26 އެޕްރީލް 2021
ކުދި ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުޅޭ ރައްޔިތުން ފަސޭހަކަމާ އެކު ގުޅުވައިދޭ ވަސީލަތަކީ އެމްޓީސީސީގެ ދަތުރުފަތުރުގެ ވިއުގައޭ ބުނުން އެއީ ދޮގަކަށް ނުވާނެ އެވެ. ދަތުރުފަތުރުގެ ހިދުމަތަކީ އެމްޓީސީސީގެ 40 އަހަރުގެ ދިގު ދަތުރުގެ ވަރަށް ކުރީކޮޅު ފެށިގެން ދިޔަ ހިދުމަތެކެވެ. ސަރުކާރުގެ މެރިން ޑިވިޝަން 1981 ވަނަ އަހަރު ހަވާލުކުރެވުމާއެކު ފެށުނު ލޯންޗު ދަތުރުގެ ހިދުމަތް ވިޔަފާރީގެ އުސޫލުން ކުންފުނީގެ ފުރަތަމަ އަހަރުގައި ވެސް ފޯރުކޮށްދެމުން ގެންދެވުނެވެ. މިހާރު އެމްޓީސީސީން ފޯރުކޮށްދެމުން ގެންދާ އާންމު ކަނޑު ދަތުރުފަތުރުގެ ހިދުމަތް ފެށުނީ 2001 ވަނަ އަހަރު މާލެ އާއި ވިލިނގިއްޔާ ދެމެދު ފެރީގެ ހިދުމަތް ތައާރަފު ކުރެވުނު ހިސާބުންނެވެ.
ކުދި ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުޅޭ ރައްޔިތުން ފަސޭހަކަމާ އެކު ގުޅުވައިދޭ ވަސީލަތަކީ އެމްޓީސީސީގެ ދަތުރުފަތުރުގެ ވިއުގައޭ ބުނުން އެއީ ދޮގަކަށް ނުވާނެ އެވެ. ދަތުރުފަތުރުގެ ހިދުމަތަކީ އެމްޓީސީސީގެ 40 އަހަރުގެ ދިގު ދަތުރުގެ ވަރަށް ކުރީކޮޅު ފެށިގެން ދިޔަ ހިދުމަތެކެވެ. ސަރުކާރުގެ މެރިން ޑިވިޝަން 1981 ވަނަ އަހަރު ހަވާލުކުރެވުމާއެކު ފެށުނު ލޯންޗު ދަތުރުގެ ހިދުމަތް ވިޔަފާރީގެ އުސޫލުން ކުންފުނީގެ ފުރަތަމަ އަހަރުގައި ވެސް ފޯރުކޮށްދެމުން ގެންދެވުނެވެ. މިހާރު އެމްޓީސީސީން ފޯރުކޮށްދެމުން ގެންދާ އާންމު ކަނޑު ދަތުރުފަތުރުގެ ހިދުމަތް ފެށުނީ 2001 ވަނަ އަހަރު މާލެ އާއި ވިލިނގިއްޔާ ދެމެދު ފެރީގެ ހިދުމަތް ތައާރަފު ކުރެވުނު ހިސާބުންނެވެ.
އަހަރުތައް ފާއިތުވަމުން ދިޔަވަރަކަށް އެމްޓީސީސީން ގެންދިޔައީ ރައްޔިތުންނަށް ދެމުން ގެންދާ ދަތުރުފަތުރުގެ ހިދުމަތް ފުޅާކުރަމުންނެވެ. އެގޮތުން މިހާރު އެމްޓީސީސީ އަކީ ތަނަވަސް ގިމަތަތައް މެދުވެރިކޮށް ޝެޑިއުލް ފެރީގެ ހިދުމަތްތައް ގްރޭޓަރު މާލެ ސަރަހައްދުގައި ފުޅާކޮށް ދެމުންގެންދާ ކުންފުންޏެކެވެ. އަދި ހަ ޒޯނަކަށް ބަހާލައިގެން، ރާއްޖޭގެ 18 އަތޮޅަކަށް އިތުބާރު ހުރި ފެރީގެ ހިދުމަތްތައް ކުންފުނިން ދަނީ ފޯރުކޮށްދެމުންނެވެ. ހަމަ އެހެންމެ ފަހުގެ އަހަރުތަކުގައި ތައާރަފު ކުރެވުނު ޕްރިމިއަމް އަދި އެކްސްޕްރެސް ހިދުމަތުގެ ސަބަބުން އާންމު ފެރީތަކަށްވުރެ އަވަސް އަދި ތަނަވަސް ހިދުމަތްތަކެއް ހިޔާރުކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެން ދިޔަ އެވެ.
ރާއްޖޭގެ އަތޮޅުތަކާއި ރަށްތަކުގެ ބޮޑުބައެއް ގުޅުވާލަދޭ އެމްޓީސީސީގެ ފެރީ ހިދުމަތަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އަދި މަސައްކަތްކުރާ ރައްޔިތުން، އެކި ބޭނުންތަކަށް ދަތުރުކުރުމަށާއި، ކުރިއާލާ ރާވައިގެން އެއްތަނުން އަނެއްތަނަށް މުދާ ފޮނުވުމަށް ފުރުސަތު ހޯދައިދިން ހިދުމަތެކެވެ. އެ ކުންފުނީގެ މި ހިދުމަތް ބާއްޖަވެރި ފަތިހަކަށް އަލިވިލުނީ މި އަހަރުގެ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހު ސަރުކާރުން "އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫއުގެ ފުރަތަމަ ފިޔަވަހި އެމްޓީސީސީއާ ހަވާލުކުރުމުންނެވެ. މި މަޝްރޫއުކީ ދިވެހިރާއްޖެ ހައި-ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ މަޝްރޫއެކެވެ. މި ފެރީ ނިޒާމުން ލުއިފަސޭހަ އަވަސް ހިދުމަތެއް ދަތުރުކުރާ ފަރާތްތަކަށް ފޯރުކޮށްދެވޭނެ އެވެ. އަދި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނާއި އެއްގޮތްވާ ގޮތުގެމަތިން، ރާއްޖޭގެ އެކި ރަށްރަށުގައި ދިރިއުޅޭ ރައްޔިތުން ގުޅުވާލާ، އެ ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދެވޭނެ މަގު ފަހިވެގެންދާނެ އެވެ.
ފެރީގެ ހިދުމަތް ރާއްޖޭގެ ރަށްތަކަށް ވެސް އެމްޓީސީސީން ދޭ
މި މަޝްރޫއުއިން ރާއްޖޭގެ އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީގެ ދުވެލި ބާރުވެ، ސަރަހައްދީ ގޮތުން ރަށްތަކަށް ތަރައްގީ ލިބިގެން ދާނެ އެވެ. ހަ ޒޯނަކަށް ބަހާލައިގެން ސްޕީޑް ފެރީގެ ހިދުމަތް ފެށުމުގެ މަސައްކަތް އެކުންފުނިން ކުރަމުން އަންނައިރު މިއަހަރުގެ ނޮވެމްބަރުމަހު ފުރަތަމަ ޒޯންގެ ދަށުން އުތުރުގެ 3 އަތޮޅެއްގައި ސްޕީޑް ފެރީގެ ހިދުމަތް ފެށުމަށް ވަނީ ހަމަޖެހިފަ އެވެ. ފުރަތަމަ ޒޯނުގައި ހިމެނެނީ ހއ. އަތޮޅާއި ހދ. އަތޮޅާއި ށ. އަތޮޅެވެ. އަދި މި ހިދުމަތަށް ބޭނުންވާ މުވައްޒަފުން ހޯދުމުގެ މަސައްކަތް އެމްޓީސީސީން ދަނީ މިހާރު ކުރަމުންނެވެ.
މިގޮތުން 70 ވަޒީފާގެ ފުރުސަތު މިހާރު ވެސް ވަނީ ހުޅުވާލައިފަ އެވެ. ފެރީގައި މަސައްކަތް ކުރާނޭ ކެޕްޓަނުންނާއި ފަޅުވެރިންގެ އިތުރުން އިދާރީ އެކިއެކި މަގާމުތަކުގައި މަސައްކަތް ކުރާނޭ އިންސާނީ ވަސީލަތް ތަރައްގީކުރުމުގެ މަސައްކަތް ކުންފުނިން އޮތީ މެކުހަށް ޖަހައިފަ އެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީއަކީ، ކުންފުނީގެ ތަރައްގީގެ ދަތުރުގައި ދިވެހި މުވައްޒަފުންގެ ހިއްސާ ބޮޑު ކުންފުންޏެކެވެ. ތަފާސްހިސާބުތަކަށް ބަލާލާއިރު ކުންފުނީގައި މިހާރު ވަޒީފާ އަދާކުރާ 2000 މުވައްޒަފުންގެ ތެރެއިން 46.6 ޕަސެންޓު މުވައްޒަފުންނަކީ ދިވެހީންނެވެ. އެ ކުންފުނީގެ އަމާޒަކީ ކުންފުނީގެ މަސައްކަތްތަކުގައި ދިވެހި މުވައްޒަފުންގެ ބައިވެރިވުން އެއް އަހަރުން އަނެއް އަހަރަށް އިތުރުކުރުމެވެ. ވަކިން ހާއްސަކޮށް ކުންފުނީގެ ތަރައްގީގެ ދަތުރުގައި އަންހެން މުވައްޒަފުންގެ ބައިވެރިވުން އިތުރުކުރުމަކީ ކުންފުނިން ހާއްސަ އިސްކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތެކެވެ.
ދިވެހި އަންހެނުން ތަފާތު އެކި ދާއިރާތަކުގައި ފިރިހެނުންނާ އެއްހަމައެއްގައި ފައިހަމަކުރަމުންދާތަން މިއަދުގެ މުޖުތަމައުއިން ދަނީ ފެންނަމުންނެވެ. ދިވެހި އަންހެނުންނާ މެދު ޒަމާނުއްސުރެ މުޖުތަމައުގައި ހުރި ބޯދާ ވިސްނުންތަކާއި، ނަޒަރިއްޔާ ބަދަލުކުރުމަށް އަންހެނުން ވަނީ ގުރުބާނީތަކެއް ވެފަ އެވެ. އެ މީހުންގެ މި ގުރުބާނީގެ ދަތުރުގައި އިސް ދައުރެއް އަދާކުރުމަށް އެމްޓީސީސީ އޮތީ އަތުކުރި އޮޅާލައިގެންނެވެ. އެކުންފުނިން އިއުލާނުކުރާ އެއްވެސް ވަޒީފާއަކީ ވަކި ޖިންސަކަށް އަމާޒުކޮށްގެން އިއުލާނުކުރާ ވަޒީފާތަކެއް ނޫނެވެ.
އެމްޓީސީސީން އަތޮޅުތަކުގައި ދުއްވާ ފެރީއެއް
އަންހެނުންނަށް ވަޒީފާ އަދާކުރެވޭނީ ހަމައެކަނި މޭޒެއްގެ ދޮށުގައި އިނދެގެންނޭ ހީކުރެވުނު ޒަމާން މިހާރު ފަހަނައަޅައި ހިނގައްޖެ އެވެ. ލޯންޗެއްގެ ކެޕްޓަނެއް ނުވަތަ ފަޅުވެރިއެއްގެ މަސައްކަތް އަންހެނަކަށް އަދާނުކުރެވެންވީ އެއްވެސް ސަބަބެއް އޮތްކަމަކަށް އެމްޓީސީސީން ނުދެކެ އެވެ. ބޭނުންވަނީ ހިތްވަރާއި ނުގުޑާ ފަދަ އަޒުމެކެވެ. ބޭނުންވަނީ އަމިއްލަ ނަފްސަށް ކުރާ އިތުބާރެވެ. ދުނިޔޭގެ އެހެނިހެން ކަންކޮޅުތަކެކޭ އެއްފަދައިން ރާއްޖޭގައި ވެސް ވަކިކަހަލަ މަސައްކަތްތައް އަންހެނުން ކުރުމުގައި ގޮންޖެހުންތަކެއް ހުރިކަން ގަބޫލުކުރަމެވެ. ނަމަވެސް ގައުމެއް ބިނާކުރުމުގައި އަންހެނުންގެ ހިއްސާ އިތުރުވެ، އަދި ދެ ޖިންސުގެ ބައިވެރިވުން އެއް ހަމައެއްގައި ލިބުމުން ދިމިކްރާތީ ނިޒާމުގައި ހެޔޮވެރިކަމެއްގެ (ގުޑް ގަވަނަންސް) ސިފަ ޖެހި، މުޖުތަމައުގެ އިޖުތިމާއީ ހަމަޖެހުން ގާއިމުވެގެންދާނެ އެވެ. އެމްޓީސީސީގެ އަމާޒަކީ މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި އަންހެނުން އާންމުކޮށް މަސައްކަތް ނުކުރާ ދާއިރާތަކުގައި އަންހެނުންގެ ހިއްސާ އިތުރުކޮށްދިނުމެވެ.
އެމްޓީސީސީއަކީ ދެ ޖިންސުގެ މުވައްޒަފުންނަށް ވެސް ވަޒީފާގައި ކުރިއަށް ދިއުމުގެ ހަމަހަމަ ފުރުސަތުތަކެއް ފޯރުކޮށްދޭ ކުންފުންޏެކެވެ.
މުވައްޒަފުން ހޯދުމާއި ތަމްރީނުކުރުން އަދި ދެވޭ އުޖޫރަ ކަނޑައެޅުމުގައި އެމްޓީސީސީ ގެންގުޅޭ ސިޔާސަތަކީ ރޭވުންތެރިކަމާ އެކު ވިޔަފާރި ހިންގުމަށާއި، އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށް ފުރުސަތު ލިބިދޭ ސިޔާސަތެކެވެ. އަދި މުވައްޒަފުންގެ ބައިވެރިވުން އިތުރުކޮށްދީ، އިސްނަގައިގެން ކަންކަން ކުރުމަށާއި، ކުރާ މަސައްކަތުގެ ފެންވަރު ރަނގަޅުކުރުމަށް ފުރުސަތު ފަހިކޮށްދޭ ސިޔާސަތެކެވެ. އެމްޓީސީސީގެ މުވައްޒަފުންނަކީ ހުނަރުވެރި ގާބިލު ބަޔަކަށް ހެދުމަށްޓަކައި، މުވައްޒަފުން ތަމްރީން ކުރުމާއި، ތަރައްގީ ކުރުމަކީ، ކުންފުނިން ނުހަނު އިސްކަންދޭ ކަމެކެވެ. އެގޮތުން ނަތީޖާ ނެރެވޭ ސިޔާސަތުތަކެއްގެ ދަށުން ތަމްރީނު ޕްރޮގްރާމްތައް އަބަދުވެސް ހިންގަމުން ގެންދެވެ އެވެ. އަދި ކުންފުންޏަށް ބޭނުންވާ މުހިންމު ދާއިރާތަކުން ރާއްޖެއާއި ރާއްޖޭން ބޭރުން ފުރަތަމަ ޑިގްރީ އާއި ޕްރޮފެޝަނަލް ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު މުވައްޒަފުންނަށް ހޯދައިދެ އެވެ. އަހަރީ ޕްރޮގްރާމެއްގެ ދަށުން ހައްޖު އަދި އުމްރާގެ އަޅުކަން ގާއިމުކުރަން މުވައްޒަފުންނަށް ފުރުސަތު ދެވެ އެވެ. އަދި "ހެލްތް އިންޝުއަރެންސް"ގެ ހިދުމަތް ހުރިހާ މުވައްޒަފުންނަށް ފޯރުކޮށްދެވެ އެވެ.
އެމްޓީސީސީން މުވައްޒަފުންނަށް ދޭ އަހައްމިޔަތަކީ މިއަދު އެއްވެސް ދިވެހި ރައްޔިތަކަށް އޮޅިވަޑައިގެންފައި އޮވެދާނެ ކަމެއް ނޫނެވެ. އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ބައިވެރިވެވަޑައިގަންނަވާ ކޮންމެ ރަސްމިއްޔާތެއްގެ ކޮންމެ ހިތާބެއްގައި އެންމެ ފުރަތަމަ ޝުކުރު އަދާކުރައްވަނީ ކުންފުނީގެ މުވައްޒަފުންގެ ބުރަ މަސައްކަތަށެވެ. އެމްޓީސީސީއަކީ ދިވެހި ރައްޔިތުންގެ ކުންފުންޏެވެ. ކުންފުނި ކުރިއަރުވާ ހިންގަން ކުންފުންޏަށް ބޭނުންވަނީ ދިވެހި މުވައްޒަފުންގެ ހިދުމަތެވެ. ގައުމު ބިނާކުރުމަށް ބޭނުންވަނީ ދިވެހި އަންހެނުންގެ ބައިވެރިވުމެވެ.
ކުންފުނީގެ އެގްޒެކެޓިވް އަދި އިދާރީ މަގާމުތަކެކޭ އެއްފަދައިން ކުންފުނީގެ ފަންނީ މަގާމުތަކުގައި ވެސް އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަކީ ކުންފުނީގެ އަމާޒެވެ. ވެލްޑަރުންނާއި ކާޕެންޓަރުންނާއި މޭސަނުންނާއި ލޯންޗް އޮޕަރޭޓަރުންނާއި ފަޅުވެރިންގެ ވަޒީފާތަކުން ކުރިއަށްއޮތް ދުވަސްތަކުގައި އަންހެނުން ފެނިގެން ދިއުމަކީ ކުންފުނީގެ އުއްމީދެވެ.
"އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫއުގެ ދަށުން، މިއަހަރުގެ ނޮވެމްބަރު މަހު ސްޕީޑް ފެރީގެ ހިދުމަތް ފެށިގެން ދާއިރު، މުވައްޒަފުންގެ 50 ޕަސެންޓް ހޮވުމުގައި، އަންހެނުންނަށް ފުރަތަމަ އިސްކަން ދިނުމަށް އެމްޓީސީސީން ވަނީ ނިންމައިފަ އެވެ. ލޯންޗުގެ ފަޅުވެރިއަކަށް ނުވަތަ ކެޕްޓަނަކަށް އަންހެނަކު ހުންނަތަން ފެނުމަކީ ހަމަގައިމު ވެސް އުފާވެރި މަންޒަރަކަށް ވާނެ އެވެ. އުއްމީދީ ބަދަލަކަށް ވާނެ އެވެ. ރައްޔިތުންގެ ހިދުމަތުގައި އަންހެނުން ތިބުމަކީ ޓީމް އެމްޓީސީސީ އަށް ލިބޭނެ އަގުހުރި ފަހުރެކެވެ.
އާރްޓީއެލް: ރައްޔިތުންގެ ބޮޑު އިތުބާރެއް ލިބިއްޖެ
އަންހެނުން ބާރުވެރިކުރުވުމުގެ އެވޯޑް އެމްޓީސީސީ އަށް
އާއްމު ދަތުރުތައް ކުރުމުގައި ހިތްހެޔޮކަމަކީ ސަޅިކަމެއް
އަންހެނުންގެ މައްސަލަތަކާ މެދު މުހިންމު މަޝްވަރާތަކެއް
ބަސް ދުއްވަން އަންހެނުން ތަމްރީން ކުރަނީ
އެމްޓީސީސީގެ ހުންގާނުގައި ކުންފުނީގެ ފިސާރި ކަނބަލުން
އެމްޓީސީސީން މާލީ ރެކޯޑަކަށް ފަހު ރެކޯޑެއް
އެމްޓީސީސީގެ މާލިމީ އާޒިމްގެ ކާމިޔާބު ދެ އަހަރު
އެމްޓީސީސީގެ 41 އަހަރުވީ ކާމިޔާބުގެ ދަތުރު
ދިވެހިންގެ މެދުގައި ނަން މަޝްހޫރު ކާސްޓްރޯލް