށް ބަދަލު ކުރެވުނެވެ. އަދި ޒަމާން ބަދަލްވެ، ވިޔަފާރި ފުޅާވެ، އެމްޓީސީސީ ކަށަވަރުން ލިބޭ ބްރޭންޑްތަކާއި، ހިދުމަތްތައް އިތުރުވަމުންގޮސް، 2007 ވަނަ އަހަރު އެތަނުގެ ނަން "އެމްޓީސީސީ ކަށަވަރު"ގެ ނަމަށް ބަދަލުކުރި އެވެ. މިއަދު އެމްޓީސީސީ ކަށަވަރަކީ އޮނޑިދޯނިފަހަރަހަށް ދިމާވާ ކޮންމެ މައްސަލައެއްގެ ހައްލު ޔަގީންކަމާ އެކު އަތްފޯރާފަށުގައި ލިބޭ ތަނެކެވެ.
އެމްޓީސީސީ ކަށަވަރުން ކަނޑުދަތުރުކުރާ އުޅަނދުފަހަރަށް ހާއްސަ ދުނިޔޭގެ ނަން މަޝްހޫރު ގިނަ ބްރޭންޑުތަކެއްގެ ސާމާނު ރާއްޖޭގެ މާކެޓަށް ތައާރަފްކޮށް އަންނަނީ ވިއްކަމުންނެވެ. އައުޓްބޯޑު އަދި އިންބޯޑު އިންޖީނަށް ހާޢްސަ ބައިނަލްއަގްވާމީ ބްރޭންޑުތައްކަމަށްވާ ސުޒުކީ އަދި ޔަންމާ އިންޖީނު މި ޝޯ ރޫމުން ލިބެ އެވެ. އިންޖީނު އަދި ޖަނަރޭޓަރުތަކަށް ހާއްސަ އަޑީ ތެލުގެ ބާވަތްތައް އުފައްދާ ކާސްޓްރޯލް ބްރޭންޑަކީ ރާއްޖޭގައި ކަށަވަރު ޝޯ ރޫމުން ވިއްކާ އެންމެ މަގްބޫލު އެއް ބްރޭންޑެވެ.
އެމްޓީސީސީ މުވައްޒަފުންތަކެއް އާފްޓާ ސޭލްސް ހިދުމަތް ދެނީ
މެރިން ދަވާދާއި އެންޓިފައުލިން އުފައްދާ ޕީޕީޖީ ބްރޭންޑުގެ އުފެއްދުންތަކާއި، ހުންގާނު ސިސްޓަމް އުފައްދާ މެރޯލް ބްރޭންޑާއި، އިންޖީނުތަކަށް ބޭނުންވާ ފިލްޓަރު އުފައްދާ ޑޮނަލްޑްސަން ބްރޭންޑުގެ ފިލްޓަރު ވެސް އެމްޓިސީސީ ކަށަވަރުން ލިބެން ހުރެ އެވެ. މީގެ އިތުރުން އިންޑަސްޓްރިއަލް ގޭހުގެ ބާވަތްތަކުގެ ތެރެއިން އެސެޓްލިން، އޮކްސިޖަން، އާގަން އަދި ކާބަންޑައިއޮކްސައިޑް ވެސް ކަށަވަރުން ލިބެން ހުރެ އެވެ.
އޮޑިދޯނިފަހަރު ބަނނުމާއި މަރާމާތުކުރުމަށް ހާއްސަ ރެސިން، ޖެލްކޯޓް، ޕިގްމަންޓު، ފައިބާ ގްލާސް މެޓްގެ އިތުރުން ފެން ޕަންޕް، ޖަނަރޭޓާ، ލައިޓިން އަދި އެހެނިހެން އާލާތްތަކާއި ސާމާނު ކަސްޓަމަރުންނަށް ތަފާތު އަގުތަކުގައި އެމްޓީސީސީ ކަށަވަރުން ލިބޭނެ އެވެ. އެހެންކަމުން މިއީ އޮޑިދޯނިފަހަރަށް ކުރިމަތިވާ ކޮންމެ މައްސަލައެއްގެ ހައްލު ޔަޤީނުން ލިބޭ ތަނެކޭ ބުނެވިދާނެ އެވެ.
ޔަންމާ އިންޖީނަކީ 1973 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ވިއްކަމުން އަންނަ ބައިންލްއަގުވާމީގޮތުން ވެސް ފާހަގަކޮށްލެވޭ އިންޖީނެކެވެ. ޔަންމާ އިންޖީނަކީ ދިވެހިންގެ މެދުގައި އެންމެ މަގުބޫލް އެއް އިންޖީނެވެ. ހާޢްސަކޮށް މަސްވެރިންގެ މެދުގައި ޔަންމާ އިންޖީނުގެ މަގްބޫލުކަން އެހާ ބޮޑެވެ. އެހެން ދާއިރާތަކުގެ އޮޑިވެރިންގެ މެދުގައި ވެސް މިއީ ނަން މަޝްހޫރު ބްރޭންޑެކެވެ. އެމްޓީސީސީ ކަށަވަރުން ޔަންމާގެ އެކި ބާވަތުގެ އިންޖީނު ލިބެން ހުރެ އެވެ. މަސްވެރިކަމާއި، ޓޫރިޒަމް ދާއިރާގެ އިތުރުން އާންމު ކަނޑު ދަތުރުފަތުރުކުރާ އުޅަނދުފަހަރުގައި އަޅަން އެންމެ އެކަށީގެންވާ ޒާތުގެ 35 ހޯސް ޕަވަރުން ފެށިގެން 1200 ހޯސް ޕަވަރާ ހަމަޔަށް ޔަންމާ އިންޖީނު އެމްޓީސީސީ ކަށަވަރުން ލިބެން ހުރެ އެވެ.
ޔަންމާ އިންޖީނު. އެމްޓީސީސީން މި އިންޖީނު ރާއްޖޭގެ ބާޒާރަށް ނެރުނީ 1973 ވަނަ އަހަރު
ކަސްޓަމަރުންނަށް ވީހާ ވެސް ލުއިފަސޭހަ ގޮތްތަކެއް ފޯރުކޮށްދިނުމަށްޓަކައި ޔަންމާ އިންޖީން ގަންނަ ފަރާތްތަކަށް ހާއްސަ ގިނަ ޕްރޮމޯޝަންތަކެއް އެމްޓީސީސީ ކަށަވަރުން އަބަދުވެސް ކުރިޔަށް ގެންދެ އެވެ. ޔަންމާ އިންޖީނު ތިން އަހަރު ދުވަހުގެ މުއްދަތަށް ބަހާލައިގެން ފައިސާ ދެއްކޭނެ ލުއިފަސޭހަ ގޮތްތަކެއް ވެސް އެމްޓީސީސީ ކަށަވަރުން މިހާރުވެސް އަންނަނީ ފޯރުކޮށްދެމުންނެވެ.
ޖަޕާނުގެ މަގްބޫލް ސުޒުކީ އައުޓްބޯޑް އިންޖީނު ރާއްޖޭގެ ބާޒާރަށް އެންމެ ފުރަތަމަ ތައާރަފްކޮށްފައި ވަނީ މެއި 28، 2007 ގަ އެވެ. މި އިންޖީނުތަކަކީ ދުވެލި ބާރު، ތެޔޮހަރަދުކުޑަ އަދި ގިޔަރު ވަރުގަދަ އިންޖީނުތަކެކެވެ. ބައިނަލްއަގުވާމީ އެތައް އެވޯޑެއް ހޯދާފައިވާ މި އިންޖީނުގެ 2.5 ހޯސްޕަވާ އާއި 325 ހޯސް ޕަވާ އާއި ދެމެދުގެ އިންޖީނުތައް އެމްޓީސީސީ ކަށަވަރުން ލިބެން ހުރެ އެވެ. މިއީ ދަތުރުފަތުރުގެ ހިދުމަތްތައް ފޯރުކޮށްދިނުމުގަ އާއި، މަސްވެރިކަން ނުވަތަ އަމިއްލަ ބޭނުމަށް ގެންގުޅޭ ކަނޑުދަތުރުކުރާ ހައި ސްޕީޑް އުޅަނދުތަކުގައި ވެސް އެޅުމަށް ދިވެހިންގެ ތެރޭގައި މަގްބޫލްކަން ހޯދަމުން އަންނަ އުފެއްދުމެކެވެ.
ސުޒުކީ އައުޓްބޯޑު އިންޖީން
އެމްޓީސީސީ ކަށަވަރުން ސުޒުކީ އިންޖީނު ގަންނަ ފަރާތްތަކަށް ވެސް ހާއްސަ އެކި ޕްރޮމޯޝަންތައް އަބަދުވެސް އަންނަނީ ހިންގަމުންނެވެ. ކަސްޓަމަރުންނާއި އިންޖިނޭރުންނަށް އިންޖީނު ބަލަހައްޓާނެ ގޮތުގެ އަމަލީ ތަމްރީނު ދިނުމަކީ ވެސް މެދުކެޑުމެއްނެތި އެމްޓިސީސީ ކަށަވަރުން ކުރަމުންގެންދާ މަސައްކަތެކެވެ. އަދި މީގެއިތުރުން އެމްޓީސީސީ ކަށަވަރު ވިއްކާ ސުޒުކީ އިންޖީންތަކަށް ވޮރަންޓީގެ އިތުރުން އާފްޓަސޭލްސް ހިދުމަތް ވެސް ދަނީ ފޯރުކޮށްދެމުންނެވެ. އިންސްޓޯލްމަންޓަށް އިންޖީނު ނެގޭނެ ގޮތްތަކެއް ވެސް ވަނީ ތައާރަފް ކޮށްފަ އެވެ.
އަޑިތެޔޮ އުފެއްދުމަށް ދުނިޔޭގެ އެންމެ މަޝްހޫރު ބީޕީ ކުންފުނީގެ ކާސްޓްރޯލް ބްރޭންޑްގެ އަޑިތެލަކީ މުޅި ދުނިޔޭގައި ވެސް އެންމެ ގިނަބަޔަކު އިތުބާރުކުރާ އެއް އަޑީތެލެވެ. ކާސްޓްރޯލަކީ 100 އަށް ވުރެ ގިނަ އަހަރުވީ ބްރޭންޑެކެވެ. އެމްޓީސީސީ ކަށަވަރުން ރާއްޖޭގެ ބާޒާރަށް 1994 ވަނަ އަހަރު ކާސްޓްރޯލް ތައާރަފް ކުރެވުނު ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް ކާސްޓްރޯލް ވެފައިވަނީ ދިވެހިންގެ މެދުގައި އިތުބާރު ލިބިފައިވާ ބްރޭންޑަކަށެވެ.
އެމްޓީސީސީ ކަށަވަރުން ވިއްކާ ބައެއް ސާމާނު--ފޮޓޯ:އެމްޓީސީސީ
ކާސްޓްރޯލްގެ އުފެއްދުންތަކަކީ ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރާއި، ކަރަންޓް އުފެއްދުމަށް ބޭނުންކުރާ ބޮޑެތި ޖަނަރޭޓަރު އަދި އެއްގަމު އުޅަނދުފަހަރުގައި ވެސް ބޭނުންކުރަމުންދާ އުފެއްދުންތަކެކެވެ. އިންޖީނުތަކަށް ކާސްޓްރޯލް އަޑިތެޔޮ ބޭނުންކުރުމުގެ ސަބަބުން އިންޖީނަށް ކުރާ ހަރަދުކުޑަވެފައި އިންޖީނުގެ އުމުރު ދިގުކަން ފާހަގަކުރެވެ އެވެ. އެމްޓީސީސީ ކަށަވަރުގެ ކަސްޓަމަރުންނަށް ކާސްޓްރޯލްގެ އެކި ބާވަތްތަކުގެ އުފެއްދުންތައް ރަގަނޅު އަގުތަކުގައި ދަނީ ފޯރުކޮށްދެމުންނެވެ. މިއީ މިހާރު ރައްޖޭގައި އެންމެ ގިނައިން ބޭނުންކުރާ އަޑީތެޔޮ ވެސް މެއެވެ. އެމްޓީސީސީ ކަށަވަރުން އަހަރެއްގެ މައްޗަށް އެއް މިލިއަން ލީޓަރަށްވުރެ ގިނައިން ކާސްޓްރޯލް އަޑީތެޔޮ ރާއްޖޭގެ ބާޒާރަށް ދަނީ ސަޕްލައި ކުރަމުންނެވެ.
ޕީޕީޖީ އިންޑަސްޓްރިއަލް އަދި މެރިން ދާވާދާއި އެންޓިފޯލިންގް އަކީ 1990 ގެ އަހަރުތަކުން ފެށިގެން އެމްޓީސިސީ ކަށަވަރުން ފޯރުކޮށްދޭ ބްރޭންޑެކެވެ. މިއީ ގުދުރަރީ ގޮތުންނާއި، އެހެނިހެން ގޮތްގޮތުން ދަގަނޑު ސްޓްރަކްޗާތަކާއި، ދަގަނޑު ޓޭންކްތަކާއި، ކަނޑުދަތުރުކުރާ އުޅަނދު ފަހަރަށް ލިބޭ ގެއްލުމުން ރައްކާތެރިކޮށް، މިފަދަ ތަކެތީގެ އުމުރު ދިގުކުރުމަށްޓަކައި ބޭނުންކުރާ ދަވާދާއި، އެހެނިހެން ކޯޓިންގްސް އުފައްދާ އެމެރިކާގެ ބްރޭންޑެކެވެ. އެމްޓީސީސީ ކަށަވަރުން މިބްރޭންޑުގެ އިންޑަސްޓްރިއަލް އަދި މެރިން ދަވާދާއި އެންޓިފޯލިންގް ގެ އެކި އުފެއްދުންތަށް ލިބެން ހުރެ އެވެ. ޕީޕީޖީގެ ކަނޑުދަތުރުފަތުރުކުރާ އުޅަނދަށް ހާއްސަ މެރިން އެންޓިފޯލިން، ޓޭންކް ކޯޓިން، އެކި ބާވަތުގެ ދަގަނޑު ސްރަކްޗާތަކަށް ހާއްސަ އެންޓި ކޮރޮސިވް ނުވަތަ އުޅަނދު ހަލާކުވެގެން ދިއުން ލަސްކޮށްދޭ ކޯޓިން ލިބެން ހުރެ އެވެ.
ގިނަ ބްރޭންޑުތަކުގެ ސާމާނު އެމްޓީސީސީ ކަށަވަރުން ޝޯ ރޫމުން ލިބެން ހުރެ އެވެ. އަދި އިންޖީން އެޅުމާއި، މިކަމާ ގުޅުން ހުރި ދާއިރާތަކަށް ހާއްސަ ގިނަ ހިދުމަތްތައް ވެސް އެމްޓިސީސީ އާފްޓަ ސޭލްސް ސެންޓަރުން ކަސްޓަމަރުންނަށް ފޯރުކޮށްދެ އެވެ. އާފްޓާ ސޭލް ސާވިސްގެ ތެރޭގައި ހިމެނެނީ ޓެކްނިކަލް ކޮންސަލްޓޭޝަން ދިނުމާއި، އޮޑިދޯނިފަހަރުގައި އިންޖީނު އަޅައިދިނުމާއި، އިންޖީނުގެ މަރާމާތާއި، މެއިންޓެނެންސް މަސައްކަތްތަކެވެ.
ސުޒުކީ ޝޯރޫމްގައި ހުރި އައުޓްބޯޑް އިންޖީނުތަކެއް
އެމްޓީސީސީ ކަށަވަރުން ލިބޭ ހިދުމަތްތަކާއި، ތަކެތި ބޭނުންކުރާ ކަސްޓަމަރުންނަށް އެމްޓީސީސީ ކަށަވަރުން އަބަދުވެސް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކާއި، ޕްރޮމޯޝަންތައް އަދި ހާއްސަ ސާވިސް ކެމްޕެއިންތައް ކުރިޔަށް ގެންދެ އެވެ. ކަށަވަރުގެ އަމާޒަކީ ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ އާއި، ޓޫރިޒަމާއި، ދަތުރުފަތުރުގެ ދާއިރާގައި ބޭނުންކުރާ އޮޑިދޯނިފަހަރަށް ބޭނުންވާ ކޮލިޓީ ރަނގަޅު، އިތުބާރު ހިފޭ މުދަލާއި ހިދުމަތްތައް އަތްފޯރާ ފަށުގައި އެއްފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމެވެ. މިތަނުން ވިއްކާ އިންޖީނާއި އެހެން އިކުއިޕްމަންޓު ހަރުކޮށްދީ، މަރާމާތުކުރުމަށް ކަށަވަރުގެ ޓީމްތައް އަތޮޅުތަކަށް ޒިޔާރަތްކޮށް، ދަނީ ކަސްޓަމަރުންނާއި ގާތުން ހިދުމަތް ފޯރުކޮށްދެމުންނެވެ. ކަށަވަރު ޝޯރޫމްގައި މިމަސައްކަތްތަކުގައި ހަރަކާތްތެރިވާ މުވައްޒަފުންނަކީ ކަމުގެ ފަންނީ ތަޖުރިބާ ލިބިފައިވާ، ހީވާގި އަދި ކަސްޓަމަރުންނާއި ގާތުން ހިދުމަތް ފޯރުކޮށްދިނުމުގެ ގާބިލްކަން ލިބިފައިވާ ޓީމެކެވެ.
މުސްތަގްބަލުގައި ވެސް އެމްޓީސީސީ ކަށަވަރުން މަސައްކަތް ކުރާނީ މިހާރު ލިބެން ހުރި ބްރޭންޑުތަކާއި ހިދުމަތްތައް އިތުރަށް ފުޅާކޮށް، ކަނޑު ދަތުރުފަތުރުކުރާ އުޅަނދުފަހަރަށް ހާޢްސަ ބައިނަލްއަގުވާމީ ބްރޭންޑް އަދި ހިދުމަތްތައް މެދުކެނޑުމެއް ނެތި ފޯރުކޮށްދިނުމަށެވެ. އަދި އުޅަނދުފަހަރަށް ހާޢްސަކޮށް ދުނިޔޭގައި ތައާރަފްކުރާ އާ އުފެއްދުންތަކާއި ހިދުމަތްތަށް ކަސްޓަމަރުންނަށް އަތްފޯރާފަށުގައި ފޯރުކޮށްދިނުމަށެވެ. މިއީ ކަސްޓަމަރުންގެ ހުރިހާ ބޭނުމެއްގެ ހައްލު ޔަގީންކޮށް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ތަނެއްގެ ގޮތުގައި އަބަދުވެސް ދެމިތޮތުމެވެ.
އާރްޓީއެލް: ރައްޔިތުންގެ ބޮޑު އިތުބާރެއް ލިބިއްޖެ
ޔަންމާގެ 1400 ހޯސްޕަވަރުގެ އިންޖީނަކާއި ސްޕީޑްބޯޓެއް
އާއްމު ދަތުރުތައް ކުރުމުގައި ހިތްހެޔޮކަމަކީ ސަޅިކަމެއް
އެމްޓީސީސީގެ ހުންގާނުގައި ކުންފުނީގެ ފިސާރި ކަނބަލުން
އެމްޓީސީސީން މާލީ ރެކޯޑަކަށް ފަހު ރެކޯޑެއް
އެމްޓީސީސީގެ މާލިމީ އާޒިމްގެ ކާމިޔާބު ދެ އަހަރު
އެމްޓީސީސީގެ 41 އަހަރުވީ ކާމިޔާބުގެ ދަތުރު
ދިވެހިންގެ މެދުގައި ނަން މަޝްހޫރު ކާސްޓްރޯލް
އެމްޓީސީސީގެ ފަހުރު: ގައުމު ބިނާކުރަން ދިވެހި ދަރިން
އެމްޓީސީސީ ފެރީ ނިޒާމު: 50 ޕަސެންޓަކީ އަންހެނުން