ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެބިނެޓުގެ 19 ވަޒީރުންނާއި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގައި ވޯޓު ނަގަން ފަށައިފި އެވެ. މި ވޯޓުތައް ނަގަމުން ދަނީ ކޮންމެ ވަޒީރަކަށް ވެސް ވަކިވަކިންނެވެ.
04 ޑިސެމްބަރ 2018
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެބިނެޓުގެ 19 ވަޒީރުންނާއި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގައި ވޯޓު ނަގަން ފަށައިފި އެވެ. މި ވޯޓުތައް ނަގަމުން ދަނީ ކޮންމެ ވަޒީރަކަށް ވެސް ވަކިވަކިންނެވެ.
ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން މަޖިލީހުގެ ތަޅުމަށް ހުށަހެޅި ރިޕޯޓަށް ބަހުސް ކުރެއްވި މަޖިލީހުގެ ހުރިހާ މެމްބަރުން ވެސް ވިދާޅުވީ ވަޒީރުންނަށް ރުހުން ދީ، އެބޭފުޅުން ޒިންމާ އަދާކުރައްވާތޯ ބެލުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ވަޒީރުން ޒިންމާ އަދާކުރުމުގައި ނުކުޅެދޭނަމަ، އެބޭފުޅުން މަޖިލީހަށް ހާޒިރުކޮށް ޖަވާބުދާރީ ކުރުވާނެ ކަމަށް އެ މެމްބަރުން ވިދާޅުވި އެވެ.
ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ މުގައްރިރު އަދި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވީ ހުރިހާ ވަޒީރުންނަކީ ގާބިލް ބޭފުޅުންތަކެއް ކަމަށެވެ. އެހެންވެ، ގާނޫނާއި ގަވައިދުގެ ތެރެއިން ވަޒީރުން ޒިންމާ އަދާކުރެއްވުމަށް ވެސް ރިޔާޒް ވަނީ އެދިވަޑައިގެންފަ އެވެ.
ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވަޒީރުންނަށް މަސައްކަތް ކުރުމުގެ ފުރުސަތު ދޭން ޖެހޭނެ ކަމަށެވެ. އެކަމަކު، ކޮރަޕްޝަންގެ އަމަލެއް ހިނގައިފި ނަމަ، ވަޒީރުން ސަލާމަތް ކުރަން މަޖިލީހުގެ މެމްބަރުން ނުތިއްބަވާނެ ކަމަށާއި ވަޒީރުން މަޖިލީހަށް ހާޒިރުކޮށް ޖަވާބުދާރީކުރުވަން ޖެހިލުންވެވަޑައިނުގަންނަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ވެސް ވިދާޅުވީ ވަޒީރުންނާ ހަވާލު ކުރި މަސްއޫލިއްޔަތުތައް އަދާކުރައްވަން ފުރުސަތު ދޭން ޖެހޭ ކަމަށެވެ. އަދި ވަޒީރުން ގޯސް ކަމެއް ކުރާނަމަ، އެކަން ނުބަލައި މެމްބަރުން ނުތިއްބަވާނެ ކަމަށް ސައުދުﷲ ވިދާޅުވި އެވެ.
ސައުދުﷲ ވިދާޅުވި ގޮތުގައި ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ވަޒީރުން މަޖިލީހަށް ހާޒިރު ނުކުރެވުމުގެ ސަބަބުން ވަރަށް ގިނަ ގޯސް ކަންތައްތަކެއް ވަނީ ހިނގައިފަ އެވެ. އެހެންވެ ކުރިއަށް އޮތް ތަނުގައި މިކަން ތަކުރާރު ނުވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ސައުދުﷲ ވިދާޅުވި އެވެ.
ކެބިނެޓަށް އައްޔަން ކުރެއްވި ބޭފުޅުންގެ ތެރޭގައި އަންހެން ހަތް ބޭފުޅަކު ހިމެނިވަޑައިގަނެ އެވެ. މިއީ ދިވެހި ތާރީހުގައި ކެބިނެޓެއްގައި އެންމެ ގިނަ އަންހެން ބޭފުޅުން ހިމެނޭ ފަހަރު ވެސް މެ އެވެ. ނަމަވެސް، ކެބިނެޓްގެ ބައެއް ބޭފުޅުންނަށް އާންމުންގެ ބޮޑެތި ފާޑުކިއުންތަކެއް ވަނީ އަމާޒުވެފަ އެވެ.
ސަރުކާރުގައި ހިމެނިވަޑައިގަންނަވާ ވަޒީރުންނަކީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު، ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަރު މިނިސްޓަރު މުހައްމަދު އަސްލަމް، ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން، ހެލްތު މިނިސްޓަރު އަބްދުﷲ އަމީން، ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮކޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލެވެ.
މީގެއިތުރުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ، ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ، ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް، ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު، އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު، ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ، ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް، ޖެންޑާ އެންޑް ފެމިލީ މިނިސްޓަރު ޝިދާތާ ޝަރީފް، އެންވަޔަރްމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަނެވެ. އަދި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތަށް ރުހުން ހޯދުމަށް ވެސް މަޖިލީހަށް ވަނީ ހުށަހަޅައިފަ އެވެ.
19 ވަޒީރުންނާއި ބަންޑާރަ ނައިބަށް ރުހުން ދީފި
މަޖިލިސް ހޭލައިފި، ވަޒީރުންނަށް ސުވާލުތަކެއް!
ވަޒީރުންގެ މައްސަލަތަކެއް އޭސީސީގައި އޮތްތޯ ބަލަނީ
ވަޒީރުންގެ އިސްތިއުފާއަށް ގޮވާތީ ދީދީގެ ނުރުހުން
ވަޒީރުންނަށް ރުހުން ދިނުމުގެ ކުރިން ސުވާލު ކުރަނީ!
ރައީސް އާއި ނައިބު ރައީސް މާލީ ބަޔާން ހާމަކުރައްވައިފި
ރައީސް، ނައިބު އަދި ވަޒީރުންގެ މާލީ ބަޔާން ހާމަކުރަނީ
ރާއްޖެ ކޮމަންވެލްތުގައި ބައިވެރިވުމަށް ފާސްކޮށްފި
ވަޒީރުން ވައްކަން ކުރަން ފުރުސަތެއް ނުދޭނަން: ޣަފޫރު
30 ބިލިއަން ރުފިޔާގެ ބަޖެޓު މަޖިލީހުން ފާސްކޮށްފި