Roadha Mihaaru
އާރްޓީއެލް ދަތުރުތައް ހއ. ގައި ފަށައިފި

އާރްޓީއެލް ދަތުރުތައް ހއ. އަތޮޅުގައި ގައި ފަށައިފި

26 ޖޫން 2022

މުޅި ރާއްޖޭގައި ހައި ސްޕީޑް ފެރީގެ ގޮތުގައި "ރާއްޖެ ޓްރާންސްޕޯޓް ލިންކް" (އާރުޓީއެލް)ގެ ނަމުގައި ފެށި ފެރީ ހިދުމަތް ހއ. އަތޮޅުގައި ފަށައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މުޅި ރާއްޖޭގައި ހައި ސްޕީޑް ފެރީގެ ގޮތުގައި "ރާއްޖެ ޓްރާންސްޕޯޓް ލިންކް" (އާރުޓީއެލް)ގެ ނަމުގައި ފެށި ފެރީ ހިދުމަތް ހއ. އަތޮޅުގައި ފަށައިފި އެވެ.

ހއ. އަތޮޅުގައި ދަތުރުތައް ފެށުމަށް މިދިޔަ ހުކުރު ދުވަހު ވަނީ އެ އަތޮޅަށް ފަސް ލޯންޗު ފޮނުވައިފަ އެވެ. އެއާ އެކު ޒޯން 1 ގެ ދެ އަތޮޅުގައި އާރުޓީއެލްގެ ދަތުރުތައް ފެށުނީ އެވެ. ޒޯން 1 ގައި ހިމެނޭ ށ. އަތޮޅުގެ ދަތުރުތައް ވެސް ވަރަށް އަވަހަށް އެމްޓީސީސީން ފަށާނެ އެވެ.

ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ މި ޕްރޮޖެކްޓަށް 800 މިލިއަން ރުފިޔާ ހޭދަކުރާ އިރު އެ ހިދުމަތް ދެނީ އެކި ޒޯނުތަކަށް ބަހާލައިގެންނެވެ. ޖުމްލަ ހަ ޒޯނަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ ބާކީ ފަސް ޒޯނުގައި ހިމެނެނީ 17 އަތޮޅެކެވެ. އެއީ ނ. އަތޮޅުން ފެށިގެން އައްޑު އަތޮޅާ ދެމެދެވެ. އެ އަތޮޅުގެ ފެރީގެ ހިދުމަތަކަށް ބޭނުންވާ ލޯންޗުތައް އަންނަނީ ބަންނަމުންނެވެ. އެ މަސައްކަތް ކުރަނީ ގަލްފް ކްރާފްޓާ ގުޅިގެންނެވެ.

އާރްޓީއެލްގެ ލޯންޗު ފެރީގެ އެތެރެ. ހއ އަތޮޅުގެ ފެރީ ހިދުމަތް ވަނީ ފަށާފައި ---ފޮޓޯ: ނިޝާން އަލީ | މިހާރު

އާރްޓީއެލްގެ ލޯންޗު ފެރީގެ އެތެރެ. ހއ އަތޮޅުގެ ފެރީ ހިދުމަތް ވަނީ ފަށާފައި ---ފޮޓޯ: ނިޝާން އަލީ | މިހާރު

ހއ. ގައި މިއަދު ފެށި ފެރީގެ ހިދުމަތް ދެނީ އަށް ރޫޓަކަށް ބަހާލައިގެންނެވެ. އޭގެ ތެރެއިން އިހަވަންދޫ އަދި ދިއްދޫން ސީދާ ދަތުރުތައް، އުތުރު ވިޔަފާރީގެ ހަބު ކަމަށްވާ ހދ. ކުޅުދުއްފުށްޓަށް ކުރާނެ އެވެ. އަދި ދިއްދޫން ހދ. ހަނިމާދު އަށް ވެސް ސީދާ ދަތުރުތައް ކުރާނެ އެވެ.

ހއ. ގެ އާރްޓީއެލް ހަބް ދިއްދު އަށް، އެ އަތޮޅުގެ ފަސް ރޫޓަކުން ދަތުރުތައް ކުރާނެ އެވެ.

އާރްޓީއެލްގެ އަތޮޅުތެރޭގެ ދަތުރުތަކުގެ އަގުތައް އުޅެނީ ކޮޅަކަށް 35ރ. އާއި 100ރ. އާ ދެމެދު އެވެ. އަދި އެއް އަތޮޅުން އަނެއް އަތޮޅަށް ކުރާ ދަތުރުތައް އުޅެނީ ކޮޅަކަށް 100ރ. އާއި 150ރ. އާ ދެމެދުގަ އެވެ.