Roadha Mihaaru
ހުވާ ކުރުމުގެ ހަފުލާގައި ރައީސް ޔާމީން ބައިވެރި ނުވާނެ

އިބޫ ހުވާ ކުރެެއްވުމުގެ ރަސްމިއްޔާތުގައި ރައީސް ޔާމީން ބައިވެރިވެވަޑައެއް ނުގަންނަވާނެ

16 ނޮވެމްބަރ 2018

ކުރިއަށް އޮތް ފަސް އަހަރަށް ރައީސް ކަމަށް އިންތިޚާބު ކޮށްފައިވާ އިބްރާހިމް މުހަންމަދު ސޯލިހް (އިބޫ) އާއި އިންތިޚާބީ ނައިބު ރައީސް ފައިސަލް ނަސީމް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި މިހާރުގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައި ނުގަންނަވާ ގޮތަށް ހަމަޖައްސައިފި އެވެ.

ރައީސް ޔާމީންގެ ތަރުޖަމާން އިބްރާހިމް މުއާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ގަލޮޅު ދަނޑުގައި ބާއްވާ ބޮޑު ރަސްމިއްޔާތުގައި ރައީސް ޔާމީން ބައިވެރިވެވަޑައިނުގަންނަވަނީ "މިއަދާ ހަމައަށް ދިވެހި ރާއްޖޭގެ ރައްޔިތުންގެ ބޮޑު ހައްގެއް ގެއްލި، އިންސާފު ނުލިބިފައިވާ ކަމަށް ގަބޫލުފުޅު ކުރެއްވޭތީ އާއި އެމަނިކުފާނަށް ތާއީދު ކުރައްވާ އެތައްް ހާސް ސަޕޯޓަރުންގެ އެދިވަޑައިގަތުމަށް އިހުތިރާމް ކުރެއްވުމުގެ ގޮތުން" ކަމަށެވެ.

މާދަމާ ހަވީރު 5:00 ގައި ބާއްވާ މި ރަސްމިއްޔާތަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. މި ރަސްމިއްޔާތުގައި ދުނިޔޭގެ އެންމެ އިސް ލީޑަރެއްގެ ގޮތުން ބައިވެރިވެ ވަޑައިގަންނަވާނީ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޮދީ އެވެ. މީގެ އިތުރުން ހަމަ މި ރަސްމިއްޔާތަށް ސްރީ ލަންކާގެ ކުރީގެ ރައީސް ޗަންދުރިކާ ބަންޑާރަނަޔަކަ މިއަދު ވަނީ ރާއްޖެ ވަޑައިގެންފަ އެވެ.