16 ނޮވެމްބަރ 2018
ރައީސް އަބްދުﷲ ޔާމީން އެމަނިކުފާނުގެ އަމިއްލަ ގެކޮޅު ހ. ދޫވެހި އަށް މިއަދު ބަދަލުވެވަޑައިގެންފި އެވެ.
ރައީސް އަބްދުﷲ ޔާމީން އެމަނިކުފާނުގެ އަމިއްލަ ގެކޮޅު ހ. ދޫވެހި އަށް މިއަދު ބަދަލުވެވަޑައިގެންފި އެވެ.
ރައީސް ޔާމީން ހ. ދޫވެއްސަށް ބަދަލުވެވަޑައިގެންފައި މި ވަނީ އެމަނިކުފާނުގެ ވެރިކަމުގެ އެންމެ ފަހު ދުވަހެވެ. މާދަމާ ހަވީރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރައްވާނެ އެވެ.
ހ. ދޫވެއްސަކީ، ރައީސް ޔާމީންގެ ކުރީގެ ގެކޮޅު ގ. ދޫވެހި ވިއްކާލެއްވުމަށްފަހު ހެންވޭރުކޮޅު ބޮޑުތަކުރުފާނު މަގުން އެމަނިކުފާނު ބައްލަވައިގެންނެވި ބިމެކެވެ.
ދޫވެހި އިމާރާތްކޮށް ނުނިމުނު ނަމަވެސް އިމާރާތުގެ ފުރަތަމަ ދެ ފަންގިފިލާ ވަނީ މުޅިން ނިންމައިފަ އެވެ.
ރައީސް ޔާމީން ކުރިން އުޅުއްވި ގެކޮޅު ގ. ދޫވެހި: ވެރިކަމުގެ ފުރަތަމަ ދުވަސްވަރު އުޅުއްވީ މި ގޭގައި -- މިހާރު ފައިލް ފޮޓޯ
ރައީސް ޔާމީން ވެރިކަމަށް ވަޑައިގެން ފުރަތަމަ ދިރިއުޅުއްވާފައި ވަނީ ގ. ދޫވެހީގަ އެވެ. ވެރިކަމުގެ ބޮޑު ބައި ހޭދަ ކުރެއްވި ހިލާލީގެއަށް ބަދަލުވެވަޑައިގެންނެވީ ދޫވެހީގެ ރައްކާތެރިކަމަށް ހޭދަތަކެއް ދައުލަތުގެ ހަރަދުގައި ކުރެއްވުމަށްފަހު އެވެ.
މާދަމާ ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގަންނަވާ އިބޫ ދިރިއުޅެއްވުމަށް ހަމަޖެހިފައި ވަނީ މުލިއާގޭގަ އެވެ. ޔާމީންގެ ވެރިކަމުގައި މުލިއާގެ ބޭނުން ކުރައްވާފައި ޕީޕީއެމްގެ ބައްދަލުވުންތަކަށާއި ސިޔާސީ ބައެއް ހަރަކާތްތަކަށެވެ.
އިބޫގެ ރަނިންމޭޓް އަދި ނައިބު ރައީސްކަމަށް ވަޑައިގަންނަވާ ފައިސަލް ނަސީމް ދިރިއުޅުއްވުމަށް ހަމަޖެހިފައި ވަނީ ރައީސް ޔާމީން އުޅުއްވި ހިލާލީގޭގަ އެވެ.
ރައީސް ގެމަނަފުއްޓަށް، ނައިބު ރައީސް އައްޑުއަށް
މިފަހަރު ހުވާކުރާ ގަޑި ވެސް، ތަން ވެސް ތަފާތު!
ހުވާ ކުރުމުގެ ހަފުލާގައި ރައީސް ޔާމީން ބައިވެރި ނުވާނެ
އިބޫ މުލީއާގެ އަށް، ފައިސަލް ހިލާލީގެ އަށް
އިބޫ ހުވާ ކުރައްވާނެ ދުވަހެއް ކަނޑައަޅަން ކޮމިޓީއަށް
އިބޫ އެއްވެސް ރައްޔިތަކަށް އަނިޔާވެރި ނުވާނެ: ރިޔާޒް
އިބޫ، ނޮވެމްބަރު 11 ގައި ހުވާކުރައްވަން ހުރަހެއްނެތް
އަހަރެމެން ލީ ވޯޓަށް ދެން ވާނީ ކިހިނެއް؟
ނަތީޖާ ބަދަލުކުރަން އުޅުމަކީ މޮޔަ ވިސްނުމެއް: ގާސިމް
ކާމިޔާބު ފޯމިއުލާއަކީ ކޯލިޝަން: ޖަމީލް