02 ޑިސެމްބަރ 2018
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެބިނެޓުގެ ވަޒީރުން މާލީ ބަޔާން ހުށަހަޅުއްވަން ފައްޓަވައިފި އެވެ
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެބިނެޓުގެ ވަޒީރުން މާލީ ބަޔާން ހުށަހަޅުއްވަން ފައްޓަވައިފި އެވެ
ސަރުކާރުގެ އިދާރާތަކާއި ކުންފުނިތައް އަދި މިނިވަން މުއައްސަސާތަކަށް އައްޔަން ކުރާ ބޭފުޅުންގެ މުދަލާއި މާލީ ހާލަތު ހުށަހަޅަން ޖެހޭ ގޮތަށް ރައީސް ވަނީ ނިންމަވައިފަ އެވެ. އަދި އެ ބަޔާންތައް އާންމު ކުރާނެ ކަމަށް ވެސް ސަރުކާރުން ބުނެ އެވެ.
ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަން ސްޓްރެޓެޖިސްޓް އަދި ރައީސްގެ ތަރުޖަމާނު އިބްރާހިމް ހޫދު މިއަދު ވިދާޅުވީ މާލީ ބަޔާން ހުށަހަޅަން ވަކި މުއްދަތެއް ދީފައިވާ ކަމަށާއި އެ މުއްދަތު ފަހަނައަޅައި ދިއުމުގެ ކުރިން ވަޒީރުން މާލީ ބަޔާން ހުށަހަޅުއްވާނެ ކަމުގެ ޔަގީން ކަން އެބަ އޮތް ކަމަށެވެ.
"މިއީ މުޅިން އަލަށް ޕްރެކްޓިސް ކުރަމުން އަންނަ ކަމެއް. އެހެންވީމަ، މި ހުރިހާ ބޭފުޅުން ވެސް މާލީ ބަޔާން ހުށަހަޅާނެ ކަމުގެ އިތުބާރު އެބަ އޮތް. އެ މައުލޫމާތުތައް ވެސް ހާމަކުރާނަން،" ހޫދު ވިދާޅުވި އެވެ.
މިހާތަނަށް މާލީ ބަޔާން ހުށަހެޅުއްވީ ކިތައް ވަޒީރުން ކަން ހޫދު ހާމައެއް ނުކުރައްވަ އެވެ. އަދި މާލީ ބަޔާން ހުށަހަޅަން ޖެހޭ ވަކި މުއްދަތެއް ވެސް ވިދާޅެއް ނުވެ އެވެ. އޭނާ ވިދާޅުވީ އެ މައުލޫމާތު ފަހުން ހާމަކުރައްވާނެ ކަމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހު ކުރާނެ ކަންކަން ބަޔާންކޮށް ސަރުކާރުން ނެރެފައިވާ ފޮތުގައި ބުނެފައި ވަނީ، ވެރިން އަދި އެ ބޭފުޅުންގެ ފިރިން ނުވަތަ އަނބިންގެ މާލީ ބަޔާން ހާމަކޮށް، ގަވާއިދުން އެ ބަޔާންތައް ރިވިއު ކުރެވޭނެ ގޮތް ހަމަޖައްސަން ވާނެ ކަމަށެވެ.
ސަރުކާރުގެ އަދި ސަރުކާރު ކުންފުނިތަކުގެ ވެރިންގެ މާލީ ބަޔާން އާންމު ކުރުމަކީ ގާނޫނީ ގޮތުން ލާޒިމު ކަމެއް ނޫނެވެ. އެކަމަކު މިއީ، ސަރުކާރުގެ ވެރިންނާއި މިނިވަން މުއައްސަސާތަކާއި ސަރުކާރުގެ ކުންފުނިތަކުގެ ވެރިންގެ މާލީ ބަޔާން ހާމަކުރަންޖެހޭ ގޮތަށް ނިންމި ފުރަތަމަ ފަހަރެވެ.
އާ ސަރުކާރުގައި ބަންޑާރަ ނައިބާ އެކު 20 ވުޒާރާއެއް ވަނީ އުފައްދައިފަ އެވެ.
މަގާމުތަކަށް އައްޔަން ކުރާނީ މާލީ ބަޔާން ބެލުމަށް ފަހު
ވެރިންގެ މާލީ ބަޔާން ހުށަހަޅަންޖެހޭ ގޮތަށް ހަދަނީ
ކެބިނެޓަށް ރުހުން ހޯދަން މަޖިލީހަށް ފޮނުވައިފި
ފޮރިން ރިލޭޝަންސް ސެކްރެޓަރީގެ މަގާމަށް ހޫދު
ޓޫރިޒަމް މިނިސްޓަރު އައްޔަން ނުކޮށް މަހެއް ވަނީ!
ސިޔާސީ ދެ މަގާމެއް އުފައްދައި ބޭފުޅުން އައްޔަންކޮށްފި
ރައީސް، ނައިބު އަދި ވަޒީރުންގެ މާލީ ބަޔާން ހާމަކުރަނީ
ޔޫޕީއައި ތައާރަފުކުރަން ކޮންސޯޓިއަމެއް ގާއިމުކުރަނީ
އޭއައިއާ ގުޅޭ މާސްޓާ ޕްލޭނެއް އެކުލަވާލަނީ
ސިޔާސީ މުވައްޒަފުންގެ އަދަދަކީ 1،200