03 ޖެނުއަރީ 2019
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމާއި ވަޒީރުންގެ މަޖިލީހުގެ ބޭފުޅުންގެ މާލީ ބަޔާން އަންނަ ހަފްތާގައި އާންމު ކުރާނެ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމާއި ވަޒީރުންގެ މަޖިލީހުގެ ބޭފުޅުންގެ މާލީ ބަޔާން އަންނަ ހަފްތާގައި އާންމު ކުރާނެ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުމުގައި ޕޮލިސީ ސެކްރަޓަރީ އައިމިނަތު ޝައުނާ ވިދާޅުވީ މާލީ ބަޔާންތައް އާންމު ކުރާނީ، ކޮރަޕްޝަންގެ މައްސަލަތައް ފަސޭހައިން ހުށަހެޅުމަށް އަންނަ ހަފުތާގައި އިފްތިތާހު ކުރާ ނިޒާމުގެ ތެރެއިން ކަމަށެވެ. ކޮރަޕްޝަނާ ގުޅޭ މައްސަލަތައް ފަސޭހަ އިން ހުށަހެޅޭނެ ޕްލެޓްފޯމެއް އަންނަ ބުދަދުވަހު ލޯންޗުކުރުމަށް ވަނީ ހަމަޖައްސައިފަ އެވެ.
"ރައީސުލްޖުމްހޫރިއްޔާ އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ވަޒީރުންނާއި މި އޮފީހުގެ ހުރިހާ ސިޔާސީ ހުރިހާ މުވައްޒަފުންގެ މާލީ ބަޔާންތައް އަޅުގަނޑުމެން މި އަންނަ ހަފްތާ ތެރޭގައި ހާމަ ކުރާނަން،" ޝައުނާ ވިދާޅުވި އެވެ.
ކޮރަޕްޝަންގެ މައްސަލަތައް ފަސޭހައިން ހުށަހެޅޭނެ ނިޒާމެއް ގާއިމްކޮށް، ސަރުކާރުގެ އިސް މަގާމްތަކަށް އައްޔަން ކުރާ ބޭފުޅުންގެ މާލީ ބަޔާން ހާމަ ކުރުމަކީ ވެސް ސަރުކާރުން ވެފައިވާ ވައުދެކެވެ.
މާލީ ބަޔާން އާއްމުކުރުމާ ގުޅޭ ގޮތުން "މިހާރު" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ މާލީ ބަޔާނުގައި މީހާގެ ބައެއް ޒާތީ މައުލޫމާތު ވެސް ހިމެނޭނެ ކަމަށާއި ބަޔާނުގެ ތެރެއިން އާންމު ކުރާނީ ކޮން ބައިތަކެއް އަދި ނުނިންމާ ކަމަށެވެ.
"މާލީ ބަޔާނުގެ ބޭނުމަކީ ނާޖާއިޒު ފައިދާ ނުވަތަ ނުހައްގުން މާލީ ފައިދާއެއް ލިބިދާނެތީ އެކަންކަމަށް ހުށިޔާރުވުމުގެ ގޮތުން ކުރާ ކަމެއް. އަޅުގަނޑުމެންގެ މާލީ ބަޔާން ފޯމް ފުދޭ ވަރަކަށް ފުޅާކޮށް އޮންނަނީ. އޭގެ ތެރޭގައި ހުންނާނެ ބައެއް ޒާތީ މައުލޫމާތު ވެސް މިސާލަކަށް،" ހޫދު ވިދާޅުވި އެވެ.
މާލީ ބަޔާން އާންމު ކުރުމުގައި އިސްކަން ދޭނީ ބެސްޓް ޕްރެކްޓިސްގެ އުސޫލުން އެ މީހާގެ އާމްދަނީ އަދި ބެލޭނެ އުސޫލުތަކަށް ކަމަށް ހޫދު ވިދާޅުވި އެވެ.
"މީގައި ބޮޑަށް މި ބަލަނީ އާމްދަނީއާ މިކަހަލަ ކަންތައްތައް ބޭންކް އެކައުންޓުގައި އެ ގަޑިއެއްގައި ހުންނަ މިންވަރަށް ވުރެ ބޮޑަށް. އެއީ އާންމުކޮށް މި އެއްޗެހީގައި ގެންގުޅޭ ބެސްޓް ޕްރެކްޓިސްއަކީ،" އޭނާ ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ އަންނަ ހަފްތާ ނިމުމުގެ ކުރިން މި އޮފީހުގެ ވެބްސައިޓުން ވެސް މި މައުލޫމާތު ފެންނަން ހުންނާނެ."
ރައީސާއި ނައިބު ރައީސް އަދި ވަޒީރުންގެ މަޖިލީހުގެ ބޭފުޅުން ހިމެނޭ ގޮތަށް މަދު ބައެއްގެ މާލީ ބަޔާން އަންނަ ހަފްތާގައި އާންމު ކުރި ނަމަވެސް ކުރިއަށް އޮތް ތަނުގައި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބޭ އެންމެންގެ މާލީ ބަޔާން ވެސް ހާމަ ކުރާނެ ކަމަށް ހޫދު ވިދާޅުވި އެވެ.
މާލީ ބަޔާންތައް ހާމަކުރަން ފެށުމަށް ސަރުކާރުން މި ނިންމީ، ނިމިގެން ދިޔަ ސަރުކާރުގެ ތެރޭގައި ކޮރަޕްޝަން އާއްމުވެ، ދައުލަތުގެ އިސް ބޭފުޅުން ހިމެނޭ ގޮތަށް ގިނަ ބައެއްގެ މައްޗަށް ތުހުމަތު ކުރެވިފައި ވަނިކޮށެވެ. ނުހައްގު މުއްސަނދިކަން ހުއްޓުވައި ދައުލަތުގެ ތެރެއިން ކޮރަޕްޝަން ނައްތާލުމަކީ މި ސަރުކާރުގެ ވައުދެކެވެ.
ރައީސް އާއި ނައިބު ރައީސް މާލީ ބަޔާން ހާމަކުރައްވައިފި
56 ވައުދު ފުއްދައިފި، ނުނިމެނީ 11 ވައުދު
ޓޫރިޒަމް މިނިސްޓަރަކަށް ޑރ. މައުސޫމް
19 ވަޒީރުންނާއި ބަންޑާރަ ނައިބަށް ރުހުން ދީފި
ވަޒީރުންނަށް ރުހުން ދޭން ފަށައިފި
މަގާމުތަކަށް އައްޔަން ކުރާނީ މާލީ ބަޔާން ބެލުމަށް ފަހު
ހަތަރު މިނިސްޓަރަކަށް މައުމޫންގެ ޚާއްސަ ނަސޭހަތެއް
އާ ސަރުކާރުގެ ވަޒީރުން ހުވާކުރައްވައިފި
ސިޔާސީ މޮޅާއި ކުރި ހޯދުމެއް ނެތް, ޗޮއިސްއަކީ ރައީސް!
ޑރ. ހުސެއިން ފިޝަރީޒަށް، ޝައުނާ އެންވަޔަރްމަންޓަށް