08 ސެޕްޓެމްބަރ 2024
މާލޭގައި މިރޭ އެކްސިޑެންޓެއް ހިނގައި، ތިން މީހަކަށް އަނިޔާވެއްޖެ އެވެ.
މާލޭގައި މިރޭ އެކްސިޑެންޓެއް ހިނގައި، ތިން މީހަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ބަސް ޓާމިނަލް ކައިރީގައި ދެ ސައިކަލެއް ޖެހި، އެކްސިޑެންޓު ހިނގައިގެން ފުލުުހންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އެ ހާދިސާގައި އަނިޔާވީ ދިވެހި ފިރިހެނަކާއި ބިދޭސީ ދެ ފިރިހެނަކަށް ކަމަށް ފުލުހުން ބުންޏެވެ.
އެ މީހުންނަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
"މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުން." އޮފިޝަލް ވިދާޅުވި އެވެ.
މާލޭގައި އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެގެން ފަރުވާ ދެމުންދާއިރު، މަގުމަތީގެ އެކްސިޑެންޓުތައް މި ފަހުން ވަނީ އިތުރުވެފަ އެވެ. އެގޮތުން މިދިޔަ ހުކުރު ދުވަހުގެ ރޭ ހުޅުމާލޭގައި ސްޕޯޓްސް ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓްގައި، ސައިކަލު ދުއްވި މީހާ ވަނީ ނިޔާވެފަ އެވެ.
އެކްސިޑެންޓަށް އަހަރެއް؛ މެސެޖާއެކު އޮއްތޮ މަގުމައްޗަށް
ޕާކު ކުރަންވީ ވެހިކަލް ދުއްވުމުގެ މުސްކުޅި ގަވައިދު
ބާރަށް ކާރު ދުއްވި މީހަކު ފިލަން އުޅުމުން ހައްޔަރު
ޓްރެފިކް ޕޮލިސް: ބޮކި ދިއްލެނީ ފާލުން ނެއްޓުނީމަތަ!
އެކްސިޑެންޓްތައް އިތުރުވާން ފެށުމުން ފުލުހުން މަގުތަކަށް
އެކްސިޑެންޓުތައް އިތުރުވެއްޖެ، މިއަހަރު 1907 ހާދިސާ
ހުޅުމާލޭގައި ދެ އެކްސިޑެންޓެއް، އެކަކުގެ ހާލު ސީރިއަސް
ކާރަކާއި ސައިކަލެއް ޖެހި، ޒުވާނަކަށް އަނިޔާތަކެއް
އޮއްތޮ އެކްސިޑެންޓްކޮށްލި މީހާގެ ޝަރީއަތް ކެންސަލްކޮށްފި
ނުގަވައިދުން ޕާކްކޮށްގެން 800 ސްޓިކާ ޖަހައިފި