12 ޖުލައި 2021
ބައިނަލްއަގްވާމީ އިންޖީނު އުފައްދާ ކުންފުނިތަކުގެ އިތުބާރު ލިބިފައިވާ ކާސްޓްރޯލް އަޑީތެލާއި އެހެނިހެން އުފެއްދުންތައް 1994 އިން ފެށިގެން އެމްޓީސީސީން ރާއްޖެ އަށް ތައާރަފު ކުރުމާ އެކު ހުދު، ރަތް އަދި ފެހި ކުލަ ހިމެނޭ މި ބްރޭންޑުގެ ލޯގޯ ޖަހާފައި ހުންނަ ތަކެތި މާލެ އާއި އެހެން ރަށްރަށުން އާންމުކޮށް ފެންނަން ފެށި އެވެ.
ބައިނަލްއަގްވާމީ އިންޖީނު އުފައްދާ ކުންފުނިތަކުގެ އިތުބާރު ލިބިފައިވާ ކާސްޓްރޯލް އަޑީތެލާއި އެހެނިހެން އުފެއްދުންތައް 1994 އިން ފެށިގެން އެމްޓީސީސީން ރާއްޖެ އަށް ތައާރަފު ކުރުމާ އެކު ހުދު، ރަތް އަދި ފެހި ކުލަ ހިމެނޭ މި ބްރޭންޑުގެ ލޯގޯ ޖަހާފައި ހުންނަ ތަކެތި މާލެ އާއި އެހެން ރަށްރަށުން އާންމުކޮށް ފެންނަން ފެށި އެވެ.
އޭރު ކާސްޓްރޯލް ޖަހާފައި ހުންނަ ބޮޑެތި ފީފާ، ޓައްޕު، ދަޅު އަދި އެކި ބާވަތުގެ ފުޅިތައް ރާއްޖޭގެ ރަށްތަކުގެ އިންޖީނުގެތަކާއި ގަރާޖުތަކާއި ވޯކްޝޮޕްތަކާއި ފިހާރަތަކުން އާންމުކޮށް ފެނެ އެވެ. މި ބްރޭންޑްގެ އުފެއްދުންތައް ލޮރީތަކުގައި އުފުލާ މަންޒަރާއި ޖެޓީ ސަރަހައްދުން ފުރަން ތައްޔާރު ކޮށްފައިވާ އޮޑިދޯނިފަހަރުގައި ހުންނަ ތަން ޒަމާނުއްސުރެން ފެންނަ ހަނދާން ވާނެ އެވެ. ކުރީގެ ބައެއް ޑްރާމާ، ފިލްމު އަދި އާންމު ފަރާތްތަކުން ނަގާފައިވާ ފޮޓޯތަކުން ވެސް ކާސްޓްރޯލް ބްރޭންޑުގެ ތަކެތި ފެންނާނެ އެވެ. އޭރު ގެތަކުގައި ޖަހާފަައި ހުންނަ ރޭޑިއޯތަކުން ކާސްޓްރޯލް އިޝްތިހާރުތައް އާންމުވެ، ވަރަށް ފަހަކާ ޖެހެންދެން އިވުނު ހަނދާން ވެސް ހުރެ އެވެ.
ކާސްޓްރޯލްއަކީ އިންޖީނާއި ޖަނެރޭޓަރު ފަދަ ތަކެތީގައި ބޭނުންކުރާ އަޑީތެލާއި އެހެނިހެން ތަކެތި އުފެއްދުމުގައި 100 އަށް ވުރެ ގިނަ އަހަރުގެ ތަޖުރިބާ ލިބިފައިވާ އިނގިރޭސި ވިލާތުގެ ބްރޭންޑެކެވެ. އެމްޓީސީސީން މި ބްރޭންޑް މާކެޓަށް ތައާރަފުކުރި ހިސާބުން ފެށިގެން މިއީ ރާއްޖޭގެ ރައްޔިތުންގެ މެދުގައި އެންމެ މަގްބޫލު އެއް ބްރޭންޑެވެ.
ބަޔަކު މަސް ބާނަނީ. ކާސްޓްރޯލްއަކީ އިންޖީނާއި، ޖަނެރޭޓަރު ފަދަ ތަކެތީގައި ބޭނުންކުރާ އަޑީތެލާއި އެހެނިހެން ތަކެތި އުފެއްދުމުގައި 100 އަށްވުރެ ގިނަ އަހަރުގެ ތަޖުރިބާ ލިބިފައިވާ ބްރޭންޑޭއް
މިއީ އޮޑިވެރިންނާއި އިންޖީނިއަރުންނާއި އަދި ކޮންސްޓްރަކްޝަން ދާއިރާގައި ހަރަކާތްތެރިވާ ފަރާތަތްކުން އެންމެ އިތުބާރު ކުރާ އެއް ބްރޭންޑެވެ. އެމްޓީސީސީން ކާސްޓްރޯލްގެ އުފެއްދުންތައް ރާއްޖެ އަށް ތައާރަފު ކުރުމުން، ގައުމު ތަރައްގީ ކުރުމުގައި ގިނަ ދާއިރާތަކަކަށް މީގެ ފައިދާ ލިބޭނެ އެވެ. ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރުން ފެށިގެން، މީހުން ދިރިއުޅޭ ރަށްރަށާއި ރިސޯޓް ތަކުގައި ކަރަންޓް ފޯރުކޮށްދިނުމަށް ބޭނުންކުރާ ބޮޑެތި ޖަނަރޭޓަރު އަދި އެއްގަމު އުޅަނދުފަހަރުގައި ވެސް ކާސްޓްރޯލް އަޑީތެލާއި އެހެނިހެން އުފެއްދުންތައް ބޭނުން ކުރަންފެށި އެވެ.
ކާސްޓްރޯލްގެ އުފެއްދުންތައް ރާއްޖޭގެ މަސްވެރިކަމާއި ދަނޑުވެރިކަން، ފަތުރުވެރިކަން އަދި ދަތުރުފަތުރުގެ ނިޒާމުގައި ބޭނުންކުރާ ގިނަ އުޅަނދުތަކުގެ އިންޖީނުތަކުގައި ބޭނުންކުރެ އެވެ. ރަށްތަކުގައި ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ޖަނަރޭޓަރުތަކުގައި އޭރާއި މިހާރު ވެސް އެންމެ ގިނައިން ބޭނުންކުރާ އަޑީތެލާއި އެހެން ބާވަތްތައް ހިމެނޭ އެއް ބްރޭންޑަކީ ކާސްޓްރޯލް އެވެ.
ކާސްޓްރޯލްގެ އުފެއްދުންތައް ހެޔޮ އަގުގައި މުޅި ރާއްޖެ އަށް ފޯރުކޮށްދިނުމުގެ އެންމެ ބޮޑު އެއް މަގްސަދަކީ ކަސްޓަމަރުންގެ އަގުބޮޑެތި އިންޖީނާއި ޖަނަރޭޓަރު ފަދަ މުދަލުގެ ފެންވަރު ހިފަހައްޓައި، މި ތަކެތީގެ އުމުރު ދިގުކުރުމަށް މަގުފަހި ކޮށްދިނުމެވެ. "އެމްޓީސީސީ ކަށަވަރު" އިން ވިއްކާ ކާސްޓްރޯލްގެ އުފެއްދުންތަކަކީ ޖަނަރޭޓަރާއި އިންޖީނުތަކުގެ މެއިންޓަނަންސް އަށް ކުރަންޖެހޭ ޚަރަދު ކުޑަކުރުމުގައި ވެސް އެހީތެރިވެދޭ ބާވަތްތަކެކެވެ.
"އެމްޓީސީސީ ކަށަވަރު" އިން ލިބޭ ކާސްޓްރޯލްގެ ބައެއް އުފެއްދުންތަކަށް ބަލާލާއިރު، އިންޖީނުތަކާއި ޖަނަރޭޓަރުތަކަށް ހާއްސަކޮށްގެން ކާސްޓްރޯލް އެމްއެޗްޕީ އަދި ކާސްޓްރޯލް ވެކްޓަން ގްލޯބަލް ގެ އުފެއްދުންތަށް ހިމެނެ އެވެ. މީގެ އިތުރުން އެހެނިހެން މަގުބޫލް އުފެއްދުންތަކުގެ ތެރޭގައި ހައިސްޕިން ހައިޑްރޯލިކް ތެޔޮ، ސްޕީރޯލް ގްރީސް، ރެޑިކޫލް ކޫލަންޓް، ޓީކިއުޑީ ޓްރާންމިޝަން ތެޔޮ އަދި އެއާކޯލް ކޮމްޕްރެޝަރު ތެޔޮ ހިމެނެ އެވެ.
އެމްޓީސީސީ ކަށަވަރު ޝޯ ރޫމް. ކާސްޓްރޯލް އަޑީތެޔޮ އެމްޓީސީސީ ކަށަވަރުގެ ކަސްޓަމަރުންނަށް އަންނަނީ ހެޔޮ އަގުތަކުގައި ފޯރުކޮށްދެމުން--ފޮޓޯ:އެމްޓީސީސީ
މި ޒަމާނުގެ ކަނޑުދަތުރުކުރާ އުޅަނދުފަހަރުގެ 4-ސްޓްރޯކް އިންޖީނަށް އަމާޒުކޮށްގެން ޒަމާނީ ބަދަލުތަކާ އެކު ކާސްޓްރޯލް ކުންފުނިން ތައްޔާރުކޮށްފައިވާ މި އަޑީތެޔޮ "އެމްޓީސީސީ ކަށަވަރު" ގެ ކަސްޓަމަރުންނަށް އަންނަނީ ހެޔޮ އަގުތަކުގައި ފޯރުކޮށްދެމުންނެވެ. އެމްއެޗްޕީ އަޑީތެލަކީ ކާމިޔާބު ކަމާއެކު ޓެސްޓުކޮށް އިންޖީނު އުފައްދާ ފަރާތްތަކުގެ އިތުބާރު ހޯދާފައިވާ އަޑީތެލެކެވެ. ކާސްޓްރޯލް އެމްއެޗްޕީ އަޑީތެޔޮ ބޭނުންކުރުމުން އިންޖީނުގެ ހޫނުމިން ދަށްކޮށް، ޕިސްޓަނާއި ރިންގުތަށް ސާފުކުރުމުގެ އިތުރުން މުޅި އިންޖީނު ސާފުކޮށް ބެލެހެއްޓުމަށް އެހީތެރިވެދެ އެވެ.
މިއީ އަގުބޮޑު ޖަނަރޭޓަރުތަކުގައި ބޭނުންކުރުމަށް މިނަރަލް ހިމަނައިގެން ކާސްޓްރޯލު ކުންފުނިން އުފައްދާފައިވާ މަލްޓިގްރޭޑް އަޑީތެލެކެވެ. މީގައި އެކުލެވޭ މާއްދާތަކުގެ ސަބަބުން ގިނަ ދުވަސްވުމުން އިންޖީނު ކަންފަތިވުން ކުޑަކޮށްދީ، އުމުރު ދިގުކޮށްދެ އެވެ. ވެކްޓަން ބޭނުންކުރުމުން އިންޖީނު ސާފުކަންމަތީ ހުރުމުގެ އިތުރުން އިންޖީނު ބެލެހެއްޓުމުގެ ޚަރަދުކުޑަވެ އިންޖީނު ހުއްޓުމުގެ މައްސަލަ ހައްލުކޮށްދެއެވެ. ކާސްޓްރޯލް ވެކްޓަން ގްލޯބަލް އަކީ ބައިނަލްއަގްވާމީ އިންޖީން އުފައްދާ އެތައް ކުންފުންޏަކުން ތަޖުރިބާ ކޮށްފައިވާ ފެންވަރު ރަނގަޅު އަޑީތެލެކެވެ. އެމްޓީސީސީން އެތެރެކޮށް މާކެޓްކުރާ ކާސްޓްރޯލް ބްރޭންޑްގެ އެހެން ބައެއް އުފެއްދުންތަކުގެ ތެރޭގައި އެކި ފިނި ހޫނުމިނުގައި، އިންޖީނު އަދި ޖަނަރޭޓަރު ހަލާކުވުމުން ރައްކާތެރިކޮށް، ފެނުން ލިބޭ ގެއްލުމުން ރައްކާތެރިކޮށް، ދަގަނޑުގެ ބައިތައް ހަލާކުވުން ކުޑަކޮށްދީ، އޮކްސިޑައިޒޭޝަންއިން ރައްކާތެރިކޮށްދޭ ހައިޑްރޯލިކް ތެޔޮ ހިމެނެ އެވެ. އަދި އިންޖީނު ފަދަ ތަކެތި ބާރުގަދަ ޕްރެޝަރުގައި ބޭނުންކޮށް، ހަލާކުވުން އަދި ދަބަރު ޖެހުމުން ރައްކާތެރިކޮށްދީ، ބެއާރިންގްތަކާއި ލޮނުން ލިބޭ ގެއްލުމުން ރައްކާތެރިކޮށްދޭ، ހެވީ މެޓަލް އަދި ނުރައްކާތެރި މައުދަންތައް ނުހިމެނޭ ސްޕީރޯލް އަކީ ވެސް އެމްޓީސީސީން ކަސްޓަމަރުންނަށް ފޯރުކޮށްދޭ ކާސްޓްރޯލްގެ މޮޅު އުފެއްދުމެކެވެ. އިންޖީނު ހަލާކުވުމާއި ދަބަރު ޖެހުމުން ރައްކާތެރިކޮށްދީ، ކޮންމެ ފިނިހޫނުމިނެއްގައި ވެސް އިންޖީނު ރައްކާތެރިކޮށްދެ އެެވެ. އިންޖީނުގައި ހުންނަ ހޫނުވާ ބައިތަށް ފިނިކޮށްދިނުމުގެ އިތުރުން އިންޖީނުގެ މެއިންޓަނެންސް ހަރަދު ކުޑަކޮށްދޭ ރެޑިކޫލަކީ އެމްޓީސީސީ ކަށަވަރުން ލިބެން ހުންނަ ކާސްޓްރޯލްގެ އުފެއްދުމެކެވެ.
މެރިން އިންޖީން އަދި ޖަނަރޭޓަރުތަކަށް ދިމާވާ މައްސަލަތައް ދެނެގަނެ، މި މައްސަލަތައް ހައްލުކުރުމަށް އެންމެ އެކަށީގެންވާ ކާސްޓްރޯލްގެ އުފެއްދުންތަކަކީ ކޮބައިކަން ހޯދުމަށްޓަކައި "އެމްޓީސީސީ ކަށަވަރު" ގެ ޓީމުން ކަސްޓަމަރުންނަށް އެހީތެރިވެދެ އެވެ. ބައިނަލްއަގްވާމީ ޖަނަރޭޓަރު އަދި އިންޖީނު އުފައްދާ ކުންފުނިތަކުން ކަސްޓަމަރުންނަށް އަބަދުވެސް ކުރާ އެއް އިލްތިމާސް އަކީ އަސްލު ސްޕެއާ އަދި އަޑީތެލާއި އެހެން ބާވަތްތައް މިފަދަ ތަކެތި މަރާމާތުކޮށް، ބޭނުންކުރުމުގައި އިހްތިޔާރު ކުރުމެވެ. އެއީ މިފަދަ ތަކެތީގެ އުމުރު ދިގުކޮށް، ހަރަދުކުޑަކޮށް، އެ ތަކެތި އެންމެ އެކަށީގެންވާ ގޮތުގައި ބޭނުންކުރެވޭނީ ކޮލިޓީ މޮޅު ސްޕެއާ އަދި އަޑީތެޔޮ ބެނުންކޮށްގެން ކަމަށް ވާތީ އެވެ.
ހާއްސަ ޕްރޮމޯޝަންތަކާއި ޑިސްކައުންޓްތައް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް "އެމްޓީސީސީ ކަށަވަރު" ޓީމުން އަބަދުވެސް މަސައްކަތްކުރެއެވެ. ކަށަވަރު ޝޯ ރޫމުން ހެޔޮ އަގުގައި ކާސްޓްރޯލް އަދި މިފަދަ އެހެން ޖެނުއިން ބްރޭންޑްތައް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އަބަދުވެސް އިސްކަންދެ އެވެ. "އެމްޓީސީސީ ކަށަވަރު" ގެ އަމާޒަކީ އެކަށީގެންވާ އަގެއްގައި ރަނގަޅު ފެންވަރުގެ މުދަލާއި ހިދުމަތްތަކެއް ދިވެހި ރައްޔިތުންނަށް އަބަދުވެސް ފޯރުކޮށްދިނުމެވެ.
އާރްޓީއެލް: ރައްޔިތުންގެ ބޮޑު އިތުބާރެއް ލިބިއްޖެ
އާއްމު ދަތުރުތައް ކުރުމުގައި ހިތްހެޔޮކަމަކީ ސަޅިކަމެއް
އެމްޓީސީސީގެ ހުންގާނުގައި ކުންފުނީގެ ފިސާރި ކަނބަލުން
އެމްޓީސީސީން މާލީ ރެކޯޑަކަށް ފަހު ރެކޯޑެއް
އެމްޓީސީސީގެ މާލިމީ އާޒިމްގެ ކާމިޔާބު ދެ އަހަރު
އެމްޓީސީސީގެ 41 އަހަރުވީ ކާމިޔާބުގެ ދަތުރު
އެމްޓީސީސީގެ ފަހުރު: ގައުމު ބިނާކުރަން ދިވެހި ދަރިން
އެމްޓީސީސީ ފެރީ ނިޒާމު: 50 ޕަސެންޓަކީ އަންހެނުން
އޮޑިވެރިންގެ ޒަމާންވީ އެކުވެރިޔާ: އެމްޓީސީސީ ކަށަވަރު
އެމްޓީސީސީގެ ކުރިމަގު: ދިވެހި މުވައްޒަފުން