18 މާޗް 2023
އެމްޓީސީސީން 1400 ހޯސްޕަވަރުގެ ޔަންމާ އިންޖީނަކާއި މަސްވެރިކަމަށް ހާއްސަ ޔަންމާ ސްޕީޑްބޯޓެއް ތައާރަފްކޮށްފި އެވެ.
އެމްޓީސީސީން 1400 ހޯސްޕަވަރުގެ ޔަންމާ އިންޖީނަކާއި މަސްވެރިކަމަށް ހާއްސަ ޔަންމާ ސްޕީޑްބޯޓެއް ތައާރަފްކޮށްފި އެވެ.
އެ ކުންފުނިން ތައާރަފްކުރި 1400 ހޯސްޕަވަރުގެ އިންޖީނަކީ ރާއްޖޭގައި މިހާތަނަށް ތައާރަފް ކުރި އެންމެ މަތީ ހޯސްޕަވަރުގެ އިންޖީނެވެ. މީގެ ކުރިން އެންމެ މަތީ ހޯސްޕަވަރުގެ އިންޖީނަކަށް ލިބެން ހުރީ 800 ހޯސްޕަވަރުގެ އިންޖީނެވެ.
މިހާރު ކުރިއަށް ދާ މެރިން އެކްސްޕޯގައި މި އިންޖީނު ތައާރަފްކޮށްދެއްވީ އެމްޓީސީސީގެ ސީއޯއޯ ޝާހިދު ހުސެއިން މޫސާ އެވެ.
އަލަށް ތައާރަފްކުރި އިންޖީނު.
އެމްޓީސީސީގެ ސީނިއާ މެނޭޖަ ޓްރޭޑް، ޖިނާހު އަހުމަދު ވިދާޅުވި ގޮތުގައި އެ އިންޖީނަކީ އިންގިލާބީ ބަދަލެއް ގެންނާނެ އިންޖީނަކަށް ވާނެ އެވެ.
އެމްޓީސީސީން ދެން ތައާރަފް ކުރި އާ ޕްރޮޑަކްޓު ޔަންމާ ސްޕީޑް ބޯޓަކީ ވެސް ބޮޑެތި ބަދަލުތަކެއް ގެންނާނެ ޕްރޮޑަކްޓެއް ކަމަށް އޭނާ ވިދާޅުވި އެވެ. ޖިނާހު ވިދާޅުވި ގޮތުގައި އެ ބޯޓަކީ ޖަޕާނުގެ ޓެކްނޮލޮޖީއެކެވެ. އެ ބޯޓުގެ އެންމެ ހާއްސަ ސިފައަކީ ނަގިލި ނުލައި، ރިޔަލެއްގެ އެހީގައި ބޭނުން ތަނެއްގައި ބާއްވާލެވޭ ބޯޓަކަށްވުމެވެ.
އެމްޓީސީސީގެ ސީއޯއޯ ބޯޓު ބައްލަވަނީ. -- ފޮޓޯ: އެމްޓީސީސީ
"މިއީ މަހަށް ދާ ހިތްވާ މީހުންނަށް ކަމުދާނެ ބޯޓެއް. މަސް ބާނަންދާ މަންޒިލަށް ދިއުމަށް ފަަހު އޭގައިވާ ރިޔާ ނެގެމުން އެއްތަނުގައި ބޯޓު އޮންނާނެ. ވަޔާ މާ ބޮޑަށް ތެޅި އާއްމުކޮށް އެވާ އުނދަގުލެއް ނުވާނެ." ޖިނާހު ވިދާޅުވި އެވެ.
އެ ސްޕީޑްބޯޓަކީ އަށް މީހުންގެ ޖާގަ އޮންނަ، 23 ފޫޓުގެ ބޯޓެކެވެ. އެ ބޯޓަށް އެކްސްޕޯގައި ގިނަ ބަޔަކު ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ. އަދި ކުރިއަށް އޮޓް ހަފްތާ ތެރޭ ސީ ޓްރަޔަލްތައް ފަށައި ކުރިއަށް އޮތް ތަނުގައި އޭގެ އިތުރު މޮޑެލްތަކުގެ ބޯޓު ޓެސްޓުކުރުމަށް ގެންނާނެ އެވެ.
މި ބޯޓު ލޯންޗުކުރެއްވީ ޓޫރިޒަމް މި ިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް ރަޝީދު އެވެ.
ޔަންމާ އަކީ މެރިން އިންޑަސްޓްރީގައި 110 އަހަރުގެ ތަޖުރިބާ ހުރި ކުންފުންޏެކެވެ. އަދި މި ކުންފުނީގެ އުފެއްދުންތައް އެމްޓީސީސީގައި ވިއްކަމުން އަންނަތާ 40 އަހަރަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ.
އޮޑިވެރިންގެ ޒަމާންވީ އެކުވެރިޔާ: އެމްޓީސީސީ ކަށަވަރު
"ސާބަސް ޔަންމާ"ގެ ތިންވަނަ ޕްރޮމޯޝަން ފަށައިފި
އެމްޓީސީސީން ޔަންމާ އިންޖީނާ ބެހޭ ހާއްސަ ކެމްޕޭނެއް
އެމްޓީސީސީއާ ޔަަންމާއިން ހާއްސަ ކެމްޕޭނެއް ފަށައިފި
"ސާބަސް ޔަންމާ" ގެ ނަމުގައި އެމްޓީސީސީގެ ޕްރޮމޯޝަނެއް
ކުދި ދޯންޏަށް ހާއްސަ ޔަންމާ އިންޖީނެއް ތައާރަފްކޮށްފި
އެވޯޑު ލިބުނު އެމްޓީސީސީގެ މުވައްޒަފުންނަށް ޝުކުރު
އެމްޓީސީސީން ހުޅުމާލެ ފޭސް 2ގެ ބީޗު ސާފުކޮށްފި
އެމްޓީސީސީގެ ސުޕަވައިޒަރުންގެ މަހާސިންތާ ބާއްވައިފި
ސާމާނު ލިބުމުން ފާލަމުގެ މަސައްކަތް އަވަސްވާނެ