22 ފެބުރުއަރީ 2021
އެމްޓީސީސީއޭ ބުނުމުން އެއީ ޕްރޮޖެކްޓް ސައިޓެއްގައި ކޮންސްޓްރަކްޝަން މަސައްކަތްކުރަން ތިބޭ ބިދޭސީ މުވައްޒަފުންތަކެއް އުޅޭ ތަނެކޭ، ބައެއް މީހުންނަށް ސިފަކުރެވިދާނެ އެވެ. ނަމަވެސް ކަން އޮތީ އެހެންނެއް ނޫނެވެ. އެ ކުންފުނި 1980 ގައި އުފެދި ފެށި ތަރައްގީގެ ދަތުރުގައި ދިވެހި މުވައްޒަފުންގެ ހިއްސާ ބޮޑެވެ. ކުންފުނީގެ ބޯޑާއި މެނޭޖްމަންޓުން ފެށިގެން އެންމެ އާދައިގެ މުވައްޒަފުންނާ ހަމައަށް ގިނައީ ދިވެހި މުވައްޒަފުންނެވެ. ތަފާސްހިސާބުތަކަށް ބަލައިލާއިރު ކުންފުނީގައި މިހާރު ވަޒީފާއަދާކުރާ 1،800 މުވައްޒަފުންގެ ތެރެއިން ގިނައީ ދިވެހިންނެވެ.
އެމްޓީސީސީއޭ ބުނުމުން އެއީ ޕްރޮޖެކްޓް ސައިޓެއްގައި ކޮންސްޓްރަކްޝަން މަސައްކަތްކުރަން ތިބޭ ބިދޭސީ މުވައްޒަފުންތަކެއް އުޅޭ ތަނެކޭ، ބައެއް މީހުންނަށް ސިފަކުރެވިދާނެ އެވެ. ނަމަވެސް ކަން އޮތީ އެހެންނެއް ނޫނެވެ. އެ ކުންފުނި 1980 ގައި އުފެދި ފެށި ތަރައްގީގެ ދަތުރުގައި ދިވެހި މުވައްޒަފުންގެ ހިއްސާ ބޮޑެވެ. ކުންފުނީގެ ބޯޑާއި މެނޭޖްމަންޓުން ފެށިގެން އެންމެ އާދައިގެ މުވައްޒަފުންނާ ހަމައަށް ގިނައީ ދިވެހި މުވައްޒަފުންނެވެ. ތަފާސްހިސާބުތަކަށް ބަލައިލާއިރު ކުންފުނީގައި މިހާރު ވަޒީފާއަދާކުރާ 1،800 މުވައްޒަފުންގެ ތެރެއިން ގިނައީ ދިވެހިންނެވެ.
ކުންފުނީގެ އަމާޒަކީ ދިވެހި މުވައްޒަފުންގެ ބައިވެރިވުން އެއް އަހަރުން އަނެއް އަހަރަށް އިތުރުކުރުމެވެ. އެމްޓީސީސީގެ ޓީމު މަސައްކަތްކުރަން ޖެހިފައިވަނީ ބަދަލުވަމުން އަންނަ މާހައުލެއްގައި ކަމަށް ވުމާ އެކު، އެއީ ޤާބިލް، ބާރުވެރިކުރުވިފައިވާ، އެކުގައި މަސައްކަތްކުރުމުގެ ރޫހާއި ކުންފުނީގެ އެކި ދާއިރާތައް ގުޅިގެން މަސައްކަތްކުރުމުގެ ރޫހު ވެސް އޮތް ޓީމަކަށް ވާން ޖެހެ އެވެ. މުވައްޒަފުން ހޯދުމާއި ތަމްރީނުކުރުން އަދި ދޭ އުޖޫރަ ކަނޑައެޅުމުގައި އެމްޓީސީސީ ގެންގުޅޭ ސިޔާސަތަކީ ރޭވުންތެރިކަމާ އެކު ވިޔަފާރި ހިންގުމަށް މަގުފަހިކޮށްދޭ، އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށް ފުރުސަތު ލިބޭ، ލީޑާޝިޕް ވަރުގަދަކޮށްދޭ، މުވައްޒަފުންގެ ބައިވެރިވުން ހޯދާ، ކުރާ މަސައްކަތުގެ ފެންވަރު ރަނގަޅުކުރަން ފުރުސަތު ލިބޭ ސިޔާސަތެކެވެ.
އެމްޓީސީސީގެ ބޯޑުޔާޑު: ކުންފުނީގެ އެކި ދާއިރާތަކުގައި ހުނަރުވެރި ދިވެހި އެތައް މުވައްޒަފުންނެއް ހިމެނޭ -ފޮޓޯ:އެމްޓީސީސީ
ކުންފުނީގެ މުވައްޒަފުންނަކީ ހުނަރުވެރި، ގާބިލް ބަޔަކަށް ހަދަން މުވައްޒަފުން ތަމްރީން ކުރުމާއި، ތަރައްޤީ ކުރުމަކީ، ކުންފުނީގެ މުހިންމު ބައިތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ތަފާތު ވިޔަފާރިތަކުގައި ކުންފުނީގެ އިސް ދައުރު އަދާކުރަމުން ގެންދަން ބޭނުންވާ ހުނަރާއި ފަންނުވެރިކަން ކަށަވަރުކުރަން، ނަތީޖާ ނެރެވޭ ސިޔާސަތުތަކެއްގެ ދަށުން ތަމްރީނު ޕްރޮގްރާމްތައް ހިންގަމުން ގެންދެ އެވެ. އަދި ކުންފުންޏަށް ބޭނުންވާ މުހިއްމު ދާއިރާތަކުން ރާއްޖެ އާއި ރާއްޖޭން ބޭރުން ފުރަތަމަ ޑިގްރީ އާއި ޕްރޮފެޝަނަލް ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ވެސް މުވައްޒަފުންނަށް ހޯދައިދެ އެވެ.
"ހުނަވަރު އެޕްރެންޓިސްޝިޕް" ޕްރޮގްރާމްގެ ނަމުގައި 2018 ގައި އެމްޓީސީސީން ކުރިއަށް ގެންދިޔަ ތަމްރީން ޕްރޮގްރާމް މި އަހަރު އަލުން ފަށަން ނިންމުމަކީ، ކުންފުނީގެ ޓީމުގައި ދިވެހި ޒުވާނުންގެ ބައިވެރިވުން އިތުރުކުރަން ދޭ މުހިއްމުކަން ރަމްޒުކޮށްދޭ ކަމެކެވެ. ހުނަވަރު ޕްރޮގްރާމްގެ މަގްސަދަކީ ތަމްރީނާއި ތަޖުރިބާ ލިބިފައިވާ މަސައްކަތްތެރި މުވައްޒަފުން އެމްޓީސީސީގެ އެކި ވަޒީފާތަކަށް ހޯދުމެވެ. މި ޕްރޮގްރާމްގެ ތެރެއިން ހެވީ ވެހިކަލް އޮޕްރޭޓް ކުރުމާއި، ކަނޑުގައި ދުއްވާ އުޅަނދުފަހަރު އޮޕަރޭޓް ކުރުމާއި، އިންޖިނިއަރިން، ވެލްޑިންގް، ޑްރެޖިން އަދި އެންވަޔަރަމެންޓަލް ސާވޭގެ ދާއިރާއިން ގިނަ ބައިވެރިންތަކެއް ތަމްރީން ކުރެވިގެންދާނެ އެވެ.
އެމްޓީސީސީގެ ބޮޑު ކޮންނަ ބޯޓު "މަހާ ޖައްރާފު"ގެ އިސް އޮފިސަރަކު: މަހާ ޖައްރާފުގެ ހުރިހާ މުވައްޒަފުންނަކީ މިހާރު ދިވެހިން --ފޮޓޯ:އެމްޓީސީސީ
މި ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން މި އަހަރުގެ ޖެނުއަރީ މަހުގެތެރޭ އައްޑު އާއި ފުވައްމުލަކުގައި އެމްޓީސީސީން ކުރިއަށް ގެންދިޔަ "އޯޕަން ޑޭ"ގެ ޒަރީއާއިން، ގިނަ ބައިވެރިންތަކަކަށް އެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ފަހިވި އެވެ. މި ޒުވާނުން އެމްޓީސީސީގެ ސައިޓްތަކުގައި 5،000 ރުފިޔާގެ އެލަވަންސަކާ އެކު ތިން މަސްދުވަހުގެ ތަމްރީން ޕްރޮގްރާމެއްގައި ބައިވެރިކުރެވޭނެ އެވެ. އަދި ތަމްރީން ފުރިހަމަކުރާ ފަރާތްތަކަށް އެއް އަހަރު ދުވަހުގެ ބޮންޑަކާ އެކު އެމްޓީސީސީގައި ވަޒީފާ އަދާކުރުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ. މި ވަޒީފާތަކުގެ މުސާރަ އުޅެނީ މަހަކު 12،000 އާއި 20،000އާ ދެމެދުގަ އެވެ. އެމްޓީސީސީން ގަބޫލުކުރާ ގޮތުގައި، ދިވެހި މުވައްޒަފުންނަކީ ހުނަރުންވެރި އަދި ކަމަށް ގާބިލް، ވަޒީފާއަށް ކަމޭހިތާ، އިހުލާސްތެރި ބައެކެވެ.
ކުންފުނީގެ އަމާޒަކީ އަބަދުވެސް ދިވެހިންނަށް އިސްކަން ދީގެން ދިވެހިންނަށް ފުރުސަތުތައް ހޯދައިދީގެން، ދިވެހިންގެ ބައިވެރިވުމާ އެކު ކުންފުނި ކުރިއެރުވުމެވެ. މިގޮތުން އޮކްޓޯބަރު 7، 2020 ގައި އެމްޓީސީސީގެ ބޮޑު ޑްރެޖަރު "މަހާ ޖައްރާފު"ގެ ހުރިހާ ފަޅުވެރިން ދިވެހިންނަށް ބަދަލުކުރުމަކީ ވެސް ކުންފުނިން ނިންމި ތާރީހީ ނިންމުމެކެވެ. އެމްޓީސީސީގެ މި ނިންމުމުގެ ސަބަބުން ބިދޭސީ ފަޅުވެރިންގެ މުސާރައިގެ ގޮތުގައި ދިވެހި ރާއްޖޭއިން ބޭރުވާ ފައިސާ ރާއްޖޭގައި ހިފެހެއްޓި، ދިވެހިންނަށް އިތުރު ވަޒީފާގެ ފުރުސަތުތަކެއް ފަހިވެ މިކަމުގެ ހެޔޮ އަސަރު ރާއްޖޭގެ އިގްތިސާދަށް ވެސް ކުރާނެ އެވެ.
އެމްޓީސީސީގެ މުވައްޒަފަކު މަސައްކަތެއްގައި ހަރަކާތްތެރިވަނީ: ދިވެހިން ބިނާކުރަން ކުންފުނިން އިސްކަންދޭ --ފޮޓޯ:އެމްޓީސީސީ
ކުންފުނީގެ އަމާޒަކީ މުވައްޒަފުންނަކީ ގިނަ ދުވަހު ވަޒީފާގައި ދެމިތިބޭ، ކުންފުންޏަށް އެ މުވައްޒަފުންގެ ފަރާތުން ދިގު ރާސްތާގައި ފައިދާތަކެއް ލިބޭ ބަޔަކަށް ހެދުމެވެ. ނަތީޖާ ނެރެދޭ ވަކިވަކި މުވައްޒަފުންނާއި ޓީމްތައް ފާހަގަކޮށް އެފަރާތްތަކަށް ހިތްވަރުދީ އެފަރާތްތަކުގެ އަގު ކުންފުނިން އަބަދުވެސް ވަޒަންކުރެ އެވެ. "އެމްޕްލޯއީ ޕާފޯމަންސް އިވެލުއޭޝަން އެންޑް ރިވާޑިންގް ޕޮލިސީ"ގެ ދަށުން މުވައްޒަފުންނަށް އަންނަނީ ވަޒީފާގެ ކުރިއެރުންތައް ފަހިކޮށްދެމުންނެވެ. މި އިވެލުއޭޝަންއަކީ އަހަރަކު ދެ ފަހަރު ހަދާ އިވެލުއޭޝަނެކެވެ. އަދި ރަނގަޅަށް މަސައްކަތްކުރާ މުވައްޒަފުންނަށް "އިންކްރިމެންޓް އެލަވަންސް" އެއް ދެ އެވެ. އަދި އެންމެ ރަނގަޅަށް މަސައްކަތް ކުރާ މުވައްޒަފުންނާއި ކުންފުންޏަށް ދިގު މުއްދަތަކަށް ހިދުމަތްކޮށްފައިވާ މުވައްޒަފުން ފާހަގަކޮށް އެ މުވައްޒަފުންނަށް "އެކްސަލެންސް އެވޯޑު" ކޮންމެ އަހަރަކު ވެސް ދެވެ އެވެ.
އަހަރީ ޕްރޮގްރާމެއްގެ ދަށުން ހައްޖު އަދި އުމްރާގެ އަޅުކަން ގާއިމްކުރަން މުވައްޒަފުންނަށް ފުރުސަތު ދެވެ އެވެ. އަދި "ހެލްތު އިންޝުއަރެންސް"ގެ ހިދުމަތް ހުރިހާ މުވައްޒަފުންނަށް ފޯރުކޮށްދެވެ އެވެ. އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އެތައް ފަހަރަކު ވިދާޅުވެފައިވާ ފަދައިން ކުންފުނީގެ ކާމިޔާބީގެ ސިއްރަކީ ކުންފުނީގެ މުވައްޒަފުންނެވެ. އެހެންކަމުން އެ މުވައްޒަފުންނަށް ހިތްހަމަޖެހޭ ފަދަ މަސައްކަތުގެ މާހައުލެއް ތަނަވަސްކޮށްދީ އެ މީހުންނާ ދޭތެރޭ ރަނގަޅަށް ކަންތައް ކުރުމުން ކުންފުނި އިތުރަށް ކުރިއަރާނެ އެވެ.
އެމްޓީސީސީގެ މަގްސަދަކީ އެންމެންގެ ބައިވެރިވުން ލިބޭ، އެކަކު އަނެކަކަށް އިހުތިރާމްކުރާ މަސައްކަތުގެ މާހައުލެއް ގާއިމުކޮށް ވިޔަފާރިތަކަށް ކުރިއެރުން ހޯދުމެވެ. އެމްޓީސީސީ ގަބޫލުކުރާ ގޮތުގައި މުވައްޒުންގެ އެކި ޓީމުތަކުގެ ތެރޭގައި ހިމެނޭ ތަފާތުކަމުގެ ސަބަބުން މަސައްކަތުގައި މުވައްޒަފުންގެ ފަރާތުން ލިބޭ ބައިވެރިވުން އިތުރުވެ އެވެ. އަދި މީގެ ސަބަބުން ވިޔަފާރީގެ ކުރިއެރުމަށް މަގުފަހިކޮށްދީ، މުވައްޒަފުންގެ ބޭނުންތަކާއި ތަފާތު ކަސްޓަމަރުން، ވިޔަފާރީގެ ބައިވެރިން އަދި ނަފާވެރިންގެ ބޭނުންތައް ދެނެގަތުމަށް އެހީތެރިވެދެ އެވެ. އަދި ޓީމުގައި އެކުލެވޭ ހުނަރު އިތުރުވެ ފުޅާވެގެންދެ އެވެ.
އެމްޓީސީސީގެ މުވައްޒަފުން މަސައްކަތުގައި: ދިވެހިންގެ ހިއްސާ ވަރަށް ބޮޑު --ފޮޓޯ:އެމްޓީސީސީ
އެއްވެސް މީހަކަށް ތަފާތުކުރުމެއް ނެތި، އޭގެ ތެރޭގައި ހާއްސަ އެހީއަށް ބޭނުންވާ މީހުން ވެސް ހިމެނޭ ގޮތަށް، ވަޒީފާގެ ފުރުސަތު ދިނުމާއި ވަޒީފާގެ ކުރިއެރުން ހޯދައިދިނުމާއި ތަމްރީނުކުރުމާއި މުވައްޒަފުންގެ އަގު ވަޒަންކުރުމަކީ އެމްޓީސީސީގެ މައިގަނޑު ފަލްސަފާ އެވެ. ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވަޒީފާ ދިނުމުގައި ވަޒީފާގެ މަސްއޫލިއްޔަތަށް ބަދަލުގެނެވޭ މިންވަރަކުން ވަޒީފާގެ ޑިޒައިން ބަދަލުކޮށް، ކަމާ ގުޅޭ ތަމްރީނު އެފަދަ މުވައްޒަފުންނަށް ފޯރުކޮށްދެވެ އެވެ.
އެމްޓީސީސީ އަކީ ދިވެހި ރައްޔިތުންގެ ކުންފުންޏެވެ. ކުންފުނި ކުރިއަރުވާ ހިންގަން ބޭނުންވަނީ ދިވެހި މުވައްޒަފުންގެ ހިދުމަތެވެ. މެދުކެނޑުމެއް ނެތި އެންމެ ގިނައިން ވަޒީފާގެ ފުރުސަތުތައް ދިވެހިންނަށް ފަހިކޮށްދޭ ކުންފުންޏަކަށް ހަމަ ގައިމު ވެސް އެމްޓީސީސީ ވާނެ އެވެ. ވެލްޑަރުންނާއި ކާޕެންޓަރުންނާއި، މޭސަނުންނާއި ޑްރައިވަރުންނެވެ. ލޯޑް އޮޕްރޭޓަރުންނާއި، ކްރޭން އޮޕަރޭޓަރުންނާއި އެކްސްކަވޭޓާ އޮޕްރޭޓަރުންނެވެ.
އެޑްމިން އޮފިސަރުންނާއި ސަޕޯޓް ސްޓާފުންނެވެ. މެނޭޖީރިއަލް އަދި އެގްޒެކެޓިވް ލެވެލްގެ އެކި މަގާމުތަކެވެ. މިއަދު ކުންފުންޏަށް ލިބިފައިވާ ކާމިޔާބީއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރައްޔިތުންގެ ހިދުމަތުގައި ކުންފުނީގެ މުވައްޒަފުން ކުރަމުންގެންދާ އިހުލާސްތެރި، ބުރަ މަސައްކަތުގެ ނަތީޖާ އެވެ. އެމްޓީސީސީގެ ރައުސްމާލަކީ އެ ކުންފުނީގެ މުވައްޒަފުންނެވެ. ފަންނުވެރި، ގާބިލު އެމްޓީސީސީގެ ޓީމަށް ދިވެހި މުވައްޒަފުން ކުރިއަށް އޮތް ތަނުގައި ވެސް އިތުރުވެގެން ދިއުމަކީ ކުންފުނީގެ އުއްމީދެވެ.
އެމްޓީސީސީގެ ކުރިމަގު އޮތީ ދިވެހި މުވައްޒަފުންގެ އަތްމަތީގަ އެވެ.
އާރްޓީއެލް: ރައްޔިތުންގެ ބޮޑު އިތުބާރެއް ލިބިއްޖެ
މާލެ ސަރަހައްދުގެ ފެރީތަކުގައި ކާޑުން ފައިސާ ދެއްކޭނެ
"ބޮޑު ދަތުރު"ގެ ކާމިޔާބީ ކިޔައިދެއްވީ އަދަދުތަކުން
ހުވަދޫގެ 21 ރަށް ގުޅުވާލުން ރަސްމީކޮށް ފައްޓަވައިފި
ދެކުނުގެ ހަތަރު އަތޮޅު އާރްޓީއެލް ފެރީއިން ގުޅާލައިފި
ހުވަދުއަތޮޅުގައި އާރްޓީއެލް ފެރީގެ ހިދުމަތް ފަށައިފި
އާއްމު ދަތުރުތައް ކުރުމުގައި ހިތްހެޔޮކަމަކީ ސަޅިކަމެއް
އާރްޓީއެލް ދަތުރުތައް ހއ. ގައި ފަށައިފި
އާރްޓީއެލް ފެރީ: ދަތުރުތައް އެތައް ގުނައެއް ހެޔޮވެއްޖެ
ބާކީ 17 އަތޮޅު ފެރީން ގުޅާލުން ވެސް އެމްްޓީސީސީއަށް