28 ނޮވެމްބަރ 2018
ސިޔާސީ މަގާމުތަކަށާއި ސަރުކާރު ކުންފުނިތަކުގެ ބޯޑުތަކަށް މެމްބަރުން އައްޔަންކުރާނީ، އެ ބޭފުޅުންގެ މާލީ ހާލަތު ބަޔާން ކޮށްދޭ ފޯމު ފުރިހަމަކޮށް ހުށަހެޅުމުން، އޭގައިވާ މައުލޫމާތުތައް ބެލުމަށް ފަހު ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.
ސިޔާސީ މަގާމުތަކަށާއި ސަރުކާރު ކުންފުނިތަކުގެ ބޯޑުތަކަށް މެމްބަރުން އައްޔަންކުރާނީ، އެ ބޭފުޅުންގެ މާލީ ހާލަތު ބަޔާން ކޮށްދޭ ފޯމު ފުރިހަމަކޮށް ހުށަހެޅުމުން، އޭގައިވާ މައުލޫމާތުތައް ބެލުމަށް ފަހު ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.
އެ އޮފީހުން ބުނީ ސިޔާސީ އެކި މަގާމުތަކަށާއި، ސަރުކާރުގެ ކުންފުނިތަކުގެ ބޯޑުތަކަށް އައްޔަން ކުރައްވާ ބޭފުޅުން ފުރިހަމަ ކުރައްވަންޖެހޭ މައުލޫމާތު ފޯމެއް ރައީސް އޮފީހުން މިހާރު ތައްޔާރު ކޮށްފައިވާ ކަމަށެވެ.
އެ ފޯމުގައި، މަގާމަކަށް އައްޔަންކުރެވޭ މީހާގެ އާއްމު މައުލޫމާތާއި ތައުލީމީ ފެންވަރާއި ތަމްރީނާއި ތަޖުރިބާ އަދި އެ ބޭފުޅަކަށް ލިބިވަޑައިގަންނަވާ އާމްދަނީ އާއި އެ ބޭފުޅާގެ މުދަލާއި ފައިސާ އާއި ދަރަންޏާ ބެހޭ މައުލޫމާތު ހިމަނަންޖެހެ އެވެ.
"މި ދެންނެވި މަގާމުތަކަށް އައްޔަނުްކުރައްވާ ބޭފުޅުންނަށް އެ މަގާމުތައް ދެއްވާނީ މި ފޯމުގައި ހިމެނޭ އިގުރާރު، އެ ބޭފުޅަކު ފުރިހަމަ ކުރެއްވުމުން، އޭގައިވާ މައުލޫމާތުތަކަށް ބެއްލެވުމަށް ފަހުގަ އެވެ،" ރައީސް އޮފީހުގެ ވެބްސައިޓުގައި ވެ އެވެ.
ސަރުކާރުގެ އިދާރާތަކާއި ކުންފުނިތައް އަދި މިނިވަން މުއައްސަސާތަކަށް އައްޔަން ކުރާ ބޭފުޅުންގެ މުދަލާއި މާލީ ބަޔާން ހާމަކުރަންޖެހޭ ގޮތަށް ހަމަޖެއްސުމަކީ، މި މަހުގެ 17 ވަނަ ދުވަހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުރިހަމަ ކުރާނެ ކަންކަމުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ރައީސްގެ ކެބިނެޓްގައި ބަންޑާރަ ނައިބާ އެކު 20 ވަޒީރުން ތިއްބަވަ އެވެ. މިހާރު މިނިސްޓްރީތަކަށާއި ސަރުކާރުގެ އެކި ކުންފުނިތަކަށް އަންނަނީ އިސް ވެރިން އައްޔަން ކުރަމުންނެވެ.
ސަރުކާރުގެ އަދި ސަރުކާރު ކުންފުނިތަކުގެ ވެރިންގެ މާލީ ބަޔާން އާންމު ކުރުމަކީ ގާނޫނީ ގޮތުން ލާޒިމު ކަމެއް ނޫނެވެ. މިއީ، ސަރުކާރުގެ ވެރިންނާއި މިނިވަން މުއައްސަސާތަކާއި ސަރުކާރުގެ ކުންފުނިތަކުގެ ވެރިންގެ މާލީ ބަޔާން ހާމަ ކުރަންޖެހޭ ގޮތަށް ނިންމި ފުރަތަމަ ފަހަރެވެ.
ރައީސް، ނައިބު އަދި ވަޒީރުންގެ މާލީ ބަޔާން ހާމަކުރަނީ
ޓޫރިޒަމް މިނިސްޓަރަކަށް ޑރ. މައުސޫމް
ޖެންޑާ މިނިސްޓަރަކަށް އައިޝާ އައްޔަން ކުރައްވައިފި
ވަޒީރުން މާލީ ބަޔާން ހުށަހަޅަން ފަށައިފި
ވެރިންގެ މާލީ ބަޔާން ހުށަހަޅަންޖެހޭ ގޮތަށް ހަދަނީ
އާ ސަރުކާރުގެ ވަޒީރުން ހުވާކުރައްވައިފި
ސިޔާސަތާ ދެކޮޅަށް މަސައްކަތްކުރާ ނަމަ މަގާމު އަތުލާނެ
އަމްރު މަގާމުން ވަކިކުރަން ޕީސީބީއަށް ފޮނުވައިފި
ހަނގުރާމައާ ބެހޭގޮތުން ކެބިނެޓްގައި މަޝްވަރާކޮށްފި
ޕްލޭނިންގެ ސްޓޭޓް މިނިސްޓަރަކަށް އައްޑޫގެ ކުރީގެ މޭޔަރު