Roadha Mihaaru
ފުރަތަމަ 100 ދުވަހު 5،000 ހެލްމެޓް ބަހަނީ

ފުރަތަމަ 100 ދުވަހު 5،000 ހެލްމެޓް ސަރުކާރުން ބަހަނީ

17 ނޮވެމްބަރ 2018

މިއަދު ވެރިކަމާ ހަވާލުވެވަޑައިގަތް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އާންމު ރައްޔިތުންނަށް 5،000 ހެލްމެޓް ހިލޭ ބަހާ ގޮތަށް ސަރުކާރުން ހަމަޖައްސައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މިއަދު ވެރިކަމާ ހަވާލުވެވަޑައިގަތް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އާންމު ރައްޔިތުންނަށް 5،000 ހެލްމެޓް ހިލޭ ބަހާ ގޮތަށް ސަރުކާރުން ހަމަޖައްސައިފި އެވެ.

އާ ސަރުކާރުގެ ފުރަތަމަ 100 ދުވަހު ކުރަން ރާވާފައިވާ ކަންކަން މި ރޭ އިއުލާން ކޮށްފައިވާ އިރު، މަގުމަތީގެ ރައްކާތެރިކަމާ ބެހޭ ގޮތުން އެ މުއްދަތުގައި ކުރުމަށް ރާވާފައިވާ ކަންކަމުގެ ތެރޭގައި މަގުމަތީގެ ރައްކާތެރި ކަމަށް އަހުލުވެރި ކުރުވުމުގެ ގޮތުން މައުލޫމާތު ފޯރުކޮށްދޭ ކެމްޕެއިނެއް ފަށައި، 5،000 ހެލްމެޓް ހިލޭ ބެހުން ހިމެނެ އެވެ.

ހެލްމެޓް ހިލޭ ބަހަން ހަމަޖެއްސިއިރު، ރާއްޖޭގައި ކޮންމެ އަހަރަކު ވެސް މަގުމަތީގެ ނުރައްކާތެރި އެކްސިޑެންޓްތައް ހިނގައި، ބައެއް މީހުން މަރުވެ އެވެ. އަދި ހުޅުލެ އާއި މާލެއާ ދެމެދު ބްރިޖް އެޅި ފަހުން ގިނަ އަދަދަކަށް އެކްސިޑެންޓްތައް ދަނީ ހިނގަމުންނެވެ.

ހެލްމެޓް ބެހުމުގެ އިތުރުން ބްރިޖްގައި ސަލާމަތީ ކެމެރާ އާއި ސްޕީޑް ދެނެގަންނަ ކެމެރާތައް ހަރު ކުރުމާއި ތިމާވެއްޓާއި މަގުމަތީގެ ރައްކާތެރިކަމާ ބެހޭ ފުލުހުންގެ ޚިދުމަތެއް ފެށުމުގެ އިތުރުން އާންމުންގެ ޚިޔާލު ލިބިގެން ޕޮލިސް ރިފޯމް ޕްލޭނެއް އެކުލަވާލުމަށް ވެސް ކަނޑައަޅާފައިވެ އެވެ.

މީގެ އިތުރުން މާލެ ތެރެ ބަލަހައްޓައި، ޕެޓްރޯލް ކުރުން ހަރުދަނާ ކުރުމާއި މާލެ އާއި ހުޅުމާލޭގެ އިތުރުން ވިލިމާލޭގެ މަގުތައް އަލި ކުރުމަށް ސޯލާ ހަކަތަ އިން ދިއްލާ ބޮކި ބޭނުންކުރާ ގޮތަށް ވެސް 100 ދުވަހުގެ އެ ޕްލޭންގައި ހަމަޖައްސާފައިވެ އެވެ.